Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެރީކޭން

ކޭން ގަތުމަށް 100 މިލިއަން ޔޫރޯ ހުށަހަޅައި، ފަހު ފުރުސަތު ދީފި

5 އޯގަސްޓު 2023 | ހޮނިހިރު 02:32

ކޭން ހުރީ ތަށިތަކެއް ހޯދޭނެ ކުލަބަކަށް ދާން ތައްޔާރަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 5 އޯގަސްޓު 2023 | ހޮނިހިރު 02:32
ހެރީކޭން: ބަޔާންއިން ވަނީ އޭނާ ގަތުމަށް 100 މިލިއަން ޔޫރޯ ހުށަހަޅާފައި

ހެރީކޭން: ބަޔާންއިން ވަނީ އޭނާ ގަތުމަށް 100 މިލިއަން ޔޫރޯ ހުށަހަޅާފައި

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން، އިނގިރޭސި ކުލަބު ޓޮޓެންހަމުގެ ކެޕްޓަން ހެރީކޭން ގަތުމަށް 100 މިލިއަން ޔޫރޯ ހުށަހަޅައިފިއެވެ.

މި އަދަދަކީ ބަޔާންއިން ކުރިން ހުށަހެޅި އަގަށްވުރެ 20 މިލިއަން އިތުރު އަދަދެކެވެ. އަދި މިއީ އެކުލަބުގެ ރެކޯޑް ޓްރާންސްފަރ ފީއެއްވެސްމެއެވެ.

މި ހުށަހެޅުމާއެކު ބަޔާންއިންވަނީ ކޭން ވިއްކާނީތޯ ނުވަތަ ބަހައްޓާނީތޯ ނިންމަން، ޓޮޓެންހަމަށް މުހުލަތެއްވެސް ދީފައެވެ. މި މުއްދަތު ހަމަވާނީ ހުކުރު ދުވަހުގެ ރޭގެ ދަންވަރަށެވެ. މިއަށްވުރެ ލަސްކޮށްފިނަމަ ދެން ބަޔާނުން ކޭންގަތުމަށް ނޫޅޭނެފަދަ ގޮތަކަށް އެ ކުލަބުން ވަނީ ޒާތެއްގެ އިންޒާރެއްވެސް ދީފައެވެ.

އިނގިރޭސި ނޫސްތަކުން ބުނާގޮތުގައި ގައުމީ ކެޕްޓަން ކޭން ހުރީ ތަށިތަކެއް ހޯދޭނެ ކުލަބަކަށް ދާން ތައްޔާރަށެވެ. ނަމަވެސް ޓޮޓެންހަމުން އޭނާ ވިއްކާލުމާމެދު އަދިވެސް އޮތީ ދެ ފިކުރެއްގައެވެ. އެއް ގޮތަކީ އޭނާ ކޮންޓްރެކްޓް އާކުރަން ރުއްސުމަށް، ނުވިއްކައި ބެހެއްޓުމެވެ. ދެވަނަ ގޮތަކީ އަންނަ ހަފުތާގައި ފަށާ އާ ސީޒަނަށްފަހު މާލީ މަންފާއެއް ކުލަބަށް ނުލިބި، ކޭން ދާން ދޫކޮށްލުމެވެ. ނަމަވެސް ޓޮޓެންހަމަށް އޮތް ބިރަކީ، މިހެން ހަދައިފިނަމަ ކޭން ކޮންޓްރެކްޓް އާ ނުކޮށް، އަންނަ ސީޒަނުގައި އެ ކުލަބާ ވާދަވެރި އިނގިރޭސި ކުލަބަކަށް ހިނގައިދާނެ ކަމުގެ ބިރެވެ.

ޓޮޓެންހަމުގެ އައު ކޯޗު އެންޓޭ ޕޮސްޓެޗެގްލޫވެސް ވަނީ ކުލަބުގެ ކެޕްޓަނުގެ ކުރިމަގު އަވަހަށް ނިމުމަކީ ފައިދާހުރި ގޮތެއް ކަމަށް ކުލަބަށް ހުށަހަޅާފައެވެ.

ކޭންއަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެއީ 212 ގޯލެވެ. މިއީ އެއްވަނާގައި އޮތް އެލަން ޝިއަރާއަށްވުރެ 48 ގޯލު މަދު އަދަދެކެވެ.

ހެރީ ކޭންބަޔާން މިއުނިކްޓޮޓްނަމް ހޮޓްސްޕަރ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
07 ޖޫން 2025

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް