Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއަރ ލީގު

އީގަލްސްއާއި އެއްވަރުކޮށް މާޒިޔާއިން އެއްވަނަ މަގާމު ދަމަހައްޓައިފި

މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2023 | ހުކުރު 19:11
މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ހުކުރު ދުވަހުގެ ރޭ ކްލަބް އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.

ދެ ޓީމުގެ ދެމެދުގައި ދެ ޕޮއިންޓުގެ ފަރަގެއް އޮތްއިރު، އީގަލްސް އިން ނިކުތީ މާޒިޔާ ބަލިކޮށް، އެއްވަނަ ހޯދުމަށެވެ. އަދި މާޒިޔާ ނިކުތީ ދެ ޕޮއިންޓުގެ ފަރަގު ފަސް ޕޮއިންޓަށް ބަދަލުކޮށް، އެއްވަނައިގައި ހަމަޖެހިލުމަށެވެ. ލީގުގެ އެއްވަނަ އަދި ދެވަނައިގައިވާ ދެ ޓީމުގެ ކުރިމަތިލުން ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މާޒިޔާއަށް ދާދި ފަހުން ގެނައި ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ކްރޮއޭޝިއާގެ ޑިފެންޑަރު ސެބެސްޓިއަން އަންޓިޗް އާއި ސާބިއާގެ ފޯވާޑް ވޮޖްސްލޭވް ބަލަބަނޮވިޗް ވަނީ އެ ޓީމުގެ ފުރަތަމަ 11 ގައި ހިމަނާފައެވެ.

މެޗުގެ ނުވަ ވަނަ މިނެޓުގައި އަހުމަދު ރިޒްވާން (ރިޒޭ) ބޮލުން ދިން ޕާހަކުން އިވާން ވަނީ ލަނޑެއް ޖަހައި، އީގަލްސްއަށް ކުރިހޯދަދީފައެވެ. މެޗުގެ ކުރީކޮޅު އީގަލްސްއިން ލީޑު ނެގުމުން މާޒިޔާއަށް ޕްރެޝަރު ބޮޑުވިއެވެ. ނަމަވެސް މާޒިޔާއިން ވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން 28 ވަނަ މިނެޓުގައި އޭރިޔާ ތެރެއަށް ނަގައިދިން ހުރަހެއް، ބަލަބަނޮވިޗަށް ހުސްކޮށް ލިބުނެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ. އޭގެ ފަސް މިނެޓު ފަހުންވެސް އޭނާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އީގަލްސް އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. 43 ވަނަ މިނެޓުގައި އެ ލަނޑު ޖަހައިދިނީ ރިޒޭ އެވެ.

މާޒިޔާ އިން ދެވަނަ ހާފަށް ނިކުތީ ދެ ބަދަލަކާއެކުއެވެ. ހައިޝަމް އާއި ޝިފާޒްގެ ބަދަލު ނިކުތީ ހުސައިން ޝިފާއު ޔޫސުފް (ކުރޯ) އާއި ދާދި ފަހުން ގެނައި ގާނާގެ ރޭގަން އޮބެންގް އެވެ. ދެވަނަ ހާފު ފެށުނީއްސުރެ މާޒިޔާ އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އީގަލްސް އިން ދެވަނަ ހާފުގައި ފޮނުވާލި އެންމެ ނުރައްކާ ހަމަލާއަކީ 54 ވަނަ މިނެޓުގައި ރިޒޭ ޖެހި ހިލޭ ޖެހުމެކެވެ. އެ ހިލޭ ޖެހުމުގައި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މާޒިޔާ އިން ވަނީ 69 ވަނަ މިނެތުގައި ހުސައިން ނިހާން (ނިހާޓް) ގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ކުޅެން ނެރެފައެވެ. ސެންޓޭ ވަނީ ކުޅެން ނިކުތްތާ ދެ މިނެޓުގެ ތެރޭގައި މާޒިޔާގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އެ ޓީމުގެ ޚަލީލް ޖަމާލް ނަގައިދިން ހުރަހަކުން ސެންޓޭ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ބޮލުންނެވެ. އެ ލަނޑު ޖެހުމާއެކު އީގަލްސް ޓީމަށް ހަމަޖެހިނުލެވުނީސް މިނެޓެއް ފަހުން މާޒިޔާއިން ވަނީ އިތުރު ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަ ކޮށްފައެވެ. މާޒިޔާގެ ހުސައިން ރާއިފް އަހުމަދު (ހަންނަ) އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިމާވީ ގޯލުގެ މަތީ ކަނަށެވެ. މެޗުގެ މޮޅު ކުޅުންތެރިއަށް ހޮވުނީވެސް ހަންނަ އެވެ.

ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު މާޒިޔާއަށް ހަތް މެޗުން ލިބުނީ 19 ޕޮއިންޓެވެ. އަދި ދެވަނައިގައި އީގަލްސްއަށް ލިބުނީ 17 ޕޮއިންޓެވެ. ލީގުގައި މިހާތަނަށް ބަލި ނުވާ ހަމައެކަނި ދެ ޓީމަކީވެސް މާޒިޔާ އާއި އީގަލްސްއެވެ.

ދިވެހި ޕްރިމިއާ ލީގު 2023މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންކުލަބު އީގަލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު