Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމެރިކާ-ޗައިނާ

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް ޗައިނާ ސަރުކާރުގެ އަތަށް

ޗައިނާ ސަރުކާރަށް ސިއްރު މަޢުލޫމާތު ހިއްސާ ކުރަމުން ދިޔަ ކަމުގެ ކުށުގެ ދަޢުވާ 2 މީހެއްގެ މައްޗަށް ވަނީ އުފުލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 އޯގަސްޓު 2023 | ހުކުރު 15:17
އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް ޗައިނާ ސަރުކާރުގެ އަތަށް

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް ޗައިނާ ސަރުކާރުގެ އަތަށް

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޤައުމުގެ މަޤާމަށް ސިލްސިލާ ގޮތެއްގައި ތަޅާފޮޅަމުންދާ އެމެރިކާއާއި ޗައިނާގެ ދެބަސްވުންތަކާއި އަރައިރުންތަކުގެ ވާހަކައަކީ ދައްކާ ކޮޅުން ލާ ވާހަކަތަކެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް މި ދެ ޤައުމުގެ ޒުވާބާއި ވަށްބަހުން ޖެހުން ފަދަ އެތައް ކަމެއް އޮވެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް ހަނގުރާމައިގެ އިންޒާރުތައް ދީ، މުޅި ދުނިޔެވެސް ހާސްކަމާއި ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލާ ފަހަރު އާދެއެވެ. ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައި އޮންނަ ޒަމާންވީ ހަތުރުވެރިކަމާއެކު އެންމެ ގިނައިން އެއް ބަޔަކު އަނެއް ބަޔަކަށް އަމާޒު ކުރާ އެއް އިލްޒާމަކަށް ވެފައި އޮންނަނީ، އެއް ބަޔަކު އަނެއް ބަޔަކަށް ފާރަލާ، ޖާސޫސޫ ކުރާ ކަމުގެ ތުހުމަތުތަކެވެ. ދޭތެރެ ދޭތެރެއިން އެފަދަ ވާހަކަތައް ފެންމަތިވެގެން އަންނައިރު، މިއީވެސް އެފަދަ ކަމަކާ ލައިގަނެފައި ވާ ދުވަސްވަރެކެވެ.

އޯގަސްޓް 3 ވީ ބުރާސްފަތި ދުވަހު، އެމެރިކާގެ އޮފިޝަލުން ހާމަ ކުރެއްވި ގޮތުގައި، އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގައި މަސައްކަތް ކުރަމުން 2 މީހަކު މިހާރު ވަނީ، ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް، ހައްޔަރު ކޮށްފައެވެ. ހައްޔަރު ކޮށްފައި ވާ 2 މީހުންގެ މައްޗަށް އުފުލާފައި ވަނީ، ޤައުމީ ސަލާމަތާ ގުޅުން ހުރި ހައްސާސް މަޢުލޫމާތުތަކެއް، ޗައިނާއާ ހިއްސާ ކުރި ކަމުގެ ކުށުގެ ދަޢުވާއެވެ.

ސެން ޑިއޭގޯގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާއަށް މަޢުލުމާތު ދެއްވަމުން، އެމެރިކާގެ އެސިސްޓަން އެޓަރނީ ޖެނެރަލް މެޓް އޯލްސަން ވިދާޅުވީ، ޗައިނާ ސަރުކާރަށް ސިއްރު މަޢުލޫމާތު ހިއްސާ ކުރަމުން ދިޔަ ކަމުގެ ކުށުގެ ދަޢުވާ އުފުލާފައި ވާ 2 މީހުންނަކީ، ކަނޑުގެ އަސްކަރިއްޔާގައި ޑިއުޓީ އަދާ ކުރަމުން، 'އެކްޓިވް' 2 މެންބަރުން ކަމަށެވެ. އެ 2 މީހުންގެ ޢަމަލުތަކުގެ ސަބަބުން، އަސްކަރިއްޔާގެ ހައްސާސް މަޢުލޫމާތުތަކެއް މިހާރު ވަނީ ޗައިނާގެ އަތަށް އަރާފައި ކަމަށްވެސް އޯލްސަން ވަނީ ފާހަގަ ކުރައްވާފައެވެ.

ޤައުމީ ސަލާމަތާއި ވިޔަފާރިއާ ގުޅުން ހުރި އެކި މައްސަލަތަކާއި ޗައިނާއާއި އެމެރިކާގެ ގުޅުން ނުތަނަވަސްކަމުގެ ހަތަރު އަނގޮޅިތަކަށް ހުއްޓެމުން ދާތާ މިހާރު ވަނީ އަހަރުތަކެއް ވެފައެވެ. ޖާސޫސުކޮށް ފާރަލުމާއި، އިންޓަރނެޓް މެދުވެރިކޮށް ސައިބަރ ހަމަލާ ދިނުން ފަދަ އެތައް އިލްޒާމެއް، އެމެރިކާއިން ޗައިނާއަށް އަމާޒު ކުރާ އިރު، ޗައިނާ ސަރުކާރުން އެ ތުހުމަތުތަކަށް އިންކާރު ކުރެއެވެ. ކަން މިހެން އޮތް އިރު، ޚުދު ޗައިނާވެސް އޮތީ ޖާސޫސުންގެ ފަރާތުން ނުރައްކަލާ ކުރިމަތިލާން މަޖުބޫރުވެފައި ކަމަށް އެ ޤައުމުން ވަނީ އިޢުލާން ކޮށްފައެވެ.

ޗައިނާއާއި އެމެރިކާގެ ކޯޅުންގަނޑުގެ ތެރެއިން ދެ ޤައުމުގެ މެދުގައި، ޒަމާނީ ޓެކްނޮލޮޖީގެ ޢާލާތްތައް ގަނެވިއްކުމުގެ ވިޔަފާރިއެއްވެސް މިހާރު ނުހިނގައެވެ. ޗައިނާގައި ލާއިންސާނީ ޖަރީމާ ހިންގުމާއި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސްލަކީ ޗައިނާ ކަމަށް ބުނުމާއި، ޓައިވާންގެ މިނިވަންކަމުގެ މައްސަލައަކީވެސް ޗައިނާއާއި އެމެރިކާއާ ދެމެދު ހަމަ ދެންމެ ދެންމެ ހަނގުރާމައެއް ފެށިދާނެ ހާ ހޫނުކޮށް ބަހުގެ ހަމަލާތައް ބަދަލު ކުރާ މައުލޫތަކެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2019

ހަށިގަނޑުގައި ކުލެސްޓްރޯލް ހުންނަވަރު އެނގުން މުހިންމު

21 ފެބުރުއަރީ 2019
ހަށިގަނޑުގައި ކުލެސްޓްރޯލް ހުންނަވަރު އެނގުން މުހިންމު
05 އޮކްޓޯބަރު 2018

އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުން ނޮވެމްބަރު 11 އަށް ހަމަޖެއްސުން މުހިންމު

05 އޮކްޓޯބަރު 2018
އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުން ނޮވެމްބަރު 11 އަށް ހަމަޖެއްސުން މުހިންމު
06 ޖުލައި 2018

އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟

06 ޖުލައި 2018
އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟
14 ޖެނުއަރީ 2018

ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟

14 ޖެނުއަރީ 2018
ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟
07 ޑިސެމްބަރު 2017

ކެނޑިޑޭޓްގެ މަސައްކަތް ފެއްޓުން މުހިންމު!

07 ޑިސެމްބަރު 2017
ކެނޑިޑޭޓްގެ މަސައްކަތް ފެއްޓުން މުހިންމު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު