Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ- ހެޔޮކަމުގެ ތަޅުދަނޑި

ހެޔޮކަމުގެ ތަޅުދަނޑިއަކަށް ވާން އެދޭ މީހާ މަތިވެރި އަޚުލާޤުގެ ވެރިއަކަށް ވާންޖެހޭ: ޚުތުބާ

ހެޔޮ ކަންކަމަށް ގޮވާލާ މީހަކަށްވުމަށް ކޮންމެ މުސްލިމަކު ވެސް އެދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 އޯގަސްޓު 2023 | ހުކުރު 08:12
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

ހެޔޮކަމުގެ ތަޅުދަނޑިއަކަށް ވާން އެދޭ މީހާ މަތިވެރި އަޚުލާޤުގެ ވެރިއަކަށް ވާންޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ހެޔޮކަމުގެ ތަޅުދަނޑި'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ކައު ރަސޫލާمُحَمَّـد صـلّى الله علـيـه وسـلّمގެ މީސްތަކުން ބައްސަވާފައި ވަނީ ދެބަޔަކަށް ކަމަށެވެ. އެއް ބަޔަކީ ހެޔޮ ކަންކަމަށް ގޮވާލައި ނުބައި ކަންކަން މަނާކުރާ މީހުން ކަމަށާއި އަނެއް ބަޔަކީ ނުބައި ކަންކަމަށް ގޮވަލާ ހެޔޮ ކަންކަން މަނާކުރާ މީހުން ކަމަށެވެ.

ޚުތުބާގައި ބުނީ ކޮން ގިންތިއެއްގެ މީހެއްތޯ އަމިއްލަ ނަފްސާ ކޮންމެ މީހަކު ވެސް ސުވާލުކުރަންޖެހޭ ކަމަށެވެ. އެގޮތުން މިސުވާލަށް ކޮންމެ މީހަކަށް ވެސް ޖަވާބު ހޯދުމަށް ސުލޫކާއި އަޚުލާޤު، މީސްތަކުންނާ މުއާމަލާތު ކުރާ ގޮތަށް ބަލައިގެން އަދި އޭނާ ވަޒީފާ އަދާކުރާ ގޮތަށް ހިސާބު ކޮށްލައިގެން ޖަވާބު ހޯދޭނެ ކަމަށެވެ.

ޚުތުބާގައި ބުނީ ހެޔޮ ކަންކަމަށް ގޮވާލާ މީހަކަށްވުމަށް ކޮންމެ މުސްލިމަކު ވެސް އެދޭނެ ކަމަށާއި، އެފަދަ މީހަކަށްވުމަށް ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ތިމާގެ އަމަލުތަކާއި ބަސްތަކުގައި މާތް ﷲއަށް އިޙްލާސްތެރިވުމާއި، ތިމާކުރާ ކޮންމެ އަމަލެއް ބުނާ ކޮންމެ ބަހެއް މާތްﷲއަށް ޚާލިސް ކުރުމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ހެޔޮ ކަންތަކުގެ ތަޅުދަނޑިއަކަށް ވެވޭނީ މާތްﷲ ފަރުޟު ކުރައްވާފައިވާ ނަމާދުތަކާއި ދީނުގެ އެހެނިހެން ފަރްޟުތަކާއި ވާޖިބުތައް ބަރާބަރަށް އަދާކޮށް، މުންކަރާތްތަކާއި ފާހިޝް އަމަލުތަކާ ދުރުހެލިވެގެން ކަމަށެވެ.

ހެޔޮކަމުގެ ތަޅުދަނޑިއަކަށް ވާން އެދޭ މީހާ މަތިވެރި އަޚުލާޤުގެ ވެރިއަކަށް ވާންޖެހޭ ކަމަށާއި، މަތިވެރި އަޚުލާޤުގެ ވެރިޔާ އޭނާގެ ފަސްބައި ހަޑިހުތުރު އަމަލުތަކުން ކިލާކުރަން ބޭނުންނުވާނެ ކަމަށެވެ. އަދި ރިވެތި އަޚުލާޤުގެ ވެރިއަކަށް ވެވޭނީ ރަނގަޅު އެކުވެރީންނާއެކު އުޅެގެން ކަމަށާއި، ރަނގަޅު މަޖިލިސްތަކަށް ގޮސްގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުސްލިމުން ނަމޫނާއަކަށް ވާން ޖެހޭނީ ހެޔޮކަންކަމުގައި ކަމަށެވެ. އެހެންކަމުން މުސްލިމުންގެ ހައިސިއްޔަތުން އާދަކާދަތަކާއި ބުނާ ބަސްތަކާއި ސުލޫކާއި އަޚުލާޤު، އިސްލާމް ދީނުގެ އުސޫލުތަކާއި އެއްގޮތަށް ބައްޓަން ކުރަންޖެހޭ ކަމަށެވެ. އަދި ދީނުގެ އުސޫލުތަކާއި އަސާސްތަކާ ޚިލާފު އެއްވެސް ކަމަކާ ގާތްނުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު