Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޑޯޓްމަންޑާއި ޗެލްސީގެ ކުރިމަތިލުން ނިމުނީ ހަމަހަމަވެގެން

ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އޯގަސްޓު 2023 | ބުރާސްފަތި 03:30
ޗެލްސީ އާއި ޑޯޓްމަންޑު ކުޅުނު މެޗުގެ ތެރެއިން

ޗެލްސީ އާއި ޑޯޓްމަންޑު ކުޅުނު މެޗުގެ ތެރެއިން

އައު ސީޒަނަށް ތައްޔާރުވަމުން އަންނަ ޗެލްސީން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ވާދަކޮށް އެއްވަރުވެއްޖެ އެވެ.

ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި، ބޭކާރުވެފަ އެވެ. ދެ ޓީމުން ވެސް މެޗުގައި ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފަށް ނުކުމެ މެޗުގައި އެންމެ ފުރަތަަމަ ލަނޑު ޖަހައި ކުރި ހޯދީ ޑޯޓްމަންޑުންނެވެ. މެޗުގެ 80 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ލީޑު ނަގައިދިނީ މާރިއުސް ވޮލްފް އެވެ. ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން ޗެލްސީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަަމަ ކޮށްދިނީ މޭސަން ބާސްޓޯ އެވެ.

މެޗަށްފަހު ޑޯޓްމަންޑުގެ ކޯޗު ބުނީ އައު ސީޒަނަށް ޓީމު ތައްޔާރުވުމުން އަންނައިރު ބައިވަރު ގޮންޖެހުންތައް ހުރި ކަމަށެވެ. ނަމަވެސް އެކަން އުޒުރެއްގެ ގޮތުގައި ދައްކަން ބޭނުންނުވާ ކަމަށާއި، ބޭނުން ވަނީ އެންމެ ފުރިހަމަ އަށް ޓީމު ތައްޔާރު ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ. މިދިޔަ ސީޒަނުގައި ކަންތައް ދިމާވި ހިތްދަތި ގޮތުގެ ހަނދާން ނެތޭހާ ދުވަސް ނުވާ ކަމަށާއި، ކުރިއަށް އޮތް ސީޒަނުގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.

ސީޒަން ފެށުމުގެ ކުރިން ޑޯޓްމަންޑުން ރަހުމަތްތެރިކަމުގެ އެއް މެޗު ކުޅޭނެ އެވެ. އެއީ އަޔެކްސްއާ ދެކޮޅަށް މި މަހުގެ ހަ ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ

12 އެޕްރީލު 2017
އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
10 މާރިޗު 2017

ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!

10 މާރިޗު 2017
ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!
27 ފެބުރުއަރީ 2017

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

27 ފެބުރުއަރީ 2017
ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު