Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޝައިހް ކަމާލް ކަޕް

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

މަނަންގް ކްލަބާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ: ނިޒާމްބެ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2017 | ހޯމަ 03:24
މަނަންގް ކެޕްޓަން އަދި ޓީސީގެ ކެޕްޓަން އަލީ ނާފިއު

މަނަންގް ކެޕްޓަން އަދި ޓީސީގެ ކެޕްޓަން އަލީ ނާފިއު

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ސެމީ ފައިނަލްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އަދި ނޭޕާލްގެ މަނަންގް ކްލަބް ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ސެމީ ފައިނަލް މެޗަށް ޓީސީ ނިކުންނަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައިވެސް ދެއްކި ކުޅުން ތަކުރާރުކުރުމުގެ އަޒުމުގައި ކަމަށެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ގްރޫޕް އޭގެ އެއްވަނަ ޓީމު ގޮތުގައި ޓީސީ، މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ނިޒާމްބެ ބުނީ މަނަންގް ކްލަބާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށާއި، ނަމަވެސް މިމެޗަށް ފުރިހަމައަށް ޓީސީ ތައްޔާރުވެފައިވާ ކަމަށެވެ.

ނިޒާމްބެ ބުނީ މަނަންގް ކްލަބަކީ އާދައިގެ ކްލަބެއްކަމަށް ނުދެކޭ ކަމަށާއި، އެހެންނަމަވެސް ޓީސީ ނިކުންނާނީ މޮޅަކާއެކު، ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރުމުގެ އުންމީދުގައި ކަމަށެވެ.

މުބާރާތުގައި ޓީސީ އަށް ބައިވެރިވެވޭނެކަން ކަށަވަރުވުމާއެކު، އޭނާގެ އަމާޒަކަށްވީ ކުޅުންތެރިން ރަނގަޅަށް ތަމްރީން ކުރުމަށް ކަމަށާއި، އެގޮތުން ޓީމުގައި ޒުވާން ކުޅުންތެރިންގެ އިތުރުން ތަޖުރިބާ ހުރި ކުޅުންތެރިން ތިބުމަކީ ލިބޭ އިތުރު ފަސޭހައެއްކަމަށް ނިޒާމްބެ ފަނީ ފާހަގަކޮށްފައެވެ.

19 އަހަރުން ދަށުގެ 12 ކުޅުންތެރިން ޓީސީ ސްކޮޑުގައި ހިމެނޭއިރު، ނިޒާމްބެ ބުނީ ކޮންމެ ކުޅުންތެރިޔަކަށްވެސް އޭނާ ފުރިހަމައަށް އިތުބާރު ކުރާ ކަމަށެވެ. އެގޮތުން އެ ކުޅުންތެރިން ސެމީގެ މެޗަށް ފުރިހަމައަށް ތައްޔާރުވެފައިވުމަކީވެސް ލިބޭ އިތުރު ހިތްހަމަޖެހުމެއް ކަމަށެވެ.

މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން މަނަންގް ކްލަބްގެ ކޯޗު ލޮޕްސަންގް ގުރުންގް ބުނީ ކޮންމެ ކޯޗެއްވެސް ބޭނުންވާނީ އިދިކޮޅަށް ކުޅޭ ޓީމު ބަލިކުރަން ކަމަށާއި، އެގޮތުން މަނަންގް ޓީމުވެސް ނިކުންނާނީ ދެވެން އޮތް އެންމެ ވަރުގަދަ ފައިޓެއް ދިނުމަށް ކަމަށެވެ.

ނޭޕާލް ގައުމީ ޓީމުގެ 8 ކުޅުންތެރިން ހިމެނޭ މަނަންގް ކްލަބްގެ ކޯޗު ބުނީ ފިޒިކަލީ އެޓީމަށްވުރެ ޓީސީ ވަރުގަދަ ވާނެ ކަމަށާއި، އެހެންނަމަވެސް މަނަންގް ޓީމުގައި ޓީސީގެ ގޯލު ފޫއަޅުވާލެވޭނެ ވަރުގެ ކުޅުންތެރިން ތިބޭނެ ކަމަށެވެ.

ލޮޕްސަންގް ބުނީ މެޗެއްގައި ހުރިހާ ކަމެއްވެސް ޑިޕެންޑުވާނީ ކުޅުންތެރިން ދައްކާ ކުޅުމުގެ އިތުރުން ތަނަވަސްކުރާ ފުރުސަތުތައް ކަމަށެވެ. އެގޮތުން މަނަންގް ޓީމުން ޓީސީގެ ކުޅުން ހަލާކުކޮށްލެވޭނެ މަގެއް ހޯދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު