Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދުނިޔެ ވަށައި ބުރުޖެހި، ޑެންމާކުގެ ތޯ ޕެޑަރސަން

ދުނިޔެ ވަށައި ބުރުޖެހި، ޑެންމާކުގެ ތޯ ޕެޑަރސަން ދަތުރު ނިންމާލީ ދިވެހި ރާއްޖެއަށް

ޕެޑަރސަން، "ވަންސް އަޕޯން އަ ސާގާ"ގެ ނަމުގައި ބްލޮގެއް ވެސް ހިންގާ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 2 އޯގަސްޓު 2023 | ބުދަ 14:42
ޑެންމާކުގެ އެޑްވެންޗަރަރ، ތޯ ޕެޑަރސަން

ޑެންމާކުގެ އެޑްވެންޗަރަރ، ތޯ ޕެޑަރސަން

މަތިންދާބޯޓަކަށް ނާރައި، ކަނޑުމަގުންނާއި އެއްގަމު މަގުން ދަތުރުކޮށް، ދުނިޔެ ވަށައި ބުރުޖެހުމުގެ ރިކޯޑް އެންމެ ފަހުން ގާއިމްކުރި ޑެންމާކުގެ ތޯ ޕެޑަރސަން އޭނާގެ ދަތުރުގައި އެންމެ ފަހުން އައިސްފައިވާ މަންޒިލަކީ ދިވެހިރާއްޖެއެވެ. އެކަމުގެ އުފާ ފާޅުކޮށް އޭނާވަނީ ރާއްޖޭގައި ހުރެ ކޮންޓެންޓްތައް ސޯޝަލް މީޑިޔާގައި ޕޯސްޓްކޮށްފައެވެ.

ތަފާތު އަދި ބުރަ ލަނޑުދަނޑިއެއް ހާސިލްކުރުމަށް އަޒުމް ކަނޑައަޅައި، ތޯ އޭނާގެ އެޑްވެންޗަރ ދަތުރު ފަށާފައިވަނީ މީގެ ދިހަ އަހަރު ކުރިން 10 އޮކްޓޯބަރ 2013ގައެވެ. އޭނާގެ އޭރުގެ ލޯބިވެރިޔާއާއި އަމިއްލަ އާއިލާ އަދި ރަހުމަތްތެރިން ދޫކޮށް ދަތުރު ފެށިއިރު، އޭނާވަނީ ތިން އުސޫލެއްގައި ހިފެހެއްޓުމަށް އަޒުމު ކަނޑައަޅާފައެވެ. އެއީ ކޮންމެ ގައުމެއްގައިވެސް މަދުވެގެން 24 ގަޑިއިރު ހޭދަކުރުމާއި ދުވާލަކު 20 ޑޮލަރަށްވުރެ އިތުރަށް ޚަރަދުނުކުރުމާއި އަދި ދުނިޔޭގެ ހުރިހާ ގައުމަކަށް ނުދެވެނީސް އެނބުރި އަމިއްލަ ގައުމަށް ނުދިއުމެވެ.

ޕެޑަރސަންގެ ދަތުރު ދިވެހިރާއްޖެއާ ހަމަޔަށް ފުރިހަމަ ކުރުމަށްފަހު، އޭނާ ވަނީ އެނބުރި ދިއުމުގެ ދަތުރު 24 މޭގައި ފަށާފައެވެ.

އުމުރުން 44 އަހަރުގެ ޕެޑަރސަން އެނބުރި ގައުމަށް ދިއުމުގެ ދަތުރުގައި ސްރީލަންކާއިން މެލޭޝިޔާއަށް ގޮސް، އަދި އެތަނުން ބޮޑު، ކޮންޓެއިނަރ ބޯޓެއްގައި ދަތުރު ފެށިއެވެ. މިދަތުރަށް 33 ދުވަސް ނެގިއިރު، އޭނާ ކިޔައިދިންގޮތުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮންމެ ދުވަހަކުވެސް ތަފާތު ތަންތަންތަން ފެނުމެވެ. ކޮންމެ ދުވަހަކުވެސް ކޮޓަރީގެ ޕޯޓްހޯލުން ފެންނަ މަންޒަރު ބަދަލުވަމުން ބަދަލުވަމުން ގޮސް، ޑެންމާކުގެ މަލަމަތި ފެނުމުން ވަރަށް އުފާވިކަމަށް އޭނާ ބުނެފައިވެއެވެ.

ޖުލައި 26 2023ވަނަ ދުވަހު އޭނާ ދަތުރުކުރި ބޯޓު ޑެންމާކުގައި ބަނދަރުކުރިއިރު، އާއިލާއާއި ރައްޓެހިން ހިމެނޭހެން 150އްހާ މީހުން އޭނާއަށް މަރުހަބާ ކިޔުމަށްޓަކައި ބަނދަރު މައްޗަށް ގޮސް ތިއްބެވެ. ދަތުރު ފެށިއިރު ލޯބިވެރިޔާގެގޮތުގައި ހުރި ލީއަށް 2016 ވަނަ އަހަރު އޭނާވަނީ ކައިވެނި ހުށަހަޅައި، 2021 ވަނަ އަހަރު ކެންޔާގައި ކައިވެނިކޮށްފައެވެ.

ޕެޑަރސަން ކިޔައިދިންގޮތުގައި ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރުމަށް ފެށި ދަތުރުގައި އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި ދިމާވީ، ބައެއް ގައުމުތަކަށް ދިއުމަށް ވިސާ ހޯދުމުގައި ކުރިމަތިވި ދަތިކަމެވެ. އިކުއެޓޯރިއަލް ގިނީއަށް ވިސާ ލިބެންދެން ހަތަރު މަސްދުވަހު މަޑުކުރަން ޖެހުނު ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ސީރިޔާ، އީރާން، ނައުރޫ، އަދި އެންގޯލާފަދަ ގައުމުތަކަށްވެސް ވިސާ ހޯދަން ވަރަށް އުނދަގޫކަން ފާހަގަކޮށްފައިވެއެވެ.

ދަތުރުގައި ދިމާވި އެންމެ ބޮޑު ނުރައްކަލަކީ އައިސްލަންޑުން ކެނެޑާއަށް ކުރި ދަތުރުގައި ހަތަރު ދުވަސްވަންދެން ގަދަ ތޫފާނެއްގައި ދަތުރުކުރަން ޖެހުމެވެ. މީގެ އިތުރުން، ގާނާގައި އޭނާއަށް މެލޭރިޔާ ޖެހި ވަރަށް ހާލު ސީރިއަސްވިއެވެ. ދަތުރުގައި އެންމެ ގިނަ ދުވަސްވީ އެފްރިކާ ހުރަސްކުރަން ކަމަށް އޭނާ ބުނެފައިވެއެވެ.

ޕެޑަރސަން އޭނާގެ ބްލޮގެއްވެސް ހިންގައެވެ. އެ ބްލޮގްގެ ނަމަކީ "ވަންސް އަޕޯން އަ ސާގާ" އެވެ. އޭނާގެ ކިޔައިދިންގޮތުގައި ދަތުރުތަކަށް ފައިސާ ލިބެނީ ސަޕޯޓަރުންގެ ފަރާތުންނާއި އަދި ޔޫޓިއުބްފަދަ އެކި ސޯޝަލް މީޑިއާ ޗެނެލްތަކުގައި އޭނާ ކުރާ މަސައްކަތުންނެވެ. މީގެ އިތުރުން ޕެޑަރސަންއަކީ ޑެނިސް ރެޑްކްރޮސްގެ ގުޑްވިލް އެމްބެސެޑަރެއްވެސް މެއެވެ.

މަތިންދާބޯޓަކަށް ނާރައި ދުނިޔެ ވަށައި ބުރުޖެހުމުގެ ރިކޯޑް ހޯދި، ތޯ ޕެޑަރސަންއަކީ ހުރިހާ ގައުމަކަށް ދަތުރު ކުރުމުގެ ރިކޯޑް އޮތް ތިރީސް މީހުންގެ ތެރޭގައި ހިމެނޭ އެކަކަށް މިވަނީ ވެފައެވެ.

https://www.youtube.com/watch?v=502BbzikY7gވީޑިއޯ ލިންކް

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2022

ފްލޮޕީ ޑިސްކު ހަނދާން އެބަހުރިތަ؟ ހެކަރުންގެ ދުނިޔެއެއްގައި އަދިވެސް އެވަރެއް ނެތް!

23 އޮކްޓޯބަރު 2022
ފްލޮޕީ ޑިސްކު ހަނދާން އެބަހުރިތަ؟ ހެކަރުންގެ ދުނިޔެއެއްގައި އަދިވެސް އެވަރެއް ނެތް!
16 ސެޕްޓެމްބަރު 2022

އުދުހޭ ސައިކަލު: "ހީވީ ސްޓަރ ވޯޒް ގެ ދުނިޔެ ޙަޤީޤަތަކަށް ވީ ހެން"

16 ސެޕްޓެމްބަރު 2022
އުދުހޭ ސައިކަލު: "ހީވީ ސްޓަރ ވޯޒް ގެ ދުނިޔެ ޙަޤީޤަތަކަށް ވީ ހެން"
03 އޮކްޓޯބަރު 2021

ދެކުނު ކޮރެއާގެ "ސްކުއިޑް ގޭމް" މުޅި ދުނިޔެ ފަތަހަކުރަނީ

03 އޮކްޓޯބަރު 2021
ދެކުނު ކޮރެއާގެ "ސްކުއިޑް ގޭމް" މުޅި ދުނިޔެ ފަތަހަކުރަނީ
22 ފެބުރުއަރީ 2021

ދުނިޔެ ނިމޭ ތަނަށް ދަތުރުކުރަން އުޅުނު އިޓަލީގެ ދެމަފިރިއަކަށް ލިބުނު ކޮޅުކެހި

22 ފެބުރުއަރީ 2021
ދުނިޔެ ނިމޭ ތަނަށް ދަތުރުކުރަން އުޅުނު އިޓަލީގެ ދެމަފިރިއަކަށް ލިބުނު ކޮޅުކެހި
16 ފެބުރުއަރީ 2021

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

16 ފެބުރުއަރީ 2021
ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު