Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހްނުންގެ ވޯލްޑްކަޕް 2023

އަންހެނުންގެ ވޯލްޑްކަޕުން ވެސް ބްރެޒިލް ކަޓައިފި

ޖެމެއިކާއާއެކު ދެވަނަ ބުރަށް ދިޔައީ ފްރާންސް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 2 އޯގަސްޓު 2023 | ބުދަ 13:12
ެޖެމެއިކާ ކުޅުންތެރިން މެޗަށްފަހު އުފާފާޅު ކުރަނީ

ެޖެމެއިކާ ކުޅުންތެރިން މެޗަށްފަހު އުފާފާޅު ކުރަނީ

އަންހެނުންގެ ވޯލްޑްކަޕުގެ ދެވަނަ ބުރަށް ނުގޮސް, މަޝްހޫރު ބްރެޒިލް ކަޓައިފިއެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމު ނިސްބަތްވާ ގައުމުގެ އަންހެން ޓީމު ވޯލްޑްކަޕުން ކެޓީ މިއަދު ކުޅުނު މެޗުގައި ޖެމެއިކާ އަތުން މޮޅުނުވެވުމުންނެވެ. ލަނޑެއް ނުޖެހި އެއްވަރުވި މެޗަށްފަހު ބްރެޒިލަށް ލިބުނީ ގްރޫޕުގެ ތިންވަނައެވެ. ހަތް ޕޮއިންޓާއެކު އެއްވަނަ ލިބުނީ ފްރާންސަށެވެ. ދެވަނަ ލިބުނީ ފަސް ޕޮއިންޓާއެކު ޖެމެއިކާއަށެވެ. ބްރެޒިލަށް ތިން މެޗުން ލިބުނީ އެންމެ ހަތަރު ޕޮއިންޓެވެ. ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުމުން ބްްރެޒިލާއެކު ދެން ކެޓީ ކުޅުނު ތިން މެޗުންވެސް ބަލިވި ޕެނަމާއެވެ. އެ ގައުމުގެ ފަހު މެޗުގައި މިއަދު ފްރާންސް އަތުން ބަލިވީ 6-3ންނެވެ.

ދެވަނަ ބުރަށް ދިއުމަށް ކޮންމެހެން މޮޅުވާން ޖެހިފައި އޮތް މެޗު ބްރެޒިލް ފެށީ އެ ގައުމުގެ ތަޖުރިބާކާރު ފޯވަޑް މާޓާވެސް ފުރަތަމަ 11ގައި ހިމަނައިގެންނެވެ. ނަމަވެސް އަންހެނުންގެ ވޯލްޑްކަޕުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް މި މެޗުގައި އެއްކަމެއްވެސް ނުކުރެވުނެވެ.

ބްރެޒިލްގެ އަންހެން ޓީމު ވޯލްޑްކަޕުން ކެޓިއިރު، މިދިޔަ އަހަރުގެ ކުޅުނު ފިރިހެނުންގެ ވޯލްޑްކަޕުން އެގައުމު ކެޓީ ކުއާޓާ ފައިނަލުންނެވެ. ބްރެޒިލަށް އަންހެނުންގެ ވޯލްޑްކަޕުގެ ތައްޓެއް ނުލިބެއެވެ. ފިރިހެނުންގެ މުބާރާތުގެ ތަށި ފަސް ފަހަރު ކާމިޔާބުކުރިނަމަވެސް އެ ތަށި ނުލިބޭތާ މިހާރު 21 އަހަރު ވެއްޖެއެވެ. މިހެންވެ ބްރެޒިލްގެ ފުޓްބޯޅައިގެ ފެންވަރު ދަށްވެއްޖެކަމަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރެއެވެ.

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: ބްރެޒިލް އެއްވަރުވިއިރު އުރުގުއޭ މޮޅުވެއްޖެ

06 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ބްރެޒިލް އެއްވަރުވިއިރު އުރުގުއޭ މޮޅުވެއްޖެ
01 ސެޕްޓެމްބަރު 2017

ވޯލްޑް ކަޕް ކޮލިފައިން: ބްރެޒިލް މޮޅުވިއިރު އާޖެންޓީނާ އެއްވަރުވެއްޖެ

01 ސެޕްޓެމްބަރު 2017
ވޯލްޑް ކަޕް ކޮލިފައިން: ބްރެޒިލް މޮޅުވިއިރު އާޖެންޓީނާ އެއްވަރުވެއްޖެ
15 އޯގަސްޓު 2017

ބްރެޒިލްގެ މިޑްފިލްޑަރު ޕައުލީނިއޯ ބާސާ އަށް ސޮއިކޮށްފި

15 އޯގަސްޓު 2017
ބްރެޒިލްގެ މިޑްފިލްޑަރު ޕައުލީނިއޯ ބާސާ އަށް ސޮއިކޮށްފި
13 އޯގަސްޓު 2017

ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟

13 އޯގަސްޓު 2017
ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟
11 ޖުލައި 2017

ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި

11 ޖުލައި 2017
ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު