Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕައުލީނިއޯ ބާސާއަށް

ބްރެޒިލްގެ މިޑްފިލްޑަރު ޕައުލީނިއޯ ބާސާ އަށް ސޮއިކޮށްފި

ޕައުލީނިއޯ ބާސާ އަށް ބަދަލުވީ 40 މިލިއަން ޕައުންޑަށް

ލީވާން އަލީ
ލީވާން އަލީ | 15 އޯގަސްޓު 2017 | އަންގާރަ 02:48
ބާސާ އަށް ބަދަލުވި ބްރެޒިލްގެ މިޑްފިލްޑަރު ޕައުލީނިއޯ

ބާސާ އަށް ބަދަލުވި ބްރެޒިލްގެ މިޑްފިލްޑަރު ޕައުލީނިއޯ

ޗައިނާގެ މަޝްހޫރު ކުލަބެއް ކަމުގައިވާ ގުއްންޒޯ އެވަގްރޭޑްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަޖުރިބާކާރު މިޑްފިލްޑަރު ޕައުލީނިއޯ ބާސެލޯނާ އަށް ސޮއިކޮށްފި އެވެ.

އުމުރުން 29 އަހަރުގެ މިޑްފިލްޑަރު ބާސާ އަށް ބަދަލުވެފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 40 މިލިއަން ޕައުންޑަށެވެ.

މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސާ އިން މާ ގިނަ ކުޅުންތެރިންނެއް އެ ކްލަބަށް ގެނެސްފައެއް ނުވެއެވެ. އެހެންނަމަވެސް އެ ކްލަބުން އަންނަނީ ޓްރާންސްފާ ވިންޑޯ ބަންދުވުމުގެ ކުރިން ގިނަ ކުޅުންތެރިންތަކެއް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ.

ޕައުލީނިއޯ ހޯދުމަށް ބާސާގެ އިތުރުން އެހެން ކްލަބްތަކުންވެސް ވަނީ މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި އޭނާ ކުރިން ކުޅުނު ޓޮޓެންހަމް ހޮޓްސްޕާ އަދި މެންޗެސްޓާ ސިޓީ ހިމެނެއެވެ.

ޕައުލީނިއޯ އަކީ މީގެކުރިން ބްރެޒިލްގެ ކޮރިންތިއަންސް އަދި އިނގިރޭސި ކްލަބު ޓޮޓެންހަމްއަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ބްރެޒިލްގެ ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޕައުލީނިއޯ ޗައިނާއަށް ބަދަލުވީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެތޭގައެވެ. އޭނާ އެ ޓީމަށް ބަދަލުވެފައިވަނީ 14 މިލިޔަން ޔޫރޯއަށެވެ.

ބާސާއިން ވަނީ ލިވަޕޫލް އަދި ބްރެޒިލްގެ އެޓޭކިމް މިޑްފިލްޑަރު ފިލިޕް ކުޓީނީއޯ ހޯދުމުގެ މަސަތްކަތް ވެސް ފަށާފަ އެވެ. އެގޮތުން ބާސާއިން ކުޓީނިޔޯ ހޯދުމަށް މިހާތަނަށް ދެ ބިޑެއް ކޮށްފައިވާއިރު، ލިވަޕޫލުން ވަނީ އެ ދެ ބިޑަށްވެސް ފުރަގަސްދީފައެވެ. ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ކުޓީނިއޯ ވިއްކާލާނީ 145 މިލިއަން ޕައުންޑަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު