Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑްކަޕް ކޮލިފައިން

ވޯލްޑްކަޕް ކޮލިފައިން: ބްރެޒިލް އެއްވަރުވިއިރު އުރުގުއޭ މޮޅުވެއްޖެ

ކޮލޮމްބިއާއާ ބްރެޒިލް ބައްދަލުކުރި މެޗު ނިމުނީ 1-1 އެއްވަރުވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2017 | ބުދަ 05:42
ބްރެޒިލްއާ ވެނެޒުއޭލާ ބައްދަލުކުރި މެޗުގެ ތެރެއިން

ބްރެޒިލްއާ ވެނެޒުއޭލާ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ބްރެޒިލް ކުޅުނު މެޗުން އެ ޓީމު އެއްވަރުވިއިރު އުރުގުއޭ މޮޅުވެއްޖެއެވެ.

ކޮލޮމްބިއާގައި ކުޅުނު މި މެޗަށް ބްރެޒިލްއިން ނުކުތީ ވޯލްޑްކަޕް ކޮލިފައިންގައި އެ ޓީމުން ކުޅުނު މެޗުތަކުގެ ތެރެއިން ޖެހިޖެހިގެން 10 ވަނަ މެޗު ކާމިޔާބު ކުރުމަށެވެ. އެހެނަސް ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކޮލޮމްބިއާއިން ވަނީ ބްރެޒިލްއިން ކުރަމުންއައި މި އުއްމީދު ފުނޑާލާފައެވެ. މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް އެ ޓީމުން އުފެއްދި ހަމަލާތައް ކޮލޮމްބިއާގެ ކީޕަރުވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކުން ފިރްމީނޯ ފޮނުވާލި ބާރު ހަމަލާގެ ވެސް ހުރަހަކަށްވީ ކޮލޮމްބިއާގެ ތަޖުރިބާކާރު ކީޕަރު ޑޭވިޑް އޮސްޕީނާއެވެ.

އެހެން ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނޭމާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ވިލިއަން ފޮނުވާލި ހަމަލާ އޭނާއަށް ހުއްޓުވޭގޮތެއް ނުވިއެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 އަކުން ކޮލޮމްބިއާގެ މައްޗަށް ބްރެޒިލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ކޮލޮމްބިއާއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ބްރެޒިލްގެ ހާފަށް ބާރުބޮޑު ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ 56 ވަނަ މިނެޓުގައި ކޮލޮމްބިއާގެ ސެންޓިއާގޯ އެރިއާސް ނަގައިދިން ހުރަހަކުން އިތުބާރު ފޯވާޑް ރަޑަމައެލް ފަލްކާއޯ ބޮލުން ލަނޑެއް ކާމިޔާބު ކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ.

އުރުގުއޭއާ ޕެރަގުއޭ ވާދަކުރި މެޗު އުރުގުއޭއިން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ފެނިގެން ގޮސަފައިވަނީ މެޗުގެ ފަހު 15 މިނެޓުގެ ތެރޭގައެވެ. އެގޮތުން އުރުގުއޭގެ ފުރަތަމަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެ ޓީމުގެ މިޑްފީލްޑާ ފެޑެރީކޯ ވަލްވާޑޭއެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑަކީ ޕެރަގުއޭގެ ގުސްޓާވޯ ގޯމޭޒްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޕެރަގުއޭގެ ހަމައެކަނި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފޯވާޑް އެންހެލް ރޮމޭރޯއެވެ.

ބްރެޒިލްއިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ކޮލޮމްބިއާ އޮތީ ކުޅުނު 15 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އަދި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމާއެކު އުރުގުއޭ އޮތީ ކުޅުނު 15 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު