Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުރައިދޫއަށް ރައީސް ވަޑައިގެންނެވުން

ރައީސް، މުރައިދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވައި، އެރަށުގެ ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވައިފި

އެއީ ޓަރފްއަޅައި ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެއް

އަމްނާ އިމާދު
އަމްނާ އިމާދު | 2 އޯގަސްޓު 2023 | ބުދަ 11:59
ރައީސް، މުރައިދޫ ފުޓުބޯޅަ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި

ރައީސް، މުރައިދޫ ފުޓުބޯޅަ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އައު އިންޖީނުގެއާއި އޮފިސް ޢިމާރާތް ހުޅުއްވައިދެއްވައި، އެރަށުގެ ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވައިފިއެވެ.

ރައީސް، މުރައިދޫ ފެނަކަ އައު އިންޖީނުގެއާއި އޮފީސް ހުޅުއްވައިދެއްވައި ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވީ، އެމަނިކުފާނު މިހާރު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި، ބުދަ ދުވަހުގެ މެންދުރު އެރަށަށް ވަޑައިގެންނެވެ.

Advertisement - newsAdvertisement

ރައީސް ހުޅުއްވައިދެއްވި، ފުޓުބޯޅަ ދަނޑަކީ ޓަރފްއަޅައި ޒަމާނީ ފެންވަރަށް ހަދާފައިވާ ދަނޑެކެވެ.

މީގެ އިތުރުން ފެނަކައިން މުރައިދޫގައި އިމާރާތްކުރި ފެނަކަ އައު އިންޖީނުގެއާއި އޮފީސް އިމާރާތަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ތަނެކެވެ. އަދި ކުރިން ހުރި އިންޖީނުގެ ހުރީ އަވަށުތެރޭގައި ނަމަވެސް، އައު އިންޖީނުގެއާއި އޮފީސް އިމާރާތް ބިނާކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ. އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 620 ކިލޯވޮޓެވެ. އަދި ފެނަކަ އައު އޮފީސް އިމާރާތަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ، ޖާގަ ތަނަވަސް އިމާރާތެކެވެ.

މުރައިދޫ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، 129 ގެއަކަށް މިހާރު ވަނީ ކަނެކްޝަން ގުޅައިދީފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު