Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓޫޑެންޓް ލޯނު ދޫކުރުން

ސްޓޫޑެންޓް ލޯނުގެ މަސައްކަތްތައް ކުރިއަށްދޭ، މިހާރު ދަނީ ސްޕޮންސަރ ލެޓަރ ދޫކުރަމުން: މިނިސްޓަރު

2 އޯގަސްޓު 2023 | ބުދަ 11:52

ދަރިވަރުގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 2 އޯގަސްޓު 2023 | ބުދަ 11:52
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަސަން

ސްޓޫޑެންޓް ލޯނުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި، ލޯނު ލިބުނު ދަރިވަރުންނަށް "ސްޕޮންސަރ ލެޓަރ" ދޫކުރަމުންދާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ދޫކުރާ "ސްޕޮންސަރ ލެޓަރ" އިން އެ ދަރިވަރަކީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޫޑެންޓް ލޯނު ލިބިފައިވާ ދަރިވަރެއްކަމާއި ލޯނުގެ ފައިސާ ވީހާވެސް އަވަހަށް ހަމަޖެހިގެންދާނެކަން އެނގިގެންދާނެކަމަށެވެ. އެހެންކަމުން ދަރިވަރުގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލޯނު ލިބުނު ކޮންމެ ދަރިވަރަކަށް ވެސް މިނިސްޓްރީން ލޯނު ލިބުނުކަމުގެ ލިޔުމާއެކު ލޯނުގެ ފައިސާ ހޯދުމަށް އެ ދަރިވަރަކު އަމަލު ކުރަންޖެހޭ ގޮތުގެ ތަފްސީލު މެއިލް ކޮށްފައިވާނެކަމަށާއި، ކޮންމެ ދަރިވަރަކު ވެސް އެ ލިޔުމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ލޯނު ލިބުނު ފަރާތްތަކަށް އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ފައިސާ ވެސް ސްޓޫޑެންޓް ލޯނުގެ ތެރޭގައި ހިމެނިގެން ދާނެ ކަމަށެވެ.

ސްޓޫޑެންޓް ލޯނުގެ ފައިސާ ދޫކުރުމުގެ ކަންކަން އަވަސް ކުރުމަށް ކޮންމެ ދަރިވަރަކު ވެސް ލޯނު ލިބުނުކަމުގެ ލިޔުމާއިއެކު ފޮނުވާފައިވާ މެއިލުގައިވާ ގޮތަށް ޑޮކިއުމެންޓްތައް ފުރިހަމަ ކުރުމަށްފަހު ވީހާވެސް އަވަހަށް ފަންޑް މެއިލަށް (fund@mohe.gov.mv) އަށް ފޮނުވުމަކީ މިނިސްޓްރީން ވަރަށް ބޮޑަށް އެދިފައިވެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން މިއަހަރު 720 ފުރުސަތަށް އެދި 1،507 ފަރާތަކުން ކުރިމަތި ލިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ނިންމެވުމުގެ މަތިން ޝަރުތު ފުރިހަމަވި ހުރިހާ ފަރާތްތަކަށް މިއަހަރު ސްޓޫޑެންޓް ލޯނު ދޫކުރެވުނެވެ. އެއީ 1،275 ފަރާތެކެވެ.

ސްޓޫޑެންޓް ލޯނާއި ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށް ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ ޚާއްސަ އޮންލައިން ސެޝަނެއް 03 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު އޮންނާނެއެވެ. މި ސެޝަން ކުރިއަށްދާނީ މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްނެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް