Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ތަމްރީނު

ކަމެއް ގޯސްކޮށް ދާނަމަ އެއީ ގޯހެކޭ ބުނުމުގެ ހިތްވަރު ކޮންމެ ފުލުހެއްގެ ކިބައިގައިވެސް ހުންނަންވާނެ: ސީޕީ

ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 35 ވަނަ ބުރުގެ ދަސްވެނިވުމުގެ ހިނގާލުން ވަނީ ބާއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޯގަސްޓު 2023 | ބުދަ 07:06
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު

ތަމްރީނުވެގެން ނުކުންނަ ފުލުހުން، ތަމްރީނުގައި ކަންކަން ދަސްވިގޮތަށް ޚިދުމަތްކުރުމުގެ އަޒުމުގައި މަސައްކަތްކުރުމަށް އިސްކަންދިނުމަށާއި އެ އަޒުމުގައި ދެމިތިބޭނެ ބަޔަކަށްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން އެދިލެއްވީ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 35 ވަނަ ބުރުގެ ދަސްވެނިވުމުގެ ހިނގާލުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ތަމްރީނު ފުރިހަމަކުރުމަށްފަހު ޚިދުމަތަށް ނުކުންނަ ފުލުހުން އިސްކަންދޭންވާނީ ތަމްރީނުން ދަސްވި ކަންކަން ދަސްވިގޮތަށް ޚިދުމަތްކުރުމުގެ އަޒުމުގައި މަސައްކަތްކުރާ އަދި އެ އަޒުމުގައި ދެމިތިބޭނެ ބަޔަކަށް ވުމަށާއި އެ މަސައްކަތް އިތުރަށް ރަނގަޅުކޮށް މަސައްކަތް ކުރުމުގައި ހުރެދާނެ ނުރަނގަޅު ސަގާފަތެއްވާނަމަ އެ ސަގަފާތެއް ބަދަލުކުރުމަށް މަސައްކަތްކުރާ ބަޔަކަށްވުމަށްކަމަށެވެ.

ހަމައެއާއެކު އަލަށް ތަމްރީނުވެގެން ޚިދުމަތާގުޅޭ ވަގުތަކީ މިފަދަ މުއައްސަސާއެއްގައި އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރަން ފުލުހުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، ކަމެއް ގޯސްކޮށް ދާނަމަ އެއީ ގޯހެކޭ ބުނުމުގެ ހިތްވަރު އަދި ކެރުން ކޮންމެ ފުލުހެއްގެ ކިބައިގައިވެސް ހުންނަންވާނެކަމަށް ވިދާޅުވިއެވެ.

އަދި މުޖުތަމައުގެ ތެރެއިން ކުށެއް ކުރާތަން ފެނިއްޖެނަމަ އެކަމަކަށް ފުރިހަމައަށް އެޓެންޑުވުމުގެ ގާބިލުކަމާއި ފެންވަރު ހުންނަންވާނެކަމަށާއި ފުލުހުން މަސައްކަތްކުރަމުން މިދަނީ ތަފާތު ހާލަތްތަކާ ބައްދަލުވުމަށް ފުލުހުންނަށް ބޭނުންވާނެ ފުރިހަމަ ތަމްރީނު ހުރިހާ ފުލުހުންނަށްވެސް ފޯރުކޮށްދިނުމަށްކަމަށް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް ގެނެވެމުންދާ އެންމެ ބޮޑެތި ބަދަލުތައް ގުޅިފައިވަނީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމާއި، އަވަސް އަދި ފަސޭހަ ޚިދުމަތެއް ދިނުމަށްކަމަށެވެ. އެގޮތުން  ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ލާމަރުކަޒީކޮށް ފުލުހުންގެ ޚިދުމަތް ދިނުން ފުރިހަމަކުރުމާއި ޓެކްނޮލޮޖީގެ ފަސޭހަ ހުރިހާ ފުލުހުންނަށް މަސައްކަތުގައި ބޭނުން ހިފޭނެ ގޮތަށް ބައްޓަންކުރުމާއި ފުރިހަމަ ވަސީލަތްތައް ހޯދައިދިނުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ އަސާސީ ތަމްރީނަކީ ޚިދުމަތާ ގުޅޭ ފުލުހުން ފުރިހަމަ ފުލުހަކަށް ބަދަލުކޮށްލާ މަރުހަލާ ކަމަށާއި  އަސާސީ ތަމްރީނުގެ މިބައި ފުރިހަމަކޮށްގެން އަމަލީގޮތުން މަސައްކަތް ދަސްކުރުމަށް ނުކުންނައިރު ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތާމެދު ވިސްނާ ގޮތް ތަފާތުވާނެކަމަށް ވިދާޅުވިއެވެ.

އަދި ފުލުހުންގެ ޚިދުމަތް މިއަދާ ހަމައަށް ގެނެވިފައި މިވަނީ ގިނަ ބައެއްގެ ބައިވެރިވުމާއި، ވިސްނުމާއި، މިންނެތް މަސައްކަތުގެ ތެރެއިންކަމަށާއި މިއަދުގެ ދިވެހި ފުލުހުންގެ ޚިދުމަތަކީ ހުރިހާ ކަމެއްގައިވެސް އަދި ހުރިހާ ވަގުތެއްގައިވެސް ރައްޔިތުންގެ ބޭނުންތައް އިސްކުރާނެ މުއައްސަސާއެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު މުޖުތަމައުއާއި ފަރުދުންގެ އިތުބާރު ހޯދައި، ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދިނުމަށާއި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއަށް އަހުލުވެރިވެ އޭގެ ބޭނުން ހިފައިގެން ކުށްތަކާއި މައްސަލަތައް ހައްލުކުރުމާއި އޮޕަރޭޝަންތައް ދުވަހުން ދުވަހަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ.

އަދި ދަތި އަދި ހާސްކަމުގެ ހާލަތު މެދުވެރިވެފައި ތިބޭ މީހުންނާއި ނަފުސާނީ ސިއްހަތުގެ ގޮންޖެހުންތައް ކުރިމަތިވެފައިވާ މީހުންގެ ހާލަތު ދަނެ ރަނގަޅަށް އަޅާލަން ދަސްކުރުމަށާއި ކުރިމަތިލުމަށްވުރެ މުއާމަލާތުކުރަން އިސްކަންީދގެން ހާލަތްތަކުގެ ހޫނުކަން ދަށްކުރަން މަސައްކަތްކުރުމަށް ކޯހުގެ ދަސްވެނިންނަށް އިރުޝާދު ދެއްވިއެވެ.

އަދި ގޮންޖެހުންތަކާ ކުރިމަތިލެވޭ އަދި ބަދަލުވާ ހާލަތަކަށް ތައްޔާރަށްތިބެ ރައްޔިތުން ރައްކާތެރިކޮށް ޚިދުމަތްތެރިވުމަށް އިސްކަންދިނުމަށް އަބަދުވެސް މަސައްކަތް ކުރުމަށާއި ޖިސްމާނީ އަދި ނަފުސާނީ ސިއްހަތު ރަނގަޅުވުން އެއީ ފުލުހެއްގެ ގާބިލުކަމާ އަދި އެހެން މީހުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން ދިނުމަށް ވަރަށް މުހިންމު ކަމެއްކަން ދަނެ އަމިއްލަ ނަފްސާމެދު އަޅާލާ ބަޔަކަށް ވުމަށްވެސް ކޯހުގެ ދަސްވެނިންނަށް އިރުޝާދު ދެއްވިއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު