Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެށ.ކަނޑިތީމުގެ ތަރައްޤީ

ށ.ކަނޑިތީމަށް ރައީސް ވެވަޑައިގަތީ ޒަމާނީ ފެންވަރުގެ މަގުތަކާއި، ބަނދަރާއި އާ ކަރަންޓު ވިއުގައެއްގެ ވައުދު

އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ހޭންޑް ބޯލް ކޯޓު އެޅުމަށް ރައީސް ވައުދުވެވަޑައިގަތް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އޯގަސްޓު 2023 | އަންގާރަ 15:03
ރައީސް ކަނޑިތީމުގައި ވާހަކަދައްކަވަނީ

ރައީސް ކަނޑިތީމުގައި ވާހަކަދައްކަވަނީ

އިތުރު ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ގިނަ ކަންތައްތަކެއް ށ.ކަނޑިތީމަށް ކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވައުދުވެވަޑައިގަންނަވައިފިއެވެ.

އެ ރަށާއި މެދު ރައީސް ގެންގުޅުއްވާ ސިޔާސަތުތައް ހާމަކޮށްދެއްވީ އަންގާރަ ދުވަހު އެ ރަށުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަށަށްޓަކާ ރައީސް ވަނީ މުހިންމު ވައުދުތަކެއް ވެވަޑައިގަންނަވާފައެވެ. އެގޮތުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ހޭންޑް ބޯލް ކޯޓު އެޅުމާއި، މޫދު ކުޅިވަރަށް ޚާއްސަކޮށްފައިވާ ސަރަހައްދެއް ތަރައްޤީކުރުމަށް ވައުދުވެވަޑައިގަތެވެ. މީގެ އިތުރުން އެ ރަށުގައި މީގެ ފަސް އަހަރު ކުރިން ޤާއިމް ކުރި ބަނދަރު އޮތީ އެންމެ ރަނގަޅަށް ނޫންކަމަށް ފާހަގަކުރައްވާ ރައީސް ވަނީ އެ ރަށުގެ ބަނދަރު ބޮޑުކޮށް، ބަނދަރުގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅު ވެފައެވެ. މީގެ އިތުރުން އެ ރަށަށް ދިމާވެފައިވާ ކްލާސްރޫމްގެ ދަތިކަމުގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ ފުންކޮށް ވިސްނާ ވަޑައިގަތުމަށް ފަހު ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު ސަރުކާރަށް ވަޑައިގެން މަސައްކަތް ފަށައިގަތީ ކުރީގެ ސަރުކާރުތަކުން އަޅާ ނުލާ ހުރި ރަށްތަކަށް އިސްކަން ދެއްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ށ.ކަނޑިތީމާއި ބިލެތްފައްސަކީ ވެސް ކުރީ ސަރުކާރުން އަޅާ ނުލާ އޮތް ދެ ރަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ރަށްރަށުން ބޭނުންވެފައި ހުރި ކަންކަން އޭރުވެސް ސަރުކާރާއި ހިއްސާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ އާއި އެކު ނުކުމެ ފަށައިގަތީ އޭރު ރަށްރަށުން އެދުނު މަސައްކަތްތައް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އޭރު ފެށި މަޝްރޫޢުތައް މިހާރު ނިންމަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަންގާރަ ދުވަހު ނިންމުން ފާހަގަކުރާ ފެނުގެ ނިޒާމާއި އެކު ސާފު ފެން ލިބެން ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަތޮޅު މަދަރުސާގެ މަލްޓި ޕަރޕަސް ހޯލާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ވަނީ އެވޯޑްކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.

ކަނޑިތީމު ރައްޔިތުންނަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ބަދަލުގައި ވިސްނުންތެރިކަމާއި އެކު ގޮތް ނިންމާ ރަށެއް ކަމަށާއި އެކަމުގެ ނަތީޖާ ވެސް ފެންނަކަމަށް ރައީސް ވިދާޅުވިއެވެ. ފާއިތުވި އިންތިޚާބުތަކުގައި އެމްޑީޕީ އަށް އެ ރަށުގެ އަޢުލަބިއްޔަތު ލިބުނު ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް ވުރެ ރަނގަޅު ނަތީޖާ އެއް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަަމަށެވެ. ރައީސް ވަނީ އެ ރަށުން ލިބޭ ތާއީދަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު