Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޮކާ ޖޫނިއާސް

ކެރިއަރުގެ ފަަހު ދުވަސްތައް ހޭދަ ކުރަން މިއަށްވުރެ ރަނގަޅު ކުލަބެއް ނެތް: ކަވާނީ

ކަވާނީ ބުނީ، ކެރިއަރުގެ އެންމެ ފަހު ދުވަސްތައް ހޭދަކުރަން ބޭނުންވީ އަމިއްލަ ޤައުމާ ކައިރީގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އޯގަސްޓު 2023 | އަންގާރަ 03:29
ބޮކާ ޖޫނިއާސްގެ ކުޅުންތެރިޔެއްގެ ގޮތުގައި ކަވާނީ ދައްކާލުމުގެ ތެރެއިން

ބޮކާ ޖޫނިއާސްގެ ކުޅުންތެރިޔެއްގެ ގޮތުގައި ކަވާނީ ދައްކާލުމުގެ ތެރެއިން

ކެރިއަރުގެ އެންމެ ފަހު ދުވަސްތައް ހޭދަކުރަން އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް ވުރެ ރަނގަޅު އެހެން ކުލަބެއް ނެތް ކަމަށް އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ބުނެފި އެވެ.

ކަވާނީ މިހެން ބުނީ ބޮކާ ޖޫނިއާސްގެ ކުޅުންތެރިޔެއްގެ ގޮތުގަައި ރަސްމީކޮށް އޭނާ ދައްކާލުމަށް ބޭއްވި އިވެންޓުގަ އެވެ. ކަވާނީ ބުނީ، ކެރިއަރުގެ އެންމެ ފަހު ދުވަސްތައް ހޭދަކުރަން ބޭނުންވީ އަމިއްލަ ޤައުމާ ކައިރީގައި ކަމަށެވެ. އެހެންކަމުން އާޖެންޓީނާ އަކީ އެކަމަށް އެންމެ ރަނގަޅު ޤައުމު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ވަކިން ޚާއްސަކޮށް ކެރިއަރުގެ ފަހު ދުވަސްތައް ހޭދަ ކުރުމަށް ބޮކާ ޖޫނިއާސް އަށްވުރެ ރަނގަޅު އެހެން ކުލަބެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ. އިތުރަށް ކަވާނީ ބުނީ ބޮކާ ޖޫނިއާސް އަށް އޭނާ ބަދަލުވީ ޓާގެޓުތަކެއް އޮވެގެން ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދޭނީ އެ ކުލަބަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށް ވެސް ކަވާނީ ވަނީ ބުނެފަ އެވެ. އެ ކުލަބާއެކު ކާމިޔާބީ ހޯދަން ބޭނުންވާކަން ފާހަގަކޮށް ކަވާނީ ވަނީ ކުލަބުގެ އިސްވެރިންނާއި، ސަޕޯޓަރުންނަށް ޝުކުރު އަދާ ކޮށްފަ އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ބޮކާ ޖޫނިއާސް އަށް ބަދަލުވީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބުގެ ކުޅުންތެރިޔެއްގެ ގޮތުގައި ކަވާނީ ދައްކާލުމަށް ބޭއްވި އިވެންޓަށް ވަނީ 30،000 (ތިރީސް ހާސް) އަށްވުރެ ގިނަ ސަޕޯޓަރުން ޖަމާވެފަ އެވެ. އުރުގުއޭގެ ޑަނުބިއޯ އިން ސީނިއާ ކެރިއަރު ފެށި ކަވާނީ ވަނީ ޔޫރަޕުގެ ގިނަ ކުލަބުތަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި އޭނާ އެންމެ ފަހުން ކުޅުނު ވެލެންސިއާގެ އިތުރުން ދެން ހިމެނެނީ، ނަޕޯލީ، މެންޗެސްޓަރ ޔުނައިޓެޑު އަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެވެ. ކަވާނީ އަންނަނީ 2008 ވަނަ އަހަރުން ފެށިގެން އުރުގުއޭ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އުރުގުއޭ އާއެކު އޭނާ ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2019

ރެއާލްގައި ހޭދަކުރާ ދުވަސްތަކާ މެދު ބޭލް ފަހުރުވެރިވާންޖެހޭ: އޮވެން

14 މާރިޗު 2019
ރެއާލްގައި ހޭދަކުރާ ދުވަސްތަކާ މެދު ބޭލް ފަހުރުވެރިވާންޖެހޭ: އޮވެން
31 ޑިސެމްބަރު 2018

ވަރާން ބޭނުންވަނީ ކެރިޔަރު އެއްކޮށް ރެއާލްގައި ހޭދަކުރަން

31 ޑިސެމްބަރު 2018
ވަރާން ބޭނުންވަނީ ކެރިޔަރު އެއްކޮށް ރެއާލްގައި ހޭދަކުރަން
02 ޖުލައި 2018

މިއީ ޤައުމީ ޓީމުގެ ކެރިއަރުގެ ކުރިމަގާއި ބެހޭ ގޮތުން ވާހަކަ ދައްކަން ރަނގަޅު ވަގުތެއް ނޫން: ރޮނާލްޑޯ

02 ޖުލައި 2018
މިއީ ޤައުމީ ޓީމުގެ ކެރިއަރުގެ ކުރިމަގާއި ބެހޭ ގޮތުން ވާހަކަ ދައްކަން ރަނގަޅު ވަގުތެއް ނޫން: ރޮނާލްޑޯ
26 ޖޫން 2018

މި ސަރަހައްދުގައި ވޮލީ ކުރިވެރުވުމަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ރާއްޖެއިން: ލަތީބެ

26 ޖޫން 2018
މި ސަރަހައްދުގައި ވޮލީ ކުރިވެރުވުމަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ރާއްޖެއިން: ލަތީބެ
13 ޖޫން 2018

ބޮޑުންގެ ޝަރީއަތް: ބަޔާންތަތަކުގައި ސޮއިކުރަން ގިނަ ވަގުތު ހޭދަވާތީ އަޑުއެހުން މާދަމާއަށް ފަސްކޮށްފި

13 ޖޫން 2018
ބޮޑުންގެ ޝަރީއަތް: ބަޔާންތަތަކުގައި ސޮއިކުރަން ގިނަ ވަގުތު ހޭދަވާތީ އަޑުއެހުން މާދަމާއަށް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު