Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީންގެ ސިޔާސީ މަސްރަހު

ފަލަސްޠީނުގެ ސިޔާސީ ފެކްޝަންތައް މަޝްވަރާގެ މޭޒަށް!

1 އޯގަސްޓު 2023 | އަންގާރަ 02:52

16 އަހަރަށް ދެމިގެން ދިޔަ ފަލަސްޠީނުގެ ދާޚިލީ ބައިބައިވުންތަކަށް ނިމުމެއް ގެނައުމަށް ގޮވާލާފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 އޯގަސްޓު 2023 | އަންގާރަ 02:52
ފަލަސްތީނުގެ ރައްޔިތުން މުޒާހަރާ ކުރަނީ

ފަލަސްތީނުގެ ރައްޔިތުން މުޒާހަރާ ކުރަނީ

ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ އިންސާނަކަށް ވީތީ ކޮންމެ މީހަކަށް ވެސް ލިބިދީފައި އޮންނަ އަސާސީ ޙައްޤެކެވެ. ދަތި ހާލުގައި ދިރިއުޅެން މަޖުބޫރު ވާ ވަރަކަށް، އެ ޙައްޤުގެ ބޭނުން ކުރަން ޖެހޭ މިންވަރު އިތުރުވެއެވެ. ކިތަންމެ ފުރުޞަތު ހަނިވި ކަމުގައި ވީ ނަމަވެސް، ވީ ވަރަކުން އެމީހެއްގެ އަޑު އިއްވޭތޯ ކޮންމެ މީހަކުވެސް މަސައްކަތް ކުރެއެވެ.

ޖުލައި 30 ވަނަ ދުވަހު، ޣައްޒާއިންވެސް ފެނިގެން ދިޔައީ އެފަދަ މަންޒަރެކެވެ. ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ޣައްޒާގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރިއެވެ. ގޮވަމުން ދިޔައީ މިދިޔަ 16 އަހަރަށް ދެމިގެން ދިޔަ ފަލަސްޠީނުގެ ދާޚިލީ ބައިބައިވުންތަކަށް ނިމުމެއް ގެނައުމަށާއި، ޣައްޒާއަށް ކުރިމަތިލާން ޖެހިފައިވާ ކަރަންޓު ނުލިބުމުގެ މައްސަލަ ހައްލު ކުރުމަށެވެ.

ފަލަސްޠީނުގެ ރައްޔިތުން، ޣައްޒާގެ މަގުތަކުގައި މުޒާހަރާ ކުރަމުން ދިޔައިރު، ފަލަސްޠީނުގެ ސިޔާސީ ފެކްޝަންތަކުން ދިޔައީ މިޞްރުގެ ވެރިރަށް ޤާޚިރާގައި މަޝްވަރާތަކެއް ކުރަމުންނެވެ. މަޝްވަރާތަކުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ފަލަސްޠީނުގެ ރައީސް މަހަމޫދު އައްބާސްއެވެ. ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާޢަތުގެ ލީޑަރު، އިސްމާޢީލު ހަނިއްޔާއާއާއި އެނޫންވެސް ސިޔާސީ ފެކްޝަންތަކުގެ މެންބަރުން، އެ މަޝްވަރާތަކުގައި ބައިވެރިވިއެވެ.

އައްބާސްއާއި ހަނިއްޔާއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް، 2007 ވަނަ އަހަރުން ފެށިގެން އަދާ ޖެހުނު އިރުވެސް އޮތީ ހައްލު ލިބޭ ގޮތް ނުވެއެވެ. ޔަހޫދީ އިޒްރޭލާއެކު ސުލްޙައިގެ އެއްވެސް އެއްބަސްވުމެއް އެކުލަވާލުމަށް ހަމާސް ޖަމާއަތުން ދެކޮޅު ހަދައެވެ. އެންމެ ފަހުން، މުޅި ޣައްޒާގެ ކޮންޓްރޯލް ހަމާސް ޖަމާޢަތުން ނެގިއެވެ. ހުޅަނގުގެ ޤައުމުތަކުގެ ތާޢީދު ލިބިފައި ވާ، އައްބާސްގެ ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)ގެ ބާރު ހިނގަނީ، އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގެ ސަރަޙައްދަށެވެ.

ޤާޚިރާގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ފަލަސްޠީނުގެ 14 ފެކްޝަނަކުން މެންބަރުން ބައިވެރިވިއެވެ. އެ މަޝްވަރާތަކަކީ، ފަލަސްޠީނުގެ 'ޤައުމީ އެއްބައިވަންތަކަން ހާސިލުކޮށް، ބައިބައިވުންތަކަށް ނިމުން ގެނައުމަށް' އެޅި ފުރަތަމަ ފިޔަވަޅު ކަމަށް އައްބާސް ވަނީ ސިފަ ކުރައްވާފައެވެ.

ޤާޚިރާގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ކުރިން، އައްބާސްއާއި ހަނިއްޔާ ވަނީ ތުރުކީވިލާތުގެ ވެރިރަށް، އަންކާރާގައިވެސް ބައްދަލު ކުރައްވާފައެވެ. ފެކްޝަންތައް ބައިވެރިކޮށްގެން ފުޅާ ދާއިރާއެއްގައި ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އައްބާސްއާއި ހަނިއްޔާ އެއްބަސްވީ އަންކާރާގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައެވެ.

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، މުސްލިމުންގެ ދިރިއުޅުމަށް އަތްގަދަ ކުރަމުންދާ ޔަހޫދީ އިޒްރޭލުގެ ބާރުތަކާ ދެކޮޅަށް ތެދުވުމުގައި ފަލަސްޠީނަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ފަލަސްޠީނުގައި އުފެދިފައި ވާ ދާޚިލީ ބައިބައިވުންތަކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 ޖުލައި 2017

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ
20 މެއި 2017

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟
10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
02 މެއި 2017

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
15 މާރިޗު 2017

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017
މިކަން ސިޔާސީ ނުކުރާށެވެ!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް