Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ބޮމުގެ ހަމަލާ

ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހީވީ "ގިޔާމަތް ވެގެން އުޅޭހެން"

31 ޖުލައި 2023 | ހޯމަ 12:47

އަފްޣާނިސްތާނުގެ ބޯޑަރާ ކައިރި ހިސާބެއްކަމަށްވާ ބަޖައުރުގައި ދިން މި ހަމަލާ، ބޮޑުވަޒީރު ޝަހުބާޒު ޝަރީފް ވަނީ ކުށްވެރިކުރައްވާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 31 ޖުލައި 2023 | ހޯމަ 12:47
ޕާކިސްތާނުގައި ބޮމުގެ ހަމަލާ ދިން ތަން

ޕާކިސްތާނުގައި ބޮމުގެ ހަމަލާ ދިން ތަން

ޕާކިސްތާންގެ ޚައިބަރު ޕަޚްތުންޚުވާގެ ބަޖައުރު ޑިސްޓްރިކްޓްގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހީވީ ގިޔާމަތް ލައިގަނެގެން އުޅޭހެން ކަމަށް، މަންޒަރު ދުށް ބައެއް މީހުން ބުނެފިއެވެ. ހަމަލާއާ ގުޅިގެން މީހުންތައް އެހީއަށް އެދި ހަޅޭއްލަވައި ރޮއި ހެދިއިރު، އެހީތެރިވާން ނިކުތް ފަރާތްތަކުން ވަނީ ގިނަ ބަޔަކު ސަލާމަތް ކޮށްގެން ނެރެ ފަރުވާއާ ހަމައަށް ގެންދެވޭތޯ މަސައްކަތް ކޮށްފައެވެ. މިހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 45ށް އަރާފައެވެ.

މީހަކު އަމިއްލަ ގައިގައި ބޮން ހަރުކޮށްގެން ދިން މި ހަމަލާއަކީ އިސްލާމިސްޓް ޕާޓީއެއް ކަމަށްވާ ޖާމިއަތު އުލަމާ އެ އިސްލާމް (ޖޭޔޫއައި)ގެ އިސް ބައެއް ފަރާތްތަކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއެކެވެ. ޖޭޔޫއައި ޕާޓީގެ ރީޖަނަލް ލީޑަރެއް ކަމަށްވާ މައުލާނާ ޒިއާއުﷲ އާއި އެހެން ބައެއް އިސް މެމްބަރުން ވަނީ މި ހަމަލާގައި އަވާހަވެފައެވެ.

ޖޭޔޫ އައި ޕާޓީއަކީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއަކަށް ވާއިރު، އާދީއްތަ ދުވަހުގެ އެއްވުމަކީ މިއަހަރު ފަހުކޮޅު އޮންނަ އިންތިޚާބަށް ކެމްޕެއިންކުރުމަށް ބޭއްވި އެއްވުމެކެވެ.

އެއްވުން ކުރިޔަށް ދިޔައިރު ސްޓޭޖް މަތީގައި އިންމީހަކު ކިޔައިދިންގޮތުގައި ބާރު އަޑުފަށްގަނޑަކާއެކު ބޮން ގޮވުމާއެކު ހުޅު ފަޅައިގެން ދިޔައެވެ. އަދި ބޮމުއެތެރޭގައި ހިމެނޭ ކަމަށް ބެލެވޭ ކުދި ދަގަނޑު އެތިކޮޅުތައް މީހުން ގަނޑުގެ ތެރެޔަށް ބުރައިގެން ދިޔައެވެ. އެވަގުތު އެންމެން ހަޅެއްލަވައި އެކި ކޮޅުކޮޅު މައްޗަށް ދުއްވައިގެންފައި ވާއިރު، މީހުންތައް މަރުވެގެން ނުވަތަ އަނިޔާވެގެން ވެއްޓެމުން ދާތަން ފެނުނު ކަމަށް އޭނާ ކިޔަޢިދީފައިވެއެވެ.

އަފްޣާނިސްތާނުގެ ބޯޑަރާ ކައިރި ހިސާބެއްކަމަށްވާ ބަޖައުރުގައި ދިންމިހަމަލާ ބޮޑުވަޒީރު ޝަހުބާޒު ޝަރީފް ވަނީ ކުށްވެރިކުރައްވާފައެވެ. އަދި މިއީ އިސްލާމް ދީނަށާއި ކީރިތި ގުރުއާނަށް، އަދި ޕާކިސްތާނުގެ ގައުމިއްޔަތަށް އަމާޒުކޮށް ޓެރަރިސްޓުން ދީފައިވާ ހަމަލާއެއްކަމަށާއި، މިކަން ކުރި ފަރާތްތައް ހޯދައި އަދަބު ދެވޭނެ ކަމަށް ޝަހުބާޒު ޝަރީފް ވިދާޅުވެފައި ވެއެވެ.

ބޮމުގެ ހަމަލާ ދިންކަމުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް ބަޖައުރު ޑިސްޓްރިކްޓުގައި މީގެ ކުރިން ދެވުނު މިފަދަ ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުގެ ޕާކިސްތާނު ގޮފިން އުފުލާފައި އެބަހުއްޓެވެ.

މިހަމަލާގައި ތާލިބާނުންގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް އެފަރާތުން ބުނެފައި ވެއެވެ.

އަވައްޓެރި އަފްޣާނިސްތާނުގެ ވެރިކަމަށް ހަރުކަށި ފިކުރުގެ ތާލިބާން ޖަމާއަތުން 2021 ވަނަ އަހަރު އަލުން އައިފަހުން، އެޖަމާއަތުން ދޭކަމަށް ބެލެވޭ ހަމަލާތައްވެސް ވަނީ އަފްޣާނިސްތާނުގެ އިމާ ކައިރިން ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދުގައި އިތުރުވެގެން ގޮސްފައެވެ.

ތާލިބާން ޖަމާއަތުން ކުރިން ތިބީ މިފަދަ ހަމަލާތައް ހުއްޓާލުމުގެ އެއްބަސް ވުމެއްގައި ސޮއިކޮށްގެންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އެއްބަސްވުން ނިމުމަކަށް އައިސްފައެވެ.    

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް