ކ. މާލެ
|
31 ޖުލައި 2023 | ހޯމަ 13:46
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ނާއިބު ރައީސް ފައިސަލް ނަސީމް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ނާއިބު ރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް
ފައިސަލްގެ ވަފާތެރިކަން ސާބިތުކޮށްދެއްވައިފި، އެދިވަޑައިގަތީ މިފަހަރު އެއްބުރުން ނިންމާލަ ދިނުމަށް!
 
ރައީސް ޞާލިޙު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު އަރިހުގައި ނައިބުރައީސް ފައިސަލް ވަޑައިގަންނަވާ
 
ޖުމްހޫރީ ޕާޓީން ވަކިން ނުކުންނަން ނިންމި ނަމަވެސް، އެ ޕާޓީގެ ކައުންސިލްގައި ވެސް އިންނަވާ ފައިސަލް ނިންމެވީ ރައިސް ޞާލިޙުގެ ފަހަތްފުޅުގައި ހުންނެވުމަށް

ދިވެހިރާއްޖޭގެ ތާރީޚުގައި ނާއިބު ރައީސުންނަކީ "ކަޅު ތާރީޚެއް" އޮތް ބައެކެވެ. މި ފަހުގެ ބައެއް ކަންކަމަށް ބަލާއިރު، ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެފަދަ މަންޒަރުތައް ފެނިގެން ގޮސްފައިވެ އެވެ. އެފަހަރު ރައީސް ނަޝީދަށް ޖެހިވަޑައިގަތީ މިހާތަނަށް ރާއްޖޭގެ ރައީސަކު ކުރައްވާނެ އެންމެ ހިތި އެއް ތަޖުރިބާ ކުރައްވާށެވެ. ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ހަތް ވަނަ ދުވަހު ވައްޓާލުމާއެކު، ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ އޭރުގެ ނާއިބު ޑރ.ވަޙީދު އެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އަބަދުމެ ދައްކާނެ އަދި ހަނދާނުން ނުނެތޭނެ ހާދިސާ އެކެވެ.

ރައީސް ވަޙީދުގެ ވެރިކަމަށް ފަހު، 2013 ވަނަ އަހަރު ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވީ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. އޭރު ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިޔަކަށް ހުންނެވީ ޑރ، މުޙައްމަދު ޖަމީލް އަޙުމަދު އެވެ. ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި އޭރު އެންމެ ބާރަށް "ފަލި ޖެއްސެވި" އެއް ބޭފުޅަކީ ވެސް ޖަމީލް އެވެ. ނަތީޖާއެއްގެ ގޮތުން ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ޖަމީލަށް ނާއިބު ރައީސްކަން ލިބިވަޑައިގެންނެވި އެވެ. ނަމަވެސް ޖަމީލުގެ ނަންފުޅު ޔާމީންގެ ވެރިކަމުގައި މާގިނަ ދުވަހަކު ނޯތެވެ. 2015 ވަނަ އަހަރު ޖަލީމް މަގާމުން ވަކި ކުރަން ނިންމީ، ރައީސް ޔާމީން ބޭނުންފުޅު ވެގެން ރައްޔިތުންގެ މަޖިލީހުންނެވެ. އެއަށްފަހު ނާއިބު ރައީސްކަމަށް ދެން އައްޔަން ކުރެއްވީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަޙުމަދު އަދީބު އެވެ. އެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ ކަމަށް ގިނަ ބަޔަކު ދެކުނު އަދީބަކީ ރައީސް ޔާމީން "ފަސްސަތޭކަ" ޕަސެންޓު އިތުބާރު ކުރައްވާ ބޭފުޅެކެވެ. ޖަމީލުގެ ހިތި ނިމުމުގެ ވާހަކަތައް ދައްކައި ނުނިމެނީވެސް، ނާއިބު ރައީސް ކަމުގެ އަދީބު ދުރު ކުރަން ޖެހުނެވެ. ހައްޔަރު ވެސް ކުރި އެވެ. އާދައިގެ ކަމެއްގައެއް ވެސް ނޫނެވެ. ސީދާ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. ރާއްޖެ ވަޑައިގެން އަދީބު ފްލައިޓުން ފައިބައި ވަޑައިގަންނަވަނިކޮށް ހައްޔަރު ކުރޮ ގޮތަށް، އަދީބުގެ ނާއިބް ރައީސް ކަމުގެ ބާބު ނިމުނީ އެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އާއި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ޢަބްދުލް ޣަފޫރު

އުނދަގޫ ދުވަސްތަކަށް ފަހު ދެން ރައީސް ޔާމީންގެ ނާއިބު ރައީސްކަމަށް އައްޔަން ކުރެއްވީ އެ ސަރުކާރުގެ ފައިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދު އެވެ. މާޒީގެ ތަޖުރިބާއާއެކު ނާއިބު ރައީސް ކަމުގައި ޖިހާދަށް މާ ބޮޑު ބާރެއް ލިބިވަަޑައިނުގަތެވެ. ޖެހިވަޑައިގެންނެވީ މަޑުމަޑުން އިންނަވާށެވެ. މިޒާޖުގައި ވެސް މަޑުމައިތިރި ބޭފުޅެެއްގެ ގޮތުގައި ސިފަވާ ޖިހާދުގެ އަޑު އިވެނީ ދޭތެރެ އަކުންނެވެ. ރައީސް ނަޝީދަށް އެމަނިކުފާނުގެ ނާއިބު ބޭވަފާވެރިވި ވާހަކައަށްފަހު، މިއީ ވެސް ދިވެހި ސިޔާސީ މަސްރަހުގައި ނަން ހިނގާ ވާހަކަ އެކެވެ. އެއް ދައުރެއްގައި ތިން ނައިބު ރައީސުން ފެނުނު ވާހަކަ އެވެ.

ރައީސް ޔާމީންގެ ފަސް އަހަރަށް ފަހު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ބޮޑު އިއްތިހާދެއް އެކުލަވާލި އެވެ. ކެންޑިޑޭޓަކަށް ވެވަޑައިގެންނެވީ އޭރުގެ އިދިކޮޅުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙު އެވެ. އިއްތިހާދުގެ ތެރެއިން އިންތިޚާބީ ބައިވެރިޔާގެ މަޤާމު ޖެހުނީ ޖުމްހޫރީ ޕާޓީ އަށް ދޫކޮށްލާށެވެ. އެހެންކަމުން އޭރުގެ ރަނިންމޭޓަކީ ރައީސް ސާލިޙުގެ "ޗޮއިސް" އެއް ނޫނެވެ. ޖުމްހޫރީ ޕާޓީގެ ނިންމުމެކެވެ. ރައީސް ސާލިޙުގެ ރަނިންމޭޓަށް އޭރުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވެވެޑައިގެންނެވީ ވޯޓެއްގެ ފަރަގަކުންނެވެ. ރައީސް ސާލިޙާއި ފައިސަލް އެކުގައި ނުކުމެވަޑައިގެން، ޖަޒީރާވަންތަ ކެމްޕޭނަކަށްފަހު ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެއްވި އެވެ. ދެން އެއާއެކު އުފެދެނު އެއް ސުވާލަކީ، މިފަހަރުގެ ނާއިބު ރައީސް ހައްދަވާނީ ކިހިނެއްބާ އެވެ؟ ނުވަތަ މި ދައުރުގައި ކިތައް ނައިބު ރައީސުން ފެނިދާނެތޯ އެވެ؟

ރައީސް ޞާލިޙުގެ ފަސް އަހަރުގެ ދައުރު ނިމެން މަަދު ދުވަސްކޮޅަކަށް ވެފައިވާއިރު، މީގެ ފަސް އަހަރު ކުރިން ރައްޔިތުން ކުރިމަތިކުރުވި ސުވާލަށް މިހާރުގެ ނާއިބު ރައީސް ފައިސަލް ޖަވާބުދެއްވީ އަމަލުފުޅުންނެވެ. ވަފާތެރި ނާއިބު ރައީސެއްގެ ގޮތުގައި ދައުރު ހަމަކުރައްވަމުން ގޮސް، ނަމޫނާ ދެއްކެވި އެވެ. އެމަނިކުފާނާ ހަވާލު ކުރެއްވި މަސައްކަތުގައި ދެމިހުންނެވީ އެހެން މީހަކަށް ކުޑަ ޝައްކެއް ވެސް ނޫފެއްދޭނެހާ ތެދުވެރިކަމާއެކު އެވެ. އެކަމުގެ ހެތްކަކީ ރައީސް ޞާލިޙު ކުރެއްވި އޮޕަރޭޝަނެއްގައި ހޭފުޅު ނައްތަވަން ޖެހިވަޑައިގެންނެވުމުން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ނާއިބު ރައީސް ފައިސަލްއާ ހަވާލުކުރެއްވީ އެއްވެސް ޖެހިލުމެއް ނެތި އެވެ. ޚުދު ރައީސް ޞާލިޙު ވެސް އެމަނިކުފާނުގެ ނާއިބު ފައިސަލަށް ފުރިހަމަ އަށް އިތުބާރު ކުރައްވާތީ އެވެ.

ރައީސް ޞާލިޙު އަދި ނާއިބު ރައީސް ފައިސަލް 2018 ވަނަ އަހަރު އެކުގައި - އަވަސް

ރައީސް ޞާލިޙު މިހާރު އެ ހުންނެވީ ރިޔާސީ ދެ ވަނަ ދައުރެއް ހޯއްދެވުމަށް ނިކުމެވަޑައިގެންނެވެ. 2018ގައި އުފެދުނު ކޯލިޝަން ދެމެހެއްޓުމަށް ރައީސް މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް ނާއިބު ރައީސް ފައިސަލް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ރިޔާސީ ރޭހަށް ވަކިން ނުކުންނަން ނިންމީ، ރައީސްގެ ދައުވަތު ވެސް ލިބިފައި ވަނިކޮށެވެ. ޖުމްހޫރީ ޕާޓީން ވަކިން ނުކުންނަން ނިންމި ނަމަވެސް، އެ ޕާޓީގެ ކައުންސިލްގައި ވެސް އިންނަވާ ފައިސަލް ނިންމެވީ ރައިސް ޞާލިޙުގެ ފަހަތްފުޅުގައި ހުންނެވުމަށެވެ. ރައީސްގެ ކެމްޕެއިން ދަތުރުތަކުގައި ވެސް އަރިހުގައި ވަޑައިގަންނަވަ އެވެ. ރައީސަށް ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް ފައިސަލް ވެސް ހުންނެވީ "ކަމަރު" ބަނދެގެންނެވެ.

އެކަމުގެ ތެރެއިން އާންމުންނަށް އެންމެ ބޮޑަށް ފާހަގަވީ އާދިއްތަ ދުވަހު ރައީސް ޞާލިޙު ފުވައްމުލަކަށް ވަޑައިގެންނެވި ދަތުރެވެ. ރައީސް އަށް މަރުޙަބާ ދެންނެވުމަށް ފައިސަލް ވެސް އެމަނިކުފާނުގެ އަމިއްލަ ރަށް، ފުވައްމުލަކަށް ވަޑައިގެންނެވި އެވެ. ފުވައްމުލަކަށް ވަޑައިގެން އުމުރުން ދުވަސްވީ ބޭފުޅެއްގެ އަތުގައި ހިއްޕަވައިގެން ހުންނަވާ ފައިސަލް އެ ރަށު ރައްޔިތުންގެ ކިބައިގެން އެދިވަޑައިގެންނެވީ އެންމެ ކަމަކަށެވެ. އެއީ ރައީސް ޞާލިޙަށް ދެ ވަނަ ދައުރެއް ދެއްވުމަށް، އެ ރަށު ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިނުމަށެވެ. ފައިސަލް ވިދާޅުވީ، އެމަނިކުފާނުގެ ބަސްފުޅު ޤަބޫލުކުރާ ނަމަ އެއްބުރުން ރައީސް ޞާލިޙު ހޮއްވަވައި ދެއްވުމަށެވެ. އުފަން ރަށް ދެކެ ވެވަޑައިގަންނަވާ ލޯބި ހިއްސާ ކުރައްމުން އިތުރަށް ފައިސަލް ވިދާޅުވީ، އެމަނިކުފާނަށް ވީވަރަކުން އަމިއްލަފުޅު ގެކޮޅު ރަނގަޅު ފެންވަރަކަށް ހަދާފައި ހުރީ، އަމިއްލަ ރަށް ދޫކޮށްފައި ވަޑައިގަންނަވަން ބޭނުންފުޅުނުވާތީ ކަމަށެވެ.

ރައީސް ޞާލިޙު ފުވައްމުލަކަށް ވަޑައިގަތުމުން ނާއިބު ރައީސް ފައިސަލް މަރުޙަބާ ދަންނަަވަނީ - އެމްޑީޕީ

މިހާތަނަށް ރައީސް ޞާލިޙުގެ އިންތިޚާބީ ބައިވެރިޔެއް އެމަނިކުފާނު ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް، ސިޔާސީ ބޭފުޅުންނާއި ގިނަ އާންމު ރައްޔިތުން ދެކޭ ގޮތުގައި މިފަހަރު ވެސް ރައީސް ޞާލިޙަށް އެންމެ "ހެޔޮވަރު" ބައިވެރިޔަކީ ފައިސަލް އެވެ. އެހެންކަމުން ގިނަ މީހުން ބޭނުންވަނީ ވެސް ރައީސް ޞާލިޙުގެ އިންތިޚާބީ ބައިވެރިޔަކަށް ފައިސަލް ވުމެވެ. ޚާއްސަކޮށް ފުވައްމުލަކުގެ ރައްޔިތުން ބޭނުންވަނީ ވެސް އެގޮތްމެ އެވެ. އެކަން ރައީސް ޞާލިޙު ފުވައްމުލަކަށް ކުރެއްވި ދަތުރުޕުޅުގައި އެ ރަށުގެ ގިނަ ރައްޔިތުން ހާމަކޮށްފި އެވެ. އިޚުލާސްތެރިކަމާއި، ތެދުވެރިކަމާއި، ވަަފާތެރިކަން ކުރިއަށް ނެރުއްވި ފައިސަލް އަކީ ރައީސް ޞާލިޙުގެ "ވިނިން ފޯމިއުލާ" ކަމަށް ވެސް ދެކޭ މީހުން މަދެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
57%
0%
14%
14%
14%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް