Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދުނިޔެ ހޫނުވުން

ދުނިޔެ ހޫނުވުން ނިމިއްޖެ: "މިއީ ދުނިޔެ ކެކުމުގެ ޒަމާން"

29 ޖުލައި 2023 | ހޮނިހިރު 12:50

އޭނާ ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 29 ޖުލައި 2023 | ހޮނިހިރު 12:50
މިއީ ދުނިޔެ ކެކި އެރުމުގެ ޒަމާން ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވި

މިއީ ދުނިޔެ ކެކި އެރުމުގެ ޒަމާން ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވި

ދުނިޔެ ހޫނުވުމުގެ ވާހަކަ ދައްކާތާ އެތައް ޒަމާނެއްވެއްޖެއެވެ. ދުނިޔޭގެ ބޭރުގައި ލެވިފައި އޮތް އެޓްމޮސްފިއަރއޭ ކިޔުނު ފަށަލައިގެ ތެރޭގައި ކާބަންޑައިއޮކްސައިޑްގެ ވިހަ ގޭހުގެ މިންވަރު އިތުރުވެ، ދުނިޔެ ތެރޭގައި ހޫނު ބަންދުވެ، މުޅި ދުނިޔޭގެ ފިނިހޫނު މިން އުފުލިގެން ދާނެކަމުގެ ވާހަކަ، ސައެންސްގެ ލިޔެކިޔުންތަކަށް އަރަންފެށީ މީލާދީން 1896ށްފަހުއެވެ. ކާބަންޑައިއޮކްސައިޑް އިތުރުވުމާ ދުނިޔެ ހޫނުވުމާ ސީދާ ގުޅުމެއް ވާކަމަށް ޒަމާނީ ސައެންސްގެ ތެރެއިން ކަނޑައެޅީ 1938 ވަނަ އަހަރުއެވެ.

އޭގެ ފަހުން އަދާ ޖެހުނުއިރުވެސް ބައިނަލްއަގުވާމީ ޕޯޑިއަމްތަކުގައި ދުނިޔޭގެ ވެއްޓާ ބެހޭގޮތުން އެންމެ ގަދައަށް ދެކެވޭ ވާހަކައަކަށް ވެފައި އޮތީ ދުނިޔެ ހޫނުވުމުގެ މައްސަލައިގެ ވާހަކައެވެ. ދުނިޔެ ހޫނުވަމުންދާ ދިއުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން މަސައްކަތްކުރުމަށް ގޮވާލާ އަޑުފަށްގަނޑުން މާލަންތައް ގުގުމައެވެ. އެއްބަޔަކު އަނެއް ބަޔަކަށް އަމާޒުކުރާ އިލްޒާމުތަކުން ޒުވާބުގެ ކޯޅުންގަނޑު ގަދަވެދެއެވެ. ނަމަވެސް، ނުލިބި އޮތީ ހައްލެކެވެ.

މި ގޮތުގައި ދުވަސްތައް ފާއިތުވެގެން ދަނީއެވެ. ޖުލައި 27 ވީ ބުރާސްފަތި ދުވަހަކީ، ދުނިޔެ ހޫނުވުމުގެ މައްސަލައާ ގުޅިގެން އެތައް ބައެއްގެ ސަމާލުކަން ދަމައިގަންނަފަދަ ވާހަކައެއް އަޑުއިވުނު ދުވަހެކެވެ. ދުނިޔެ ހޫނުވުމުގެ ޒަމާން ނިމިއްޖެ ކަމަށާއި މިއީ ދުނިޔެ ކެކިއެރުމުގެ ޒަމާން ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވިއެވެ. ގުޓަރޭޒް މިހެން ވިދާޅުވީ، ނިމިގެން މި ދާ ޖުލައި މަހަކީ ދުނިޔޭގެ ތާރީޚު ދުށް އެންމެ ހޫނުގަދަ މަސް ކަމަށް ސައެންސްވެރިން ބުނުމާއެކުއެވެ.

ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ގުޓަރޭޒް ވިދާޅުވީ، މޫސުމީ ނޭދެވޭ ބަދަލުތަކޭ ކިޔައިގެން ދެއްކި ވާހަކަތަކުގައި ބުނި ޒަމާނަކީ އަދު މި ދެކޭ ޒަމާން ކަމަށާއި، މިއީ އަދި ފެށުމެއް ކަމަށެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށްޓަކައި ހަލުއި ދުވެލީގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން، އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. އިގްތިސާދީގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ އިއްތިހާދު (ޖީ20)ގެ މެންބަރު ގައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދަށްކުރުމަށް އާ އަޒުމުތަކެއް ކަނޑައެޅުމަށްވެސް ގުޓަރޭޒް ވަނީ އެ ގައުމުތަކަށް ގޮވާލައްވާފައެވެ.

ދުނިޔޭގެ މޫސުމާބެހޭ އިދާރާގެ ޑައިރެކްޓަރ އޮފް ކްލައިމެޓް ސަރވިސަސް، ކްރިސް ހެވިޓް ދެއްވި އިންޒާރަކީވެސް ވަރުގަދަ އިންޒާރެކެވެ. ހެވިޓް ވިދާޅުވިގޮތުގައި، ރެކޯޑް ކުރެވިފައިވާ ތާރީޚު ދެކޭނެ އެންމެ ހޫނުގަދަ އަހަރު، ކުރިއަށް އޮތް 5 އަހަރެއްހާ ދުވަހުގެ ތެރޭގައި ބައްދަލުކުރުން އެކަށީގެންވެއެވެ.

އެކި ކަހަލަ އާލާތްތައް ބޭނުންކޮށްގެން ދުނިޔޭގެ ފިނިހޫނުމިން ރެކޯޑް ކުރަމުންދާތާ 173 އަހަރު ވަނީ ވެފައެވެ. 2 ގަރުނު ވުމާ ގާތްވެފައިވާ އެ ދިގު ތާރީޚަށް ބަލާއިރު، 2015 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ހޭދަވި 8 އަހަރު ދުވަހަކީ ދުނިޔޭގެ ފިނިހޫނުމިން އެންމެ މަތިން ރެކޯޑް ކުރި 8 އަހަރު ކަމަށް، ދުނިޔޭގެ މޫސުމާބެހޭ އިދާރާގެ ސްޓޭޓް އޮފް ދަ ކްލައިމެޓް ރިޕޯޓް 2022ގައި ވަނީ ބަޔާންކޮށްފައެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟
07 ޖޫން 2017

މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް

07 ޖޫން 2017
މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް
03 ޖޫން 2017

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!
02 ޖޫން 2017

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް
13 މެއި 2017

"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

13 މެއި 2017
"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
22 މާރިޗު 2017

އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

22 މާރިޗު 2017
އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް