Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލުއި ޚަބަރު

ރާޒުވާއަށް އާ ރޫހެއް ގެނެސްދިނީ އުމުރުން އެންމެ 8 އަހަރުގެ އައިވީ!

ނައިޖީރިއާގެ އެތައް މިލިއަން ކުދިންނަކީ ސްކޫލް ވެއްޓާއި ތައުލީމާ ދުރުގައި އުޅެ ބޮޑުވަމުން އަންނަ ބައެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 29 ޖުލައި 2023 | ހޮނިހިރު 10:41
އައިވީ، ކުދިންތަކާއެކު ރާޒުވާ ކުޅެނީ

އައިވީ، ކުދިންތަކާއެކު ރާޒުވާ ކުޅެނީ

ނައިޖީރިއާގެ ވެރިކަން ކުރާ އަބޫޖާގެ ބޭރުގައި އޮންނަ، ރަށްފުށުގެ ހަލަބޮލި އަވަށެއް ކަމަށްވާ ކުބްވާގައި، އެންމެ އިހުގެ ރާޒުވާ ގޮނޑިއެއް ހިފައިގެން އެ އިނީ އުމުރުން އެންމެ 8 އަހަރުގެ އައިވީ އުރިއެޓޯއެވެ. އެ ރާޒުވާ ގޮނޑިއަކީ 'ބަދަލަކަށް' އޭނާ ބޭނުންކުރާ ހަތިޔާރެވެ. ބާރުވެރިކަން ހޯދުމަށް އޭނާ ބޭނުންކުރާ އުކުޅަކީ ރާޒުވާ ކުޅުމުގެ ހުނަރެވެ.

ދޭސީ އަދި އޮންލައިން ޕްލެޓްފޯމްތަކުގައި ކުރިއަށްގެންދާ ރާޒުވާ މުބާރާތްތައް ފަތަހަކުރުމުގައި އައިވީ ދެމިހުރުމުގެ އެންމެ ބޮޑު އެއް ސިއްރަކީ އޭނާއަށް ލިބިފައިވާ އާދަޔާ ޚިލާފު ތޫނުފިލިކަމާއި، ނުގުޑާފަދަ ވަރުގަދަ އަޒުމެވެ. އައިވީ މިހާރު ކުރަމުން ދާ އުއްމީދަކީ، އުމުރުން 15 ފުރޭއިރު ރާޒުވާ ގްރޭންޑްމާސްޓަރ އަކަށް ވުމަށް ކުރަމުންދާ ފޮނި އުއްމީދެވެ.

ނައިޖީރިއާގެ އެތައް މިލިއަން ކުދިންނަކީ ސްކޫލު ވެއްޓާއި ތައުލީމާ ދުރުގައި އުޅެ ބޮޑުވަމުން އަންނަ ބަޔަކަށް ވާއިރު، ރާޒުވާގެ ރޮނގުން އޭނާއަށް ލިބިފައި ހުރި މައުލޫމާތެއް، ނައިޖީރިއާގެ އެހެން ކުދިންނާ ހިއްސާކުރުމަކީ، ޖިނާއީ ކުށުގެ ވެށިން ކުދި ބަޔަކު ސަލާމަތްކޮށްދޭނެ ކަމެއް ކަމަށްވެސް އައިވީ ގަބޫލުކުރެއެވެ.

ރާޒުވާގެ ދުނިޔެއަށް އައިވީ ނެރެދިނީ އޭނާގެ ބައްޕަ، ކްލެމެންޓް އުރިއެޓޯއެވެ. އޭރު އައިވީގެ އުމުރުން ވާނީ އެންމެ 4 އަހަރެވެ. ދެބަފައިންގެ ހިތުގައި ރާޒުވާއަށް އޮތް ލޯބި ވަރުގަދަވަމުން ދިޔަ ވަރަކަށް އެ ދެބަފައިންގެ މެދުގައި އޮތް ލޯބީގެ ބާރުވެސް ދިޔައީ ގަދަވަމުންނެވެ. ގުޅުން ދިޔައީ އިތުރަށް ބަދަހިވަމުންނެވެ.

އައިވީ ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އޭނާއަށް ވަނީ، އެމެރިކާގައި މަރުކަޒު ކޮށްގެން ހިންގާ 'ދަ ގިފްޓް އޮފް ޗެސް' ފައުންޑޭޝަންގެ އެމްބެސެޑަރުކަންވެސް ދީފައެވެ.

ރާޒުވާ ކުރިއެރުވުމަށް އައިވީ ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މިހާރުވެސް ވަނީ ފެންނަން ފަށާފައެވެ. ނައިޖީރިއާގެ ސަރަހައްދީ ސްކޫލްތަކުގައި ހިންގާ ރާޒުވާ ކުލަބުތަކަށް، އައިވީގެ ސަބަބުން ވަނީ އާ ދިރުމެއް ލިބެން ފަށާފައެވެ. ކުދިންގެ މެދުގައި ރާޒުވާއަށް އޮންނަ ޝައުގުވެރިކަން އިތުރުވެ، އެކަމުގައި ބައިވެރިވާ ކުދިންގެ އަދަދުވެސް ދަނީ އިތުރުވަމުންކަން، ސްކޫލް ޓީޗަރެއް ކަމަށްވާ އުޒޯމަކާ އުޒޯކޫ ވަނީ ފާހަގަކުރައްވާފައެވެ.  

ސްކޫލުގެ މަސައްކަތްތައް ބަރާބަރަށް ފުރިހަމަ ކުރަމުން، ރާޒުވާއަށް ވަގުތު ހުސްކުރުމުގެ ކަންކަން ކުރަނީ ވަރަށްވެސް ހަމަހަމަ އުސޫލަކުން ކަމަށް އައިވީ ބުނެއެވެ. ކިތަންމެ ބުރަ ވިއަސް، އޭނާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އައިވީ ދަނީ ދިމާވާ ކޮންމެ ގޮންޖެހުމެއް، ސާބިތުކަމާއެކު ހުރަސްކުރަމުންނެވެ.

އައިވީއަކީ ހަމައެކަނި އޭނާފަދަ ކުދިންނަށް ހުރި މިސާލެއް ނޫނެވެ. އައިވީގެ ސަބަބުން، ޒުވާން މައިންބަފައިންނަށް ވެސް ހިތްވަރު ލިބެއެވެ. އެމީހުންގެ ދަރިންގެ ކިބައިގައި ހުރި އާދަޔާޚިލާފު ހުނަރުތައް ދެނެގަނެ، އެ ރޮނގުތަކުން ދަރިން ކުރިއަށް ނެރުމަށް މައިންބަފައިންނަށް ލިބޭ ހިތްވަރަކަށް އައިވީ މިއަދު ވަނީ ވެފައެވެ.

ބައިނަލްއަގުވާމީ ރާޒުވާ ފެޑަރޭޝަންގެ ރޭޓިންގއަށް ބަލާއިރު، މުޅި ދުނިޔޭގެ ނިސްބަތުން ނައިޖީރިއާ އޮތީ 88  ވަނާގައެވެ.

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

09 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި
06 ޖުލައި 2017

16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި

06 ޖުލައި 2017
16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި
07 ޖޫން 2017

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ
04 މެއި 2017

"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

04 މެއި 2017
"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި
02 މެއި 2017

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

02 މެއި 2017
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ
27 އެޕްރީލު 2017

ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

27 އެޕްރީލު 2017
ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ
01 އެޕްރީލު 2017

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

01 އެޕްރީލު 2017
އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!
08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
07 ފެބުރުއަރީ 2017

އަނުޝްކާ އަކީ "ފިއްލޯރީ" ގައި ރޫހެއް

07 ފެބުރުއަރީ 2017
އަނުޝްކާ އަކީ "ފިއްލޯރީ" ގައި ރޫހެއް
13 ޖެނުއަރީ 2017

އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި

13 ޖެނުއަރީ 2017
އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު