Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޗެސްގެ އައު ރިކޯޑެއް ހެދުން

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

20 އެޕްރީލު 2024 | ހޮނިހިރު 08:28

އޭނާގެ މިސާލަކީ "ގަދަ" މީހަކު ހަމަ ކޮންމެ ތަނަކުން ވެސް އުފަން ވެދާނެ ކަމުގެ މިސާލުކަމަށް ސަޕޯޓަރުން ބުނެފައި ވެއެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 20 އެޕްރީލު 2024 | ހޮނިހިރު 08:28
 ނައިޖީރިޔާގެ ޗެސް މާސްޓަރ ޓުންޑޭ އޮނަކޯޔާ ޗެސް ކުޅެނީ

ނައިޖީރިޔާގެ ޗެސް މާސްޓަރ ޓުންޑޭ އޮނަކޯޔާ ޗެސް ކުޅެނީ

ނައިޖީރިޔާގެ ޗެސް މާސްޓަރ ޓުންޑޭ އޮނަކޯޔާ ޗެސް ކުޅުމުން ދުނިޔޭގެ އައު ރެކޯޑެއް ގާއިމް ކޮށްފިއެވެ. ނިއުޔޯކްގެ ޓައިމްސް ސްކޮޔާގައި ބޭއްވުނު ޗެސް މެރަތަން އެއްގައި އޭނާވަނީ ހުއްޓުމެއްނެތި 58 ގަޑިއިރު ޗެސްކުޅުން ކުރިޔަށް ގެންގޮސްފައެވެ. ދުނިޔޭގެ މިހާރުގެ ރިކޯޑްއަކީ 56 ގަޑިއިރެވެ.

ޓުންޑޭ ބުނެފައިވާ ގޮތުގައި މިކަމުން ލިބުނު ޑޮނޭޝަން އޭނާ ބޭނުން ކުރާނީ ނައިޖީރިޔާގެ ފަގީރު ކުދިންގެ ތައުލީމަށް އެހީވެދީ ޗެސް ކިޔަވާދިނުމަށް ޚަރަދު ކުރުމަށެވެ. ހަޔާތުގައި ކާމިޔާބް މީހަކަށް ވުމަށް އޭނާއަށް ލިބުނު ފުރުސަތު، އޭނާފަދަ އެހެން ފަގީރު ކުދިންނަށް ހޯދާ ދިނުމަށެވެ.

މެރަތަން ކުރިޔަށް ދިޔައިރު ނިއުޔޯކްގައި ދިރިއުޅޭ ނަޖީރިޔާގެ އެތައްސަތޭކަ މީހުންގެ އިތުރުން ޗެސް އަށް ޝައުގުވެރިކަން ހުންނަ މީހުން އެތަނަށް އެއްވެ ވަނީ ޓުންޑޭ އަށް ހިއްވަރު ދިނުމުގެ ގޮތުން އެކިއެކި ކަންތައް ކުރިޔަށް ގެންގޮސްފައެވެ. އަދި މެރަތަންގެ ވީޑިއޯ "ޓްވިޗް"ގައި ސްޓްރީމް ކުރަމުން ދިޔައިރު ނައިޖީރިޔާގައިވެސް އެތައްމިލިއަން މީހުން ދިޔައީ މެޗްތައް ބަލަމުންނެވެ. ސަޕޯޓަރުންގެ މެސެޖް ތަކުން ވެބް ސްޓްރީމް ފުރާލާފައިވާއިރު އެންމެންވެސް ވަނީ އޭނާގެ ހިއްވަރާ ކެރުން އަދި އަޒުމް ވަރުގަދަ ކަން ފާހަގަކޮށް އެކަމަށް ތައުރިފް ކޮށްފައެވެ.

ނައިޖީރިޔާގެ ނައިބް ރައީސް ކާސިމް ޝެއްޓިމާ އަދި ސްޓޭޓް ގަވަނަރ ފަދަ ބޭފުޅުންވެސް ވަނީ އޭނާޔަށް ތައުރީފް ކުރައްވާ އެކްސްގައި ޕޯސްޓް ކުރައްވާފައެވެ. އަދި އޭނާގެ މިސާލަކީ "ގަދަ" މީހަކު ހަމަ ކޮންމެ ތަނަކުން ވެސް އުފަން ވެދާނެ ކަމުގެ މިސާލުކަމަށް ވިދާޅުވެފައި ވެއެވެ.

އުމުރުން 29 އަހަރުގެ ޓުންޑޭ އޮނަކޯޔާ އުފަންވެފައިވަނީ ނައިޖީރިޔާގެ އެންމެ ފަގީރު ހިސާބު ކަމަށްވާ "ފްލޯޓިންގ ސްލަމްސް" ގައެވެ. ފަގީރު ކަމުގެ ސަބަބުން ވަކިހަމަޔަކުން ތައުލީމީ ހަޔާތާ ވަކިވާން ޖެހުނު އޮނަކޯޔާ ވަނީ 3 އަހަރު ސްކޫލް އަށް ނުގޮސް ހޭދަކޮށްފައެވެ. އެނާބުނި ގޮތުގައި އެދުވަސް ތަކަކީ އޭނާގެ ހަޔާތަށް ބޮޑެތި ބަދަލު ތަކެއް ގެނުވި ދުވަސް ތަކެކެވެ. ބޯކޮށާ ތަނަކުން ޗެސް ބޯޑެއް ފެނުނު ހަމައިން އޭނާގެ ސިކުޑިއާ ވިސްނުން މުޅިން އެދިމާލަށް ހުސްކޮށްލެވުނު ކަމަށް އޭނާ ބުނެފައި ވެއެވެ. އެހިސާބުން ޗެސްކުޅުމުގައި އޭނާ ކުރިއަރައިގެން ގޮސް، ޗެސް އަށް މޮޅުކަމުން އޭނާއަށް ކިޔެވުން ފުރިހަމަ ކުރުމަށް ސްކޮލަރ ޝިޕް ތައް ލިބުނެވެ. އެދުވަސް ތަކުގައިވެސް އޭނާ ގެންދިޔައީ ފަގީރު މުޖްތަމައު ތަކުގެ ކުދިންނަށް ޗެސް ކިޔަވާދީ އަދި އެކުދިންގެ ތައުލީމަށް އެހީތެރި ވަމުންނެވެ. އެންމެ ފަހުން މީގެ ފަސްއަހަރު ކުރިން ގިނިސް ވަރލް ޑް ރެކޯޑް ފޮތަށް އެރުމަށް ގަސްތުކޮށް އޭނާ މަސައްކަތް ފެށިއެވެ.

ގިނިސް ރިކޯޑް މިހާރު އޮންނަނީ ނޯވޭގެ ދެމީހުންގެ އަތުގައެވެ. އެއީ 56 ގަޑިއިރާ 9 މިނިޓް 37 ސިކުންތެވެ.   

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 މެއި 2017

"102ނޮޓް އައުޓް" ގެ ފަސްޓް ލުކް ދައްކާލައިފި

21 މެއި 2017
"102ނޮޓް އައުޓް" ގެ ފަސްޓް ލުކް ދައްކާލައިފި
18 މެއި 2017

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

18 މެއި 2017
ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި
12 މެއި 2017

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

12 މެއި 2017
ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ
28 އެޕްރީލު 2017

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

28 އެޕްރީލު 2017
ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި
24 އެޕްރީލު 2017

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ
16 މާރިޗު 2017

ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

16 މާރިޗު 2017
ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ
05 މާރިޗު 2017

ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

05 މާރިޗު 2017
ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި
01 މާރިޗު 2017

ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް

01 މާރިޗު 2017
ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް
25 ފެބުރުއަރީ 2017

ސްކްރިޕްޓްގެ މައްސަލަގައި ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ޒަރީރަށް ރަވީ ގޮވާލައިފި

25 ފެބުރުއަރީ 2017
ސްކްރިޕްޓްގެ މައްސަލަގައި ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ޒަރީރަށް ރަވީ ގޮވާލައިފި
08 ޖެނުއަރީ 2017

"ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ

08 ޖެނުއަރީ 2017
 "ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް