Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތަށް ޚިދުމަތް ކުރެއްވުމުގައި ބައިގަރުނު

ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި ބައިގަރުނު، ރައީސްގެ ޚާއްސަ ޝުކުރު

އައިމިނަތު ވަހީދާ އެދައްކަވަނީ މިއަދު ޚިދުމަތުގައި ދެމިތިއްބެވި އަންހެން ބޭފުޅުންނަށް ވަރަށް ރީތި މިސާލެއް

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖުލައި 2023 | ހޮނިހިރު 06:54
ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި ބައިގަރުނު ޚިދުމަތް ކުރެއްވި ބޭފުޅަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވަނީ

ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި ބައިގަރުނު ޚިދުމަތް ކުރެއްވި ބޭފުޅަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވަނީ

ދިވެހި ދައުލަތަށް ބައިގަރުނަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އަންހެން ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ގޮތުން ހޮނިހިރު ދުވަހު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޞާލިހު ވިދާޅުވީ ދައުލަތަށް ބައިގަރުނަށްވުރެ ގިނަ ދުވަހު 3 ބޭފުޅަކު ޚިދުމަތް ކުރައްވާފައިވާ ކަމަށާއި، އެ ތިން ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އަންހެން ބޭފުޅެއް ކަމަށެވެ. އެއީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ބްލަޑްބޭންކްގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހެންވޭރު، މާހާ، އައިމަނަތު ވަހީދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އައިމިނަތު ވަހީދާ ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 52 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ އައިމިނަތު ވަހީދާ އެދައްކަވަނީ މިއަދު ޚިދުމަތުގައި ދެމިތިއްބެވި އަންހެން ބޭފުޅުންނަށް ވަރަށް ރީތި މިސާލެއް ކަމަށެވެ. އަދި މިހާރު ވެސް ޚިދުމަތުގައި ހުންނެވިއިރު، އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ނަރުހެއްގެ ގޮތުގައެވެ.

51 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅާއަށް އިޝާރާތްކުރައްވައި ރައީސް ޞާލިހު ވިދާޅުވީ އެއީ ރ.އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މަގާމު ފުރުއްވާފައިވާ ރ.އަނގޮޅިތީމު، ފެހިވިލާގޭ އަހުމަދު ރަޝީދު ކަމަށެވެ. އަދި 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ތިންވަނަ ބޭފުޅަކީ ލެފްޓިނެންޓް ރިޓަޔާޑް ގަލޮޅު ފަސާނާ، އަހުމަދު މަނިކު ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ އިތުރު އަންހެން ބޭފުޅެއް ބައިގަރުނާ ވަރަށް ކައިރި ކުރާ މުއްދަތަށް ދައުލަތަށް ޚިދުމަތް ކުރެއްވި ކަމަށެވެ. އެއީ 49 އަހަރާއި 11 މަހާއި 12 ދުވަހު ޚިދުމަތް ކުރެއްވި ހެންވޭރު ލައިލަކްހައުސް ޒަހީރާ އަހުމަދެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް، ސަރުކާރުގެ ފަރާތުން އިނާމު ދޭން ފެށީ، 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، 309 ބޭފުޅަކަށް މި އިނާމު އަރުވާފައިވެއެވެ. އަދި ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި، 148 ބޭފުޅަކަށް އިނާމު އަރުވާފައިވާއިރު މިހާތަނަށް މުޅި ޖުމްލަ 457 ބޭފުޅަކަށް މި އިނާމު އަރުވާފައިވެއެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު