Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤައުމީ ޚިދުމަތުގެ އިނާމު

ރައީސް ޒުވާނުންނަށް: ދައުލަތަށް ޚިދުމަތް ކޮށްދެއްވުމަކީ އުފަލަކަށް ހައްދަވާ

މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 309 ބޭފުޅަކަށް މި އިނާމު އެރުވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖުލައި 2023 | ހޮނިހިރު 05:18
ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބޭއްވި ރަސްމީ ޖަލްސ

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބޭއްވި ރަސްމީ ޖަލްސ

ދައުލަތަށް ޚިދުމަތް ކުރެއްވުމަކީ އުފަލަަކަށް ހެެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ދިވެހި ޒުވާނުންނަށް ގޮވާލައްވައިފިއެވެ.

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ދުވަހުގެ އުފާވެރި އިފްތިޙާލުގެ ތެރެއިން މި ޖަލްސާ ބޭއްވުމަކީ ލިބިގެންދާ އުފާފުޅެއް ކަމަށެވެ.

Advertisement - newsAdvertisement

2023 ވަނަ އަހަރު ނުހިމަނައި ހަމަ އެކަނި މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 309 ބޭފުޅަކަށް މި އިނާމު އެރުވިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ދައުލަަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަކީ ނުހަނު މުހިންމުކަމެއް ކަމަށެވެ. އެބޭފުޅުން ކުރައްވާފައިވަނީ ބުރަދަން ހުރި، އިހުލާސްތެރި މަސައްކަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިއަހަރު އިނާމު ލިބޭ ފަރާތްތަކުގެ ތެރެއިން ދައުލަތަށް ބައި ޤަރުނަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނާއި، އިތުރު ޚިދުމަތްތެރިންގެ ނަން ފާހަގަ ކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޤައުމީ ޚިދުމަތަށް ހަޔާތުގެ ބޮޑު ބައެއް އެ ފަރާތްތަކުން ހުސް ކުރައްވާފައިވާ ކަމަށެވެ. ރައީސް ވަނީ އެ ހުރިހާ ބޭފުޅުންނަށް ތަހުނިިޔާ ވިދާޅުވެފައެވެ.

އޭގެ އިތުރުން، އެއް މުއައްސަސާއެއްގެ 26 ބޭފުޅަކަށް މިފަހަރު މި އިނާމު ލިބޭކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެެއީ މިފްކޯގައި މަސައްކަތް ކުރައްވާ ފަރާތްތަކެކެވެ.

ރައީސް ވަނީ ޤައުމީ އިނާމާ ބެހޭ ކޮމިޓީން ކުރި ބުރަ މަސައްކަތްތައް ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، އިނާމު ލިބިލެއްވި ބޭފުޅުންނަކީ ރާއްޖޭގެ ޤައުމީ ތަރައްޤީގައި އިސް ރޯލެއް އަދާ ކުރެއްވި ފަރާތްތަކެއް ކަމަށެވެ. އެގޮތުން އެ ހުރިހާ ބޭފުޅުންވެސް ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމާއި އިހުލާސްތެރިކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

އެބޭފުޅުން އުފުއްލެވި ބުރަ މިއަދުގެ ޒުވާނުންނަށް ތަސައްވުރު ނުކުރެވިދާނެކަން ފާހަގަ ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، އެއީ މިޒަމާނު ފަދަ ޑިޖިޓަލް ޚިދުމަތްތައް އޮންނަ ޒަމާނެއް ނޫން ކަމަށެވެ.

އެހެންނަމަވެސް، އޭރުވެސް ދުވަހުން ދުވަަހަށް ނިންމަންޖެހޭ މަސައްކަތްތައް ބަރާބަރަށް ނިންމަވައި، އެތައް އަހަރެއް ޚިދުމަތުގައި ހޭދަ ކުރައްވާފައިވުމަކީ އަގުވަޒަން ކުރަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޒުވާނުންވެސް އެ ކަންކަމުން އިބުރަތް ލިބިގަންނަންޖެހޭކަން ފާހަގަ ކުރައްވައި ރައީސް ވަނީ ދައުލަތަށް ޚިދުމަތް ކޮށްދެއްވުމަކީ އުފަލަކަށް ހެދުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ.

އޭގެ އިތުރުން، ތަރައްޤީގެ މަގުގައި މިއަދު ތިބި ހިސާބަށް އާދެވިފައިވަނީ އެތައް ޚިދުމަތްތެރިންނެއްގެ ބުރަ މަސައްކަތުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު