Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިވަން އުފާ ކާނިވާ

ރޯގާއާއި ގުޅިގެން މިނިވަން އުފާ ކާނިވާ ފަސްކޮށް ހަވާއެރުވުން ވެސް ފަސްކޮށްފި

ކާނިވާ ފަހުން ބާއްވާނެކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޖުލައި 2023 | ހުކުރު 13:47
މިނިވަން އުފާ ކާނިވަލުގައި ފުޅަނދުތައް ދައްކާލުމަށް ހަމަޖެހިފައިވޭ

މިނިވަން އުފާ ކާނިވަލުގައި ފުޅަނދުތައް ދައްކާލުމަށް ހަމަޖެހިފައިވޭ

ރޯގާ ފެތުރެމުންދާތީ މިނިވަން އުފާ ކާނިވާ ފަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މިހާރު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތީން މިނިވަން އުފާ ކާނިވާ ހުޅުވުން ފަސްކުރެވިފައިވާ ކަމަށެވެ. އަދި ކާނިވާ ހުޅުވާނެ ތާރީޚެއް ފަހުން އިއުލާން ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މިރޭ މި ކާނިވަލުގެ ތެރެއިން ހަވާއެރުވުމަށް ނިންމި ނަމަވެސް، މިހާރު އެކަން ވެސް ވަނީ ފަސްކޮށްފައެވެ. އެމްއެންޑީއެފުން ބުނީ ހަވާ އެރުވުން އެހެން ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަރބަންކޯ އިން ވެސް ވަނީ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތީން މިނިވަން އުފާ ކާނިވާ ހުޅުވުން ފަސްކުރެވިފައިވާ ކަން އަންގާފައެވެ.

ކާނިވާ ފަސްކުރުމާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރަށް ހިންގުމާ ހޮޑުލުން އިތުރުވަމުންދާތީ އެޗްޕީއޭގެ ލަފާގެމަތިން، މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ރާވާފައި އޮތް ކާނިވަލް ހުޅުވުން ފަހުގެ ތާރީޚަކަށް ފަސްކޮށްފި ކަމަށެވެ. އަދި މިހާލަތުގައި ހުރިހާ ބޭފުޅުންވެސް އެޗްޕީއޭ އާއި ސިއްހީ މާހިރުންގެ އިރުޝާދަށް ތަބާވުމަށް އެދި ވަޑައިގެންފައިވެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު