Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަޅުރަށް ދޫކުރުން

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުމަށް ނޫން ކަންކަމަށް ދޫކުރާ ފަޅުރަށް ޤަވާއިދާ ޚިލާފަށް ވިއްކައިފިނަމަ، މިލިއަން ރުފިޔާގެ ޖޫރިމަނާ

މުއްދަތު އިތުރުކުރާއިރު، އެ ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް އެއްބަސްވެފައިވާ ޝެޑިއުލާ އެއްގޮތަށް ކުރޭތޯ ބަލާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖުލައި 2023 | ބުދަ 09:37
ފަޅު ރަށް

ފަޅު ރަށް

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން ރަށް ދޫކުރެވޭނީ 21 އަހަރަށް ކަމަށް އެ ޤަވާއިދުގައި ބުނެފިއެވެ.

މި ގަވާއިދަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ނުވަތަ އިންޑަސްޓްރިއަލް ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

Advertisement - newsAdvertisement

މި ގަވާއިދު ހިނގާނީ ޤާނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށާއި، އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ދޫކުރެވޭ ފަޅުރަށްރަށާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް ނޫން ދާއިރާތަކުން ދޫކުރާ ރަށްރަށުގެ މައްޗަށެވެ.

މި ގަވާއިދުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ދޫކުރާ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސި ލުގެ އިޚްތިޞާޞްގައި ނުހިމެނޭ ފަޅުރަށްރަށް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާއެވެ.

އޭގެ އިތުރުން، އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށްރަށް ދޫކުރާނީ މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ.

މި ގަވާއިދުގެ ދަށުން ފަޅުރަށްރަށް ދޫކުރާނީ މީލާދީ 21 އަހަރުގެ މުއްދަތަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެއަށް ވުރެން ކުރު މުއްދަތަކަށް ދޫކުރުމުގެ އިޚުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

ޤަވާއިދުގައި ބުނެފައިވަނީ މުއްދަތު އިތުރު ކުރުމަށް ބޭނުންވާނަމަ، މުއްދަތު ހަމަވުމުގެ 12 މަސް ދުވަހާއި 24 މަސް ދުވަހުގެ ތެރޭގައި ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ދޫކުރެވިފައިވާ މުއްދަތު ޖުމުލަ 50 އަހަރުދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން މުއްދަތު އިތުރުކުރުމުގެ އިޚުތިޔާރު  ފަޅު ރަށް ދޫކުރާ ފަރާތަށް ލިބިގެންވާ ކަމަށެވެ.

އެހެންނަމަވެސް މުއްދަތު އިތުރުކުރާއިރު، އެ ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް އެއްބަސްވެފައިވާ ޝެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުމާއި، އަދި މިގޮތުން މަސައްކަތުގެ މަދުވެގެން 75 އިންސައްތަ ފުރިހަމަ ކޮށްފައިވޭތޯ ބަލަން ޖެހެއެވެ.

އޭގެ އިތުރުން، ޤާނޫނުގައި ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ޚިލާފަށް ފަޅުރަށް ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ރަށް ނުވަތަ ރަށުން ބައެއް ބޭނުންކޮށްފިކަމުގައި ވާނަމަ، އެއްބަސްވުމުގައި އެކަމުގައި ކަނޑައަޅައިފައިވާ ފިޔަވަޅުގެ އިތުރުން އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

އޭގެ އިތުރުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އިންވެސްޓްމަންޓް ވިއްކައިލައިފިނަމަ ނުވަތަ ދެވަނަ ފަރާތަކަށް ދޫކޮށްފިނަމަވެސް  އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު