Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑެންމާކްގައި ޚަތިމުގައި ރޯކުރުން

ޑެންމާކުގައި އަނެއްކާވެސް ޚަތިމުގައި ރޯކުރުމުގެ ހާދިސާތަކެއް

މިދިޔަ މަހު ސްވިޑްންގައިވެސް ވަނީ މިފަދަ ދެ ކަމެއް ހިނގާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 25 ޖުލައި 2023 | އަންގާރަ 16:01
ޑެންމާކުގައި ޚަތިމު އަންދަމުންދާތީ އެކަމާ ދެކޮޅަށް ޔަމަނުގައި ކުރި މުޒާހަރާގެ ތެރެއިން

ޑެންމާކުގައި ޚަތިމު އަންދަމުންދާތީ އެކަމާ ދެކޮޅަށް ޔަމަނުގައި ކުރި މުޒާހަރާގެ ތެރެއިން

ޑެންމާކުގައި އިސްލާމްދީނާ ދެކޮޅަށް އަޑު އުފުލަމުންދިޔަ އެކްޓިވިސްޓުންތަކެއް ވަނީ މިހަފުތާގައި، އެގައުމުގައި ހުންނަ އިރާގު، ތުރުކީ އަދި މިސްރުގެ އެމްބަސީތައް ކުރިމަތީގައި އަޑުގަދަކޮށް، އިސްލާމްދީނަށް ފުރައްސާރަކޮށް، ޚަތިމުގައި ރޯކޮށްފައެވެ.

މިހަފުތާގައި ޑެންމާކުގައި މި އަމަލުތައް އިތުރުވެގެން ގޮސްފައި މިވަނީ، ސްވިޑްން އަދި ޑެންމާކްގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ޚަތިމުގައި ރޯކުރަމުންދާތީ މުސްލިމު ގިނަ ގައުމުތަކަކުން އެކަންތައް ކުށްވެރިކޮށް ރުޅިގަދަވެފައި ވަނިކޮށެވެ.

މިހަފުތާގެ ހޯމަ ދުވަހު، ދެމީހަކު ވެގެން ކޯޕަންހޭގަންގައި ހުރި އިރާގުގެ އެމްބަސީ ކުރިމަތީގައި ޚަތިމުގައި ރޯކޮށްފައިވާއިރު، އަންގާރަ ދުވަހު މިމީހުން ވަނީ އެގައުމުގައި ހުންނަ ތުރުކީ އަދި މިސްރުގެ އެމްބަސީ ކުރިމަތީގައިވެސް މިކަން ކޮށްފައެވެ.

މިދިޔަ މަހު ސްވިޑްންގައިވެސް ވަނީ މިފަދަ ދެކަމެއް ހިނގާފައެވެ.

ޑެންމާކާއި ސްވިޑްންއިން ވަނީ ގުރުއާން އަންދަމުންދާތީ ހިތާމަކުރާ ކަމަށާއި، ނަމަވެސް ވާހަކަ ދެއްކުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކުރާ އުސޫލުތަކުގެ ދަށުން އެކަން ހުއްޓުވޭކަށް ނެތް ކަމަށް ބުނެފައެވެ.

މިކަމާގުޅިގެން ނުރުހުން ފާޅުކޮށް، އިރާގުގައި ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ ބައިވެރިން ވަނީ، އެގައުމުގައި ހުންނަ ސްވިޑްންގެ އެމްބަސީއަށް ހަމަލާދީ އެތަނުގައި ރޯކޮށްފައެވެ.

ހޯމަ ދުވަހު އިރާގުގެ ފޮރިން މިނިސްޓްރީން ވަނީ ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އުސޫލުތަކާއި މުޒާހަރާކުރުމުގެ މިނިވަންކަމުގެ އުސޫލުތައް އަލުން މުރާޖާކުރުމަށް ޔޫރަޕިއަން ޔޫނިއަނަށް ގޮވާލާފައެވެ. ތުރުކީންވެސް ހޯމަ ދުވަހު ވަނީ ޑެންމާކުގައި ހިންގި، އިސްލާމްދީނަށް ފުރައްސާރަކުރުމާއި ޚަތިމުގައި ރޯކުރުމުގެ ދަށުދަރަޖައިގެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ. އަދި މިކަމާގުޅިގެން ފިޔަވަޅު އެޅުމަށާއި އިސްލާމްދީނާ ދެކޮޅަށް ކުރަމުންދާ ނަފުރަތުގެ އަމަލުތައް ހުއްޓުވުމަށް ތުރުކީން ވަނީ ޑެންމާކްގެ ސަރުކާރަށް ގޮވާލާފައެވެ.

އަންގާރަ ދުވަހު މިސްރުގެ ފޮރިން މިނިސްޓްރީން ވަނީ ސްވިޑްންގެ ޗަރޖް ޑިއެފެއަރޒް މިނިސްޓްރީއަށް ހާޒިރުކޮށް ޚަތިމުގައި ރޯކުުރުމުގެ އަމަލު ކުށްވެރިކޮށްފައެވެ.

ޚަތިމުގައި ރޯކުރުމުގެ އަމަލު، ޑެންމާކް ސަރުކާރުންވެސް ކުށްވެރިކޮށްފައި ވީނަމަވެސް، އެކަން ހުއްޓުވުމުގެ ބާރު ނެތްކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

20 އޯގަސްޓު 2017

އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް

20 އޯގަސްޓު 2017
އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް
29 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި

29 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި
15 މެއި 2017

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!
08 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

08 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު