Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހީ ދާއިރާ

ކުރިއަށް އޮތް 1 ނުވަތަ 2 މަސް ދުވަހުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއާގެ މަސައްކަތް ފަށަނީ

މަދުވެެގެން އަހަރަކު 7 ފަހަރު ޑޮކްޓަރަށް ދައްކައި، ސިއްހީ ހާލަތު ހުރި ގޮތް ބަލަން ޖެހޭ ކަމަށް ނަސީމް ވަނީ ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ޖުލައި 2023 | ހޯމަ 13:17
ހެލްތު މިނިސްޓަރު، ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

ހެލްތު މިނިސްޓަރު، ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

ކުރިއަށް އޮތް މަހެއް ނުވަތަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއާގެ މަސައްކަތް ފެށިގެންދާނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް އެފަދައިން ވިދާޅުވީ ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަސީމް ވިދާޅުވީ ގައުމެއްގެ ތަރައްގީއަކީ ދުޅަހެޔޮ ސިއްހަތެއް ކަމަށެވެ. މަދުވެެގެން އަހަރަކު 7 ފަހަރު ޑޮކްޓަރަށް ދައްކައި، ސިއްހީ ހާލަތު ހުރި ގޮތް ބަލަންޖެހޭ ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ. ސިއްހީ ހާލަތު ގޯސްނަމަ އެއްވެސް ކަމެއް ރަނގަޅު ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޕްރައިމަރީ ހެލްތު ކެއާ ގާއިމްކުރަނީ އާއްމުންގެ ހާލަތު ދެނެގަންނަން ކަމަށް ނަސީމް ވިދާޅުވިއެވެ. ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާގެ މަސައްކަތް މިދިޔަ މާޗް މަހުގައި އިފްތިތާހުކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ލަސްވީ ދިމާވި ހާލަތްތަކާ ގުޅިގެން ކަމަށް ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ސަރުކާރުން ސިއްހީ ދާއިރާ ތަރައްގީކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސާލިހުގެ ސިޔާސަތުގައި، ކުޑަ ރަށެއް ބޮޑު ރަށެއް ބެއްލެވުމެއްނެތި، އަސާސީ ހުރިހާ ޚިދުމަތެއް ލިބޭނެ އިންތިޒާމްތައް ރާއްވަވަމުން ދާކަމަށް ނަސީމް ވިދާޅުވިއެވެ. ވަރަށް ގިނަ ވެރިންނާއެކު މަސައްކަތް ކުރެއްވިފައި ވާކަމަށާއި، ނަމަވެސް ރައީސް ސާލިހުފަދަ ވެރިއަކު ދެކެވަޑައިނުގަންނަވާ ކަމަށް ނަސީމް ވިދާޅުވިއެވެ. ދުވަހަކުވެސް ރައީސް މީހަކުދެކެ ކޯފާވެގެން އެއްޗެއް ވިދާޅުވި މަންޒަރު އެމަނިކުފާނަށް ފެނިވަޑައިގެންފައި ނުވާކަމަށާއި، ރައީސަކީ އޯގާތެރި ބޭފުޅެއް ކަމަށް ނަސީމް ވިދާޅުވިއެވެ. އެމަނިކުފާނަކީ މަޝްވަރާގެ މަތިން ކަންކަން ކުރައްވާ ބޭފުޅެއް ކަމަށް ނަސީމް ވިދާޅުވިއެވެ. ރައީސް ސާލިހަކީ އަޅުގަނޑުމެންނަށް ލިބިފައި ހުރި އަގުހުރި މުތެއް ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތް ކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ތުޅާދޫގެ ހޮސްޕިޓަލްގެ ސަބަބުން އެ ސަރަހައްދަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަސީމްގެ ވާހަކަފުޅުގައި، މިފަދަ މަސައްކަތަކަށް ދުވަސް ނަގާކަމަށް ވެސް ވިދާޅުވިއެވެ. އެމްޓީސީސީ ފަދަ، މަސައްކަތަށް ރަނގަޅު ކުންފުންޏަކަށްވެސް ހޮސްޕިޓަލެއް އެޅުމަށް ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަސީމް ވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު