Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތު މިނިސްޓްރީ

ޑައިލިސިސް ހިދުމަތް ހުރިހާ އަތޮޅަކަށް: އިބިލީހުގެ ކައިވެންޏަށް

ޑައިލިސިސް ޚިދުމަތް ފަސޭހަކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖޫން 2025 | ބުރާސްފަތި 08:28
ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް

ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސް ހިދުމަތް ފެށޭވަރުވާނީ މި އަހަރުގެ ސެޕްޓެމްބަރާ ހަމައަށް ކަމަށް ވިދާޅުވެ، ސަރުކާރުން އަނެއްކާ ވެސް އައު ތާރީހެއް ކަނޑައަޅައިފި އެވެ.

ޑައިލިސިސް ޚިދުމަތް ފަސޭހަކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން ޑައިލިސިސް ހިދުމަތް ދެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ދާންވާއިރަށް، ކޮންމެ އަތޮޅެއްގައި މަދުވެގެން ޑައިލިސިސް ސެންޓަރެއް ތަރައްގީކޮށް ޚިދުމަތް ދޭން ފަށާނެ ކަމަށް އައު ތާރީޚެއް ޞިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ދެއްވީ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ހޮނިހިރު ދުވަހު އެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ އޮތޮޅެއްގައި ވެސް މަދުވެގެން ޑައިލިސިސްގެ ސެންޓަރެއް ތަރައްގީ ކުރައްވާނެ ކަމަށާއި، ސެޕްޓެމްބަރު މަހާ ހަމައަށް ދާންވާއިރު ކޮންމެ އަތޮޅަކުން ވެސް ޑައިލިސިސްގެ ހިދުމަތް ލިބޭނެ ކަމަށެވެ. މިއީ މި ސަރުކާރުން ޑައިލިސިސް ހިދުމަތާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަނެއްކާވެސް ދެއްވި އައު ތާރީހެކެވެ.

ހޮނިހިރު ދުވަހު މިހާރުގެ ވަޒީރު އެހެން ވިދާޅުވިއިރު، ކުރިން ސިއްހީ ވަޒީރުކަން ކުރައްވައި އަދި މިހާރު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި، މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑޮކްޓަރު އަބްދުﷲ ޚަލީލް، މިދިޔަ އަހަރުގެ ކުރީކޮޅު މަޖިލީހު ގައި ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެ ކަމަށެވެ.

އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެން ދާނެ ކަމަށް.
މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޚަލީލް

ޑައިލިސިސްގެ ޚިދުމަތަކީ ކިޑްނީ ބަލި ތަހަންމަލު ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންކްޝަން ވަކި ވަރަކަށް ވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު ހަށިގަނޑުގައި ލޭ ސާފުކުރުމަށް ހިދުމަތް ހޯދައި، ކޮންމެ ދުވަހަކު ވެސް 4 ގަޑިއިރަށްދޭ ހިދުމަތެކެވެ.

އިތުރަށް ކިޔާލަން

07 މެއި 2017

ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

07 މެއި 2017
ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި
02 މެއި 2017

ސްކޫޓެކްސީން ސައިކަލް ޓެކްސީގެ ހިދުމަތް ހުއްޓާލައިފި

02 މެއި 2017
ސްކޫޓެކްސީން ސައިކަލް ޓެކްސީގެ ހިދުމަތް ހުއްޓާލައިފި
22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
26 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިޚާބު އޮތީ އިބިލީހުގެ ކައިވެންޏަށް ވެފަ:ޝާހިދު

26 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިޚާބު އޮތީ އިބިލީހުގެ ކައިވެންޏަށް ވެފަ:ޝާހިދު
20 މާރިޗު 2017

މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި

20 މާރިޗު 2017
މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު