Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޒީ ސިނޭ އެވޯޑްސް

ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ

ބެސްޓް ފިލްމްގެ އެވޯޑް ލިބިފައިވަނީ "ޕިންކް" އަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 މާރިޗު 2017 | ހޯމަ 09:29
އާލިއާ ބަޓް

އާލިއާ ބަޓް

ހޮނިހިރު ދުވަހުގެ ރޭ ބެއްވި ޒީ ސިނޭ އެވޯޑްސް 2017 ގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ފިލްމް "ފިންކް" އިން އަމީތާބް ބައްޗަންއަށް ލިބިފައިވާއިރު "އުޅުތާ ޕަންޖާބް" އިން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް އާލިޔާ ބަޓް އަށް ލިބިއްޖެއެވެ.

ބެލުންތެރިންގެ އެންމެ މަގްބޫލު ތަރީގެ އެވޯޑް ފިލްމް "ސުލްތާން" އިން ސަލްމާން ޚާން އަށް ލިބިފައިވާއިރު ބެލުންތެރިންގެ އެންމެ މަގްބޫލު އަންހެން އެކްޓަރު އެވޯޑް ލިބިފައިވަނީ އެ ފިލްމްގައި ސަލްމާނާ އެކު ފެނިގެންދާ އަނުޝްކާ ޝަރުމާއެވެ.

ބެސްޓް ފިލްމްގެ އެވޯޑް ލިބިފައި ވަނި މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމުގެ ގޮތުގައި މީގެ ކުރިން ވެސް އެވޯޑް ހަފްލާތަކުގައި ރަން ވަނަތައް ގެންދިޔަ "ޕިންކް" އެވެ. ބެލުންތެރިންގެ އެންމެ މަގްބޫލު ފިލްމްގެ އެވޯޑް ލިބިފައި ވަނީ އާމިރް ޚާންގެ ފިލްމް "ޑަންގަލް" އަށެވެ.

މީގެ އިތުރުން ރިޝީ ކަޕޫރަށް ވަނީ "ކަޕޫރު އެންޑް ސަންސް" އިން ދެ އެވޯޑެއް ލިބިފައެވެ. އެއީ ބެސްޓް ސަޕޯޓިންގ މޭލް އަދި ބެސްޓް އެކްޓަރ އިން އަ ކޮމިކް ރޯލް އެވޯޑް އެވެ.

ބެސްޓްރެސް އިން ސަޕޯޓިން ރޯލް ފީމޭލް އެވޯޑް ލިބިފައި ވަނީ ފިލްމް "ނީރްޖާ" އިން ޝަބާނާ އަޒްމީއަށެވެ.

ބެސްޓް ޑެބިއުޓެންޓް ފީމޭލް އެވޯޑް "ސާލާ ކަޑޫސް" އިން ރިތިކާ ސިންގް އަށް ލިބިފައިވާއިރު ބެސްޓް ޑެބިއުޓެންޓް މޭލް އެވޯޑް ލިބިފައި ވަނީ "ނީރްޖާ" އިން ޖިމް ސަރްބްއަށެވެ. އަދި ހަމަ އެފިލްމުން ބެސްޓް އެކްޓަރ އިން ނެގެޓިވް ރޯލް އެވޯޑް ވެސް ލިބިފައިވަނީ ހަމަ އޭނާ އަށެވެ.

ބެސްޓް ޑައިރެކްޓަރ އެވޯޑް ލިބިފައިވަނީ "ނީރްޖާ" އިން ރާމް މަދްވާނީ އަށެވެ.

ފިލްމް " ނީރްޖާ" އަށް ބެސްޓް އެޑިޓިންގ އެވޯޑްސް ލިބިފައިވާއިރު ބެސްޓް ޑައިލޮގް އެވޯޑްސް ލިބިފައިވަނީ "ޕިންކް" އަށެވެ.

މީގެ އިތުރުން "ޝީވާއޭ" އަށް ވަނީ 3 އެވޯޑެއް ލިބިފައެވެ. އެއީ ބެސްޓް ވިޝުއަލް އިފެކްޓްސް، ބެސްޓް ސިނަމަޓޯގަރްފީ އަދި ބެސްޓް އެކްޝާން އެވޯޑްސް އެވެ.

ބެސްޓް ޕްލޭ ބެކް ސިންގަރ އެވޯޑް ފިލްމް "އޭ ދިލް ހޭ މުޝަކިލް"ގެ ޓައިޓްލް ލަވައިން އަރްޖިތް ސިންގް އަށް ލިބިފައިވާއިރު ބެސްޓް ޕްލޭ ބެކް ސިންގަރ ފީމޭލް އެވޯޑް ލިބިފައިވަނީ ނިހާ ބާސިން އަށް ފިލްމް "ސުލްތާން" ގެ "ޖަގް ގޫމެޔާ" އަށެވެ.

ބެސްޓް ސޯންގް އޮފް ދަ އިޔާ އެވޯޑް "އޭ ދިލް ހޭ މުޝްކިލް" ގެ "ޗަންނާ މެރެ ޔާ" އަށް ވަނީ ލިބިފައެވެ. އަދި ބެސްޓް މިއުޒިކް އެވޯޑްސް ވެސް ލިބިފައިވަނީ "އޭ ދިލް ހޭ މުޝްކިލް" އަށެވެ.

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2017

އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ނޮމިނޭޝަން ނައިޓް މާދަމާރޭ

11 ޑިސެމްބަރު 2017
އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ނޮމިނޭޝަން ނައިޓް މާދަމާރޭ
18 ސެޕްޓެމްބަރު 2017

އެކްޓަރު ޓޮމް އޮލްޓާ ކެންސަރަށް ފަރުވާ ހޯދަނީ

18 ސެޕްޓެމްބަރު 2017
އެކްޓަރު ޓޮމް އޮލްޓާ ކެންސަރަށް ފަރުވާ ހޯދަނީ
01 އޯގަސްޓު 2017

މަޝްހޫރު އެކްޓަރު ސޭމް ޝެފާޑް މަރުވެއްޖެ

01 އޯގަސްޓު 2017
މަޝްހޫރު އެކްޓަރު ސޭމް ޝެފާޑް މަރުވެއްޖެ
23 ޖުލައި 2017

ހޯމް އެލޯންގެ އެކްޓަރ ޖޯން ހަރޑް 71 އަހަރުގައި މަރުވެއްޖެ

23 ޖުލައި 2017
ހޯމް އެލޯންގެ އެކްޓަރ ޖޯން ހަރޑް 71 އަހަރުގައި މަރުވެއްޖެ
21 ޖުލައި 2017

އެކްޓަރު ސީތާރާމް ޕަންޗަލް އަށް ކެންސަރު ޖެހިއްޖެ

21 ޖުލައި 2017
އެކްޓަރު ސީތާރާމް ޕަންޗަލް އަށް ކެންސަރު ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު