Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެއްބައިވަންތަކަން

މުޖުތަމައެއް ކުރިއަށްދާނީ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކޮށްގެން: މެންބަރު ހިސާން

މުޖުތަމައުއަށް ބަދަލުތައް އަންނައިރު ތަފާތު އެކި އުދަނގޫ ދަތި ވަގުތުކޮޅުތަކާއި ކުރިމަތިލާންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ޖުލައި 2023 | ހޯމަ 07:56
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން

މުޖުތަމައުއެއް ކުރިއަށްދާނީ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކޮށްގެން ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ތުޅާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހިސާން ވިދާޅުވީ އެންމެން އެއް އަމާޒަކަށް ދަތުރުގެ މިސްރާބު ޖަހާގެން މެނުވީ ރަށަށް ގެންނަން ބޭނުންވާ ބަދަލާއި ތަރައްގީ ނުގެނެވޭނެ ކަމަށާއި، ގައުމެއް ކުރިއަށްދާއިރު އަދި ރަށެއް ކުރިއަށް އަރާއިރާއި މުޖުތަމައުއަށް ބަދަލުތައް އަންނައިރު ތަފާތު އެކި އުދަނގޫ ދަތި ވަގުތުކޮޅުތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. ތަފާތު އެކި އުދަނގޫ ނިންމުންތައް ނިންމަންޖެހޭ ވަގުތުތަކުގައި އިސްކުރަންޖެހޭނީ ތިމާ އެންމެ ހިތް އެދޭގޮތް އެކަނި ނޫން ކަމަށާއި، ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ އެއް މުޖުތަމައުއެއްގައި ދިރިއުޅުމުންދާއިރު އެކަކު އަނެކަށް ދޭންޖެހޭ ތާއީދާއި އެއްބާރުލުންދޭން ޖެހޭ ކަމަށާއި، އެކުގައި ކުރިއަށް ދިއުން އެއީ އުޒުމުކަމުގައި ހަދަންޖެހޭ ކަމަށެވެ. އެއްމާހައުލެއްގައި އުޅޭ އެނަކާއަކީ މިތުރުންގެ ގޮތުގައި ނުދެކި އެކުގައި ކުރިއަށް ދެވޭނެ އެއްގޮތް ވެސް ނޯންނާނެ ކަމަށާއި، އަނެކާއަށް ލިބޭ ކުރިއެރުމަކީ އުފަލެއްކަމަށް ބަލައިގެން ނޫނީ ކުރިއަށް ނުދެވޭނެ ކަމަށް މެންބަރު ހިސާން ވިދާޅުވިއެވެ.

މިއީ މިއަދު ވިސްނާލަން ޖެހޭ ކަމެއްކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ މުޖުތަމައެއް ކުރިއަށްދާނީ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކޮށްގެން ކަމަށާއި، އިޖްތިމާއީ ގުޅުން ވަރުގަދަކޮށްގެން ކަމަށެވެ. އަދި އެއް އަމާޒަކަށް ވާސިލްވާން މަސައްކަތްކޮށްގެން ކަމަށް ހިސާން ވިދާޅުވިއެވެ. އަދި ތުޅާދޫއަށް އިޝާރާތް ކުރައްވައި ހިސާން ވިދާޅުވީ އެރަށުގެ ރައްޔިތުންނަކީ އެ އަމާޒަށް މަސައްކަތް ކުރާނެ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި، އެކަމުގައި އެއްވެސް ވަރަކަށް ޝައްކުނުކުރާ ކަމަށެވެ.

ހިސާން ވިދާޅުވީ މިއަދުގެ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނަ ކަމަށާއި، އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މި ސިޔާސަތުތަކާއެކު ތަރައްގީ އަންނަމުންދާކަން ހިސާން ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު