Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުރީގެ ރައީސް ޔާމީނު

ޔާމީނަށް ވަކީލުންނާ ބައްދަލުކުރަން ހުއްދަ ނުދިނީ ލިޔެކިޔުންތައް ނުދެއްކުމުން

23 ޖުލައި 2023 | އާދީއްތަ 09:07

ލިއެކިއުންތައް ބަލައި ފާސް ކުރުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންސްއަށް ލިބިގެންވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖުލައި 2023 | އާދީއްތަ 09:07
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ނުދެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ނިންމީ އެ ފަރާތްތަކުން ގެންދިޔަ ލިޔެކިއުންތައް ދެއްކުމަށް ދެކޮޅު ހެދުމުންނެވެ.

ޔާމީނުގެ ވަކީލުން ވަޑައިގެންނެވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ފޯމު ހިފައިގެންކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ. އެހެންނަމަވެސް، ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ޔާމީނުގެ ސަރުކާރުން ގެނެސްފައިވާ އިސްލާޙުގައިވާ ގޮތުން މިއީ ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ ސިޔާސީ ޕާޓީއެއްގެ ޙަރަކާތެއްގައި ޤައިދީއަކަށް އެއްވެސް ގޮތަކަށް ބައިވެރިވެވޭކަށް ނޯންނާނެކަމަށް ޔާމީނުގެ ވެރިކަމުގައި ޤާނޫނު އިސްލާޙުކޮށް ކަޅާއި ހުދުން ލިޔެފައިވާތީއެވެ.

އަދި ހަމައެއާއެކު، ޤައިދީންނާއި ބަންދު މީހުންނަށް ލިބޭ ލިއެކިއުންތައް ބަލައި ފާސް ކުރުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންސްއަށް ލިބިގެންވާކަމަށްވެސް އެ ޤާނޫނުގައި ބުނެއެވެ.

ޖަލުތަކާއި ޕެރޯލް ޤާނޫނުގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޤައިދީންނާއި ބަންދު މީހުންނަށް ލިބޭ، ނުވަތަ އެމީހުން ފޮނުވާ ސިޓީ ފަދަ ތަކެތި ކިޔައި، އަޑުއަހައި، ރެކޯޑުކޮށް، ބަލައި ފާސް ކުރުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންސްއަށް ލިބިގެންވާކަމަށެވެ.

އެހެންނަމަވެސް، ޔާމީނުގެ ވަކީލުން ވަނީ ލިއެކިއުންތައް ޗެކް ކުރުމަށް ދިނުމަށް ދެކޮޅު ހައްދަވާފައެވެ. އެކަން ކަރެކްޝަންސްއިން ކަށަވަރު ކޮށްދެއެވެ.

ކަރެކްޝަންސްއިން ބުނީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމްގެ ވަކީލުން ބައްދަލުވުމަށް ގެނައި ތަކެތި އާންމު އުސޫލުން ބަލާ ފާސްކުރުމަށް އެދުމުން އެކަމަށް ދެކޮޅު ހާދާފައި ވާތީ, ބައްދަލުވުން ކެންސަލްކުރެވިފައިވާ ކަމަށެވެ.

ޔާމީނުގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެނައި އިސްލާޙުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ޙައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުވެސް ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވެއެވެ.

މާނައަކީ ޔާމީނަށް ހަގީގަތުގައި ސިޔާސީ އެއްވެސް ޙަރަކާތެއްގައި އެއްވެސް މިންވަރަކަށް ބައިވެރިވުމުގެ ފުރުސަތެއްވެސް ނޯންނާނެއެވެ. ކެނޑިޑެސީ ހުށައެޅުމަކީ ހަމަ ގައިމުވެސް ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް ޙަރަކާތަށް ވާނެއެވެ.

އޭރު މި އިސްލާޙު ގެނައީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތުތައް ބަންދުކޮށްލުމުގެ ގޮތުންކަމަށް ތުހުމަތު ކުރެވިފައިވެއެވެ. ނަމަވެސް، އެ އިސްލާޙުގެ ބުރަ އާޚިރުގައި ޔާމީނަށްވެސް މިވަނީ އުފުއްލަވަން ޖެހިވަޑައިގެންފައެވެ.

ދެން އޮތީ އިލެކްޝަންސް ކޮމިޝަނަކީ ދައުލަތުގެ އިދާރާއަކަށްވާއިރު، ޔާމީނަށްވެސް ދައުލަތުގެ އިދާރާއަކަށް ފޯމާއި ލިއެކިއުން ހުށައެޅިދާނެކަމަށް ބުނާ ނުކުތާއެވެ. ޤައިދީންނަށް ޤާނޫނީ ވަކީލާއި، ކޯޓުތަކާއި، ސަރުކާރުގެ އިދާރާތަކާމެދު ސިޓީ ބަދަލު ކުރެވިދާނެއެވެ. ނަމަވެސް އެގޮތުން ފޮނުވޭ ލިއެކިއުންތައް ބެލުމުގެ ބާރުވެސް ޑައިރެކްޓަރ އޮފް ޕްރިޒަންސްއަށް ލިބިގެންވާކަމަށް އެ ޤާނޫނުގައިވެއެވެ.

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2017

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

24 އޮކްޓޯބަރު 2017
މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު
03 އޮކްޓޯބަރު 2017

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް
29 ސެޕްޓެމްބަރު 2017

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!
16 އޯގަސްޓު 2017

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!
19 ޖުލައި 2017

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް
12 ޖޫން 2017

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

12 ޖޫން 2017
އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟
23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް