Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބްރިޖު ޓޯލް ފީ

ރައީސްގެ ރުހުން ނުލިބި އަދި އެމަނިކުފާނަށް އެނގިވަޑައިނުގެން ޓޯލް ފީ ނަގާ ވާހަކަ ވަޒީރު އިއުލާން ނުކުރައްވާނެ - ޔާމީން

ރައްޔިތުންގެ ނުރުހުން އަމާޒުވުމުން ވިދާޅުވީ ބްރިޖް އިން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއްނޫން ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ޖުލައި 2024 | ބުރާސްފަތި 17:38
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރުހުން ލިބިވަޑައިނުގެން އަދި އެމަނިކުފާނަށް އެނގިވަޑައިނުގެން ޓޯލް ފީ ނަގާ ވާހަކަ ކެބިނެޓް މިނިސްޓަރަކު ވިދާޅުނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އޮފީހުގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެކަން އަންގާ އިއުލާންކޮށް، އެވަރުވެފައި އޮތްކަމެއްގައި ކެބިނެޓް މިނިސްޓަރަކު ސަރުކާރުގެ އެންމެ އިސްމީހާއަށް ނޭނގި ނުވަަތަ ރައީސްގެ ރުހުން ނުލިބި އެފަދަ ވާހަކައެއް އިއުލާން ކުރައްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ މިއީ ރައްޔިތުން އަތުން ނަގާ ޓެކްސްއެއް ކަމަށާއި، ބުރިޖާއި ހައިވޭއަކީ އާންމުން ކޮންމެހެން ދަތުރުކުރަން ލާޒިމް ތަނެއް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ބުރިޖު ދޫކޮށްލާފައި ކަނޑުމަގުން ދާނެ މީހަކު ނުހުންނާނެ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ނަފްރަތު ބޮޑުވެ ކަންބޮޑުވެ ޝަކުވާތައް ކުރަން ފެށުމުން، ރައީސް މުއިއްޒު ވިދާޅުވަނީ އެއީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމެއް ނޫން ކަމަށެވެ. އަދި އެއީ އެމަނިކުފާނު ކުރައްވާނެކަމެއް ނޫންކަމަށް ވިދާޅުވެ ބުރިޖުން ޓޯލް ފީއެއް ނަގާނީ އިގްތިސާދު އެހިސާބަށް ގޮސް، އިގްތިސާދީ ގޮތުން ދައުލަތަކީ ރަނގަޅު އަދި ރާއްޖެއަކީ ވަރުގަދަ ހިސާބަކަށް ދިއުމުން ކަމަށް ވިދާޅުވި ކަމަށެވެ.

ބުރިޖުން ޓޯލް ފީ ނަގާކަން ހާމަކުރީ މާލެ ފަހި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައެވެ. މި ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެފައިވަނީ "މާލެ ފަހި" ޕްލޭނަކީ ސީދާ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރައްވާ ކަމެއްގެ ގޮތުގައެވެ. މި ފޮތުގައިވާ މިނިސްޓަރުގެ ބަސްކޮޅުގައި ވަނީ "މާލެ ފަހި" ޕްރޮގްރާމަކީ، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ހާއްސަ އިރުޝާދާއެކީ ފަރުމާކުރެވުނު ޕްރޮގްރާމެއް ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ނުރުހުން އަމާޒުވުމާއެކު އެއީ އެމަނިކުފާނުގެ ސިޔާސަތެއް ނޫންކަމަށް ވިދާޅުވެ އެކަން ކުރައްވާނީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވުމުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުސިނަމާލެ ބުރިޖުޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު