Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތުލުސްދޫ ކައުންސިލްގެ ޤަރާރު

ތުލުސްދޫ ކައުންސިލްގެ ޤަރާރު: ފުލުހުން ބުނީ ޒިންމާގެ ދަށުން ކުރަންޖެހޭ ކަންކަން ކުރާނެކަމަށް

23 ޖުލައި 2023 | އާދީއްތަ 08:22

ރައީސް ރަށަށް ވަޑައިގަންނަވާއިރު ފުލުހުންނަށް ރަށުގެ އެއްވެސް ސަރަހައްދެއް ބަންދުކޮށް ކޯޑަން ކުރެވޭނީ ކައުންސިލުން ހުއްދަ ލިބިގެން ކަމަށް ޤަރާރުގައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޖުލައި 2023 | އާދީއްތަ 08:22
ކ. ތުލުސްދޫ

ކ. ތުލުސްދޫ

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކ. ތުލުސްދޫއަށް ވަޑައިގަންނަވާއިރު ފުލުހުންނަށް ރަށުގެ އެއްވެސް ސަރަހައްދެއް ބަންދުކޮށް ކޯޑަން ކުރެވޭނީ ކައުންސިލުން ހުއްދަ ލިބިގެން ކަމަށް އެ ކައުންސިލުން ކަނޑައަޅާފައިވާއިރު މައްސޫލިއްޔަތުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރާނެކަމަށް ފުލުހުން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކ. ތުލުސްދޫއަށް ވަޑައިގަންނަވާއިރު ފުލުހުންނަށް ރަށުގެ އެއްވެސް ސަރަހައްދެއް ބަންދުކޮށް ކޯޑަން ކުރެވޭނީ ކައުންސިލުން ހުއްދަ ލިބިގެން ކަމަށް އެ ކައުންސިލުން ކަނޑައަޅައި ވަނީ ޤަރާރެއް ނެރެފައެވެ.

ތުލުސްދޫ ކައުންސިލްގެ ފަސް މެންބަރުން ސޮއިކުރައްވާފައިވާ މި ގަރާރުގައި ބުނެފައިވަނީ އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ދާއިރު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމަށެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ އެ ބާރު ކަނޑުވާލާ ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ރައްޔިތުންނާއި ފުލުހުންނާއި ކުރިމަތިލާ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަމުންދާތީ އެކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ލާމަރުކަޒީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެ ރަށެއްގެ އަމަންއަމާންކަން ބެލެހެއްޓުމާއި ރަށުގެ މަސްލަހަތު ހިޔާމަތްކޮށް ރައްކާތެރިކުރުމަކީ ކައުންސިލްތަކުން ކުރުން ލާޒިމުކުރުވާ ކަމެއް ކަމަށް މި ގަރާރުގައި ފާހަގަކޮށްފައިވެއެވެ. ތުލުސްދޫ ކައުންސިލްގެ ގަރާރުގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުން ލިބޭ ބާރުގެ ދަށުން ރަށުގެ އެއްވެސް ސަރަހައްދެއް ފުލުހުންނަށް ބަންދުކުރެވޭނީ އެ ކައުންސިލުގެ ހުއްދަ ލިބިގެން ކަމަށެވެ. މި ގަރާރުގައި ވަނީ ރައީސް ޔާމީން މިނިވަންކޮށް މިނިވަން ވާދަވެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް ސަރުކާރަށް ގޮވާލާފައެވެ. ތުލުސްދޫ ކައުންސިލްގައި ތިބި ފަސް ކައުންސިލަރުންގެ ތެރެއިން ހަތަރު ކައުންސިލަރުންނަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސަށް ނިސްބަތްވާ ކައުންސިލަރުންނެވެ. އަނެއް ކައުންސިލަރަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނުހިމެނޭ ކައުންސިލަރެކެވެ.

މި ޤަރާރާއި ގުޅިގެން ފުލުހުންނާއި ރާއްޖެއެމްވީން ސުވާލުކުރުމުން ފުލުހުން ބުނީ ފުލުހުންގެ މަސްއޫލިއްޔަތުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށެވެ. އަދި ފުލުހުން ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރާނެ ކަމަށާއި ކައުންސިލްގެ އެއްބާރުލުން ނުލިބޭނެ ކަމަށް ޤަބޫލެއްނުކުރާ ކަމަށެވެ. މީގެއިތުރުން ލާމަރުކަޒީ ޤާނޫނުގައި ވެސް ބުނަނީ ފުލުހުން އެދޭކަންކަމަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 70 ވަނަ މާއްދާގައިވާގޮތުން އިދާރީ ދާއިރާތަކާއި ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމުގެ ތެރޭގައި ކައުންސިލްތަކުގެ އެހީއަށް އެދިއްޖެނަމަ ކައުންސިލްތަކަށް ވުވުނު މިންވަރަކުން އެފަދަ ކަންކަމުގައި ފުލުހުންނަށް އެހީތެރިވެދޭން ޖެހޭނެއެވެ. އަދި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ވާޖިބުތައް އަދާކުރުމުގައި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ދޭންވާނެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް