Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޫސުމީ ނޭދެވޭ އަސަރުތައް

3 މަސްދުވަހުގެ ތެރޭގައި މޫސުމީ ތަފާތު 3 ކާރިޘާއެއް ތަޖުރިބާ ކުރި ދަނޑުވެރިޔާގެ ވާހަކަ

އެ ސަރަޙައްދަކީ އިޓަލީވިލާތުގައި އުފައްދާ މޭވާގެ 3 ބައިކުޅަ 1 ބައި ހިއްސާ ކުރާ ސަރަޙައްދު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 ޖުލައި 2023 | ހޮނިހިރު 16:03
3 މަސްދުވަހުގެ ތެރޭގައި މޫސުމީ ތަފާތު 3 ކާރިޘާއެއް ތަޖުރިބާ ކުރި ދަނޑުވެރިޔާގެ ވާހަކަ

3 މަސްދުވަހުގެ ތެރޭގައި މޫސުމީ ތަފާތު 3 ކާރިޘާއެއް ތަޖުރިބާ ކުރި ދަނޑުވެރިޔާގެ ވާހަކަ

މިއަދު ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށް ވެފައި ވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެކަކީ އިޓަލީވިލާތުގެ ދަނޑުވެރިއެއް ކަމަށް ވާ އެންޑްރިއާ ފެރީނީއެވެ. ފެރީނީއަށް ތަޖުރިބާ ކުރަން ޖެހުނު ކަންކަމަކީ މޫސުމީ ބަދަލުތަކުގެ ދެ މިޔަލީ ކަނޑީގެ ދެފަރާތުން ދިން ޙަމަލާތަކެއްގެ ގޮތުގައިވެސް ސިފަ ކުރެވިދާނެއެވެ.

އިޓަލީވިލާތުގެ އުތުރުގެ ސަރަޙައްދެއްގައި ޒުވާރިއާއި އެކި ބާވަތްބާވަތުގެ މޭވާ ހައްދަމުން ދިޔަ ފެރީނީގެ ދަނޑުތައް އެންމެ ފުރަތަމަ މިލާ މޯޅިވެގެން ދިޔައީ ގަދަ ފިނީގެ ތެރޭގައި ގަނޑުވެގެންނެވެ. ދެން ކުރިމަތިވީ މޫސުމީ ގަދަ ވިއްސާރައިގެ ކޮޅިގަނޑެވެ. ފެންބޮޑުވެގެން ދިޔައީ ރެކޯޑް މިންވަރަކަށެވެ. އެ ވަރުން އަދި ނިމުނީއެއް ނޫނެވެ. ދެން ކުރިމަތިވީ އާދަޔާ ޚިލާފު ގަދަ ހޫނުގެ ވަރުގަދަ ރާޅު ބާންޏެކެވެ. އެއާ ވިދިގެން ގަނޑުފެނުގެ ވާރޭގެ ތުފާނެކެވެ.

އޭނާގެ ޙަޔާތުގެ 53 ވަނަ އަހަރު ގުނަމުންދާ ފެރީނީ، އިޓަލީ ވިލާތުގައި ދަނޑުވެރިކަން އެންމެ ތިޔާގި އެމީލިޔާ-ރޮމާންޏާއޭ ކިޔާ ސަރަޙައްދުގައި ދަނޑުވެރިކަމުގެ މަސައްކަތް ފެށީ 2003 ވަނަ އަހަރުއެވެ. އޭނާގެ މިލްކިއްޔާތުގައި ވާ ދަނޑުބިންތަކުގެ ބޮޑުމިން، 15 ހެކްޓަރު ނުވަތަ 37 އޭކަރަށް އަރައެވެ. ޒުވާރީގެ އިތުރުން، މޭބިސްކަދުރާއި، ކީވީއާއި ޕީޗްއަކީވެސް ފެރީނީގެ ދަނޑުބިންތަކުގައި ހައްދާ މޭވާގެ ބާވަތްތަކެވެ.

އާންމު އަހަރެއްގެ އުފެއްދުންތެރިކަމަށް ބަލާއިރު ފެރިނީގެ ދަނޑުބިންތަކުން 1 ލައްކަ ކިލޯގްރާމްގެ މޭވާއާއި މޭބިސްކަދުރު ނެރެއެވެ. ނަމަވެސް މިއަހަރު ދަނޑުގޮވާމުގެ ގޮތުގައި ލިބޭ ވަރު ވާނީ، 20000 ކިލޯގްރާމްއާއި 30000 ކިލޯގްރާމްއާ ދެމެދު މިންވަރެއްގެ އުފެއްދުން ކަމަށް ފެރީނީ ލަފާ ކުރެއެވެ.

2023 ވަނަ އަހަރުގެ މޫސުމީ ކާރިޘާތަކުގެ ތަކުލީފުތައް ފެށިގެން އައީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ގަދަ ފިނީގެ ތެރޭގައި، ފެރީނީގެ ދަނޑުބިންތަކުގެ އުފެއްދުންތެރިކަން 2 ބައިކުޅަ 1 ބަޔަށް ދަށްވިއެވެ. ޖެހިގެން އައި މަހު ކުރިމަތިވީ ގަދަ ވިއްސާރައެވެ. ފެންބޮޑުވުމުގެ ހާދިޘާތައް ހިނގާ، ބައެއްގެ ފުރާނަ ގެއްލުނެވެ. އެތައް ބިލިއަން ޔޫރޯއެއްގެ ގެއްލުން ވީއިރު، ދަނޑުވެރިކަމުގެ ސިނާޢަތަކީ އެންމެ ބޮޑު ގެއްލުމެއް ތަޙައްމަލު ކުރި ދާއިރާއެވެ.

ރެކޯޑްތަކަށް ބަލާއިރު، އެ ސަރަޙައްދުގެ 5 ހާހަށް ވުރެ ގިނަ ދަނޑުތައް އޮތީ ފެނު އަޑީގައެވެ. އެ ސަރަޙައްދަކީ އިޓަލީވިލާތުގައި އުފައްދާ މޭވާގެ 3 ބައިކުޅަ 1 ބައި ހިއްސާ ކުރާ ސަރަޙައްދެކެވެ. އޭގެ ތެރޭގައި ފެރީގެ ދަނޑުބިންވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!

ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!

02 އޯގަސްޓު 2017
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު