Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ރައީސް އިންޑިޔާއަށް

އިންޑިޔާއާއި ސްރީލަންކާއިން، އިގްތިސާދާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެ

އެއްގަމު މަގުން ދެ ގައުމު ގުޅާލުމަށް ވަނީ އެއްބަސްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޖުލައި 2023 | ހޮނިހިރު 02:13
ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހައާއި އިންޑިޔާގެ ބޮޑުބަޒީރު ނަރެންދްރަ މޯދީ

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހައާއި އިންޑިޔާގެ ބޮޑުބަޒީރު ނަރެންދްރަ މޯދީ

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ، އެއްގަމު މަގުން ދެ ގައުމު ގުޅާލުމަށް އެއްބަސްވުމަކަށް އައިސްފައެވެ. ރަނިލް އިންޑިޔާއަށް މިބކުރައްވާ ދަތުރުފުޅަކީ މިދިޔަ އަހަރު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިދިޔަ އަހަރު ސްރީލަންކާއަށް އިގްތިސާދީގޮތުން ދިމާވި އަޑިގަނޑުން އަރައިގަތުމަށް އިންޑިޔާއިން ވަނީ ހަތަރު ބިލިއަން ޑޮލަރު ދީފައެވެ. މިދިޔަ އަހަރު ލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާގައި އެ ގައުމަށް ވަނީ އެންމެ ބޭނުންވާ ޒަރޫރީ ތަކެތި ކަމުގައިވާ ބޭހާއި ތެޔޮ އެތެރެނުކުރެވޭވަރު ވެފައެވެ.

ދެ ލީޑަރުންގެ ބައްދަލުވުމަށްފަހު އިންޑިޔާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ، ފާއިތުވި އަހަރަކީ ލަންކާގެ ރައްޔިތުންނަށް ވަރަށް ގޮންޖެހުން ބޮޑު އަހަރެއްކަމަށެވެ. އަދި އިންޑިޔާއިން އަބަދުވެސް ލަންކާއާއި ލަންކާގެ ރައްޔިތުންނާއެކު ދެމިއޮންނާނެކަމަށް މޯދީ ވިދާޅުވިއެވެ.

މީގެއިތުރުން ދެގައުމުގެ ލީޑަރުން ވަނީ އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއް އެކުލަވާލާފައި ކަމަށާއި، މެރިޓައިމާއި، ވައިގެ މަގުންނާއި ހަކަތައިގެ ދާއިރާއިންނާއި، އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވާކަމަށް މޯދީ ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމާއި، ހަކަތައާއި، ވިޔަފާރިއާއި، މަތީތައުލީމާއި، ސްކިލް ޑިވެލޮޕްމަންޓް ދާއިރާއިން ދެ ގައުމު ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުން އަވަސްކުރުމަށް މަޝްވަރާކުރެއްވިއެވެ.

މޯދީ ވިދާޅުވީ ވަރަށް އަވަހަށް ދެ ގައުމުގެ ދެމެދުގައި އިލެކްޓްރިކް ގްރިޑްސް ގުޅާލުމުގެ މަސައްކަތް ކުރާނެކަމަށާއި، ދެ ގައުމުގެ ދެމެދުގައި ޕެޓްރޯލިއަމް ޕައިޕްލައިން އެޅުމުގެ ދިރާސާވެސް ވަރަށް އަވަހަށް ކުރާނެކަމަށް މޯދީ ވިދާޅުވިއެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދު ބްރިޖަކުން ގުޅާލުމުގެ މަސައްކަތްވެސް ފެށޭނެކަމަށް މޯދީ ވިދާޅުވިއެވެ.

ވިކްރަމަސިންގހަ ވިދާޅުވީ ދެ ގައުމުގެ ދެމެދު ޕެޓްރޯލިއަމް ޕައިޕްލައިނެއް އެޅިގެންދިޔުމަކީ ލަންކާގެ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ހަކަތަ ލިބުމަށް ފަހިވާނެ މަގެއްކަމަށެވެ. މީގެއިތުރުން ލަންކާއަށް ދިމާވި އިގްތިސާދީ ދަތި ދަނޑިވަޅުގައި އިންޑިޔާއިން ދިން އެހީތެރިކަން ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

28 ޖުލައި 2022

ދަރަނި ރީސްޓްރަކްޗަރ ކުރުމާއި ގުޅޭގޮތުން ސްރީލަންކާއިން ޗައިނާއާއެކު ވާހަކަދައްކަންޖެހޭ: އައިއެމްއެފް

28 ޖުލައި 2022
ދަރަނި ރީސްޓްރަކްޗަރ ކުރުމާއި ގުޅޭގޮތުން ސްރީލަންކާއިން ޗައިނާއާއެކު ވާހަކަދައްކަންޖެހޭ: އައިއެމްއެފް
20 ޖޫން 2022

އިންޑިޔާއާއި ބަންގްލާދޭޝްގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ އެތައްމިލިއަން މީހުން ހާލުގައިޖެހިއްޖެ

20 ޖޫން 2022
އިންޑިޔާއާއި ބަންގްލާދޭޝްގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ އެތައްމިލިއަން މީހުން ހާލުގައިޖެހިއްޖެ
10 މެއި 2022

ގަވާއިދާ ޚިލާފަށް ސްރީލަންކާއިން ވަކި ބަޔަކު ފުރުވާލުމަށް މަސައްކަތް ނުކުރާ ކަމަށް ސިވިލް އޭވިއޭޝަން ޗީފް ވިދާޅުވެއްޖެ

10 މެއި 2022
ގަވާއިދާ ޚިލާފަށް ސްރީލަންކާއިން ވަކި ބަޔަކު ފުރުވާލުމަށް މަސައްކަތް ނުކުރާ ކަމަށް ސިވިލް އޭވިއޭޝަން ޗީފް ވިދާޅުވެއްޖެ
30 އެޕްރީލު 2022

ސްރީލަންކާއިން ދަރަނި ދައްކަންޖެހޭ އެންމެނާ ދޭތެރޭ ގެންގުޅޭނީ އެއް އުސޫލެއް: ސެންޓްރަލް ބޭންކް

30 އެޕްރީލު 2022
ސްރީލަންކާއިން ދަރަނި ދައްކަންޖެހޭ އެންމެނާ ދޭތެރޭ ގެންގުޅޭނީ އެއް އުސޫލެއް: ސެންޓްރަލް ބޭންކް
23 މާރިޗު 2022

ސްރީލަންކާއިން އައިއެމްއެފްގެ އެހީތެރިކަން ހޯދަނީ

23 މާރިޗު 2022
ސްރީލަންކާއިން އައިއެމްއެފްގެ އެހީތެރިކަން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު