Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނަތަންޔާހޫއާއި އައްބާސް ތުރުކީއަށް

ނަތަންޔާހޫއާއި އައްބާސް މިމަހު ފަހުކޮޅު ތުރުކީއަށް ވަޑައިގަންނަވަނީ

އައްބާސް ޖުލައި 25 ވަނަ ދުވަހު ތުރުކީއަށް ވަޑައިގަންނަވާއިރު، ނަތަންޔާހޫ ވަޑައިގަންނަވާނީ ޖުލައި 28 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ޖުލައި 2023 | ހޮނިހިރު 02:04
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިމަހު ފަހުކޮޅު ތުރުކީއަށް ވަޑައިގެން, ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާއެކު މަޝްވަރާތައް ބާއްވަވާގޮތަށް ހަމަޖެހިއްޖެއެވެ.

ތުރުކީގެ ރައީސް އޮފީހުން ބުނެފައިވާގޮތުގައި ދެ ލީޑަރުން ވަޑައިގަންނަވާނީ ދެ ތާރީޚެއްގައެވެ. އެގޮތުން އައްބާސް ޖުލައި 25 ވަނަ ދުވަހު ތުރުކީއަށް ވަޑައިގަންނަވާއިރު، ނަތަންޔާހޫ ވަޑައިގަންނަވާނީ ޖުލައި 28 ވަނަ ދުވަހުއެވެ.

އެއް ހަފުތާތެރޭގައި ދެ ގައުމުގެ ލީޑަރުން ތުރުކީއަށް ވަޑައިގަންނަވާއިރު، ދެ ލީޑަރުންނަށް އުރުދުޣާން މަރުހަބާ ވިދާޅުވާނެކަމަށް ތުރުކީގެ ރައީސް އޮފީހުން ބުނެއެވެ.

މަހުމޫދު އައްބާސްއާއެކު އުރުދުޣާން ކުރިޔަށްގެންދަވާ މަޝްވަރާތަކުގައި؛ ތުރުކީއާއި ފަލަސްތީނުގެ ގުޅުމާއި، އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުމުގެ އިތުރުން ބައިނަލްއަގުވާމީ އެހެން މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

ނަތަންޔާހޫއަކީ 2008 ވަނަ އަހަރުގެ ފަހުން ތުރުކީއަށް ވަޑައިގަންނަވާ، އިސްރާއީލުގެ ފުރަތަމަ ބޮޑުވަޒީރެވެ. ފާއިތުވި އަހަރުތަކުގައި އިސްރާއީލާއި ތުރުކީގެ ގުޅުން ވަނީ ރަނގަޅުވާން ފަށާފައެވެ. ދެ ގައުމުގެ އިސް ބޭފުޅުން އެއް ގައުމު އަނެއް ގައުމަށް ވަޑައިގެން ވާހަކަތައް ކުރިޔަށްގެންދަވާފައި ވެއެވެ.

ދެ ގައުމު ގުޅުން ހީނަރުވީ 2010 ވަނަ އަހަރު އިސްރާއީލު ސިފައިން ތުރުކީގެ ބޯޓަކަށް އަރައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. 2018 ވަނަ އަހަރު ޣައްޒާގައި ކުރިޔަށްގެންދިޔަ މުޒާހަރާއަކަށް އިސްރާއީލުން ހަމަލާދީ ފަލަސްތީނުގެ 60 މީހުން މަރާލި މައްސަލާގައި ތުރުކީން ވަނީ އެގައުމުގައި ހުރި އިސްރާއީލުގެ ސަފީރު ފޮނުވާލާފައެވެ. އުރުދުޣާން ވަނީ އިސްރާއީލަކީ ޓެރަރިސްޓް ގައުމެއް ކަމަށް ވިދާޅުވެފައެވެ.

ތުރުކީން އިންތިޒާމުކޮށްގެން ދެ ގައުމުގެ ލީޑަރުންނާ ބައްދަލުކުރުންތައް ބާއްވާއިރު، މިއަހަރު ވެގެންގޮސްފައިވަނީ އިސްރާއީލުގެ ހަމަލާތައް އެންމެ ވަރުގަދަ އަހަރުކަމުގައެވެ. ޖެނިން ރެފިޔުޖީ ކޭމްޕްގައި އިސްރާއީލުން ވަނީ މިއިން ދުވަހަކުވެސް ކުރިޔަށް ނުގެންދާވަރުގެ އަސްކަރީ އޮޕަރޭޝަނެއް ކުރިޔަށްގެންގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނު ދައުލަތެއްގެ ގޮތުގައި އަވަހަށް ބަަލައިގަތުމަށް އައްބާސް އީޔޫއަށް ދަންނަވައިފި

ފަލަސްތީނު ދައުލަތެއްގެ ގޮތުގައި އަވަހަށް ބަަލައިގަތުމަށް އައްބާސް އީޔޫއަށް ދަންނަވައިފި

23 ޖެނުއަރީ 2018
އީޔޫއާ ގުޅުމުގެ ފުރުސަތެއް ތުރުކީއަށް މިވަގުތު ނެތް: މެކްރޯން

އީޔޫއާ ގުޅުމުގެ ފުރުސަތެއް ތުރުކީއަށް މިވަގުތު ނެތް: މެކްރޯން

05 ޖެނުއަރީ 2018
އެމެރިކާ އިން ބިރުދެއްކިޔަސް، ގުދުސް އަކީ ވިއްކާ ބިމެއް ނޫން:އައްބާސް

އެމެރިކާ އިން ބިރުދެއްކިޔަސް، ގުދުސް އަކީ ވިއްކާ ބިމެއް ނޫން:އައްބާސް

04 ޖެނުއަރީ 2018
ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއަކަށް އީޔޫ ވެދިނުމަށް އައްބާސް އެދިވަޑައިގެންފި

ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއަކަށް އީޔޫ ވެދިނުމަށް އައްބާސް އެދިވަޑައިގެންފި

23 ޑިސެމްބަރު 2017
މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް

މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް

07 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު