Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނާއިބުރައީސް ފައިސަލް

ނާއިބުރައީސް ފައިސަލްއަށް އެންމެ ކަމުދާ ބޮލީވުޑް ފިލްމީ ތަރިއަކީ ނީލަމް

21 ޖުލައި 2023 | ހުކުރު 13:01

ކުޅިވަރާއި މަޖަލާއެކު ބޮޑުވިފުޅުވި ފައިސަލްއަކީ ފިލްމު ބެއްލެވުމަށް ޚާއްސަ ޝައުގުވެރިކަމެއް ބެހެއްޓެވި ބޭފުޅެއް

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖުލައި 2023 | ހުކުރު 13:01
ފަށާއިރު ޕްރޮގްރާމްގައި ނާއިބުރައީސް ފައިސަލް ވާހަކަފުޅު ދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި ނާއިބުރައީސް ފައިސަލް ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ނައިބު ފައިސަލް ނަސީމަކީ އިޖްތިމާއީ، ސިޔާސީ ރޮނގުން ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުން އަންނަ ބޭފުޅެކެވެ. ފެންނަ ފެނުމަށް ސީރިއަސް ބޭފުޅެއް ނަމަވެސް ކުޅިވަރާ މުނިފޫހިފިލުވުމަށް ރޮނގުން ވެސް ކުރީގައި އުޅުއްވާ ޝަހުސިއްޔަތެކެވެ. ރަހުމަތްތެރިން ގިނަ، ރައްޓެހިންނާއި އާދަޔާ ހިލާފު ގާތްގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. ހިތްތިރި ސާދާ މިޒާޖެއްގެ ފައިސަލް ނަސީމަށް ބޮލީވުޑުން އެންމެ ކަމުދާ ފިލްމީ ތަރިއަކީ ނީލަމްއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ހުކުރު ދުވަހު ބައިވެރިވެވަޑައިގެން ފައިސަލް ނަސީމް ވަނީ ދިރިއުޅުއްވުމުގެ ގިނަކަންކަން ކިޔާދެއްވާފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ފައިސަލްގެ 50 ވަނަ އުފަން ދުވަސް ފާހަގަކުރައްވާފައިވާއިރު، ފައިސަލްގެ 50 އަހަރުގެ ހަޔާތްފުޅުގެ އެކި ދުވަސްވަރުގެ ހަނދާންތަކުގެ ވާހަކަ އެމަނިކުފާނު ވަނީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ހިއްސާކުރައްވާފައެވެ.

ކުޅިވަރާއި މަޖަލާއެކު ބޮޑުވިފުޅުވި ފައިސަލްއަކީ ފިލްމު ބެއްލެވުމަށް ޚާއްސަ ޝައުގުވެރިކަމެއް ބެހެއްޓެވި ބޭފުޅެކެވެ. ޚާއްސަކޮށް ހިންދީ ފިލްމު ބެއްލެވުމަށެވެ. ފައިސަލް ވިދާޅުވިގޮތުގައި 1984 ވަނަ އަހަރު ގެއަށް ބައްޕަ ޓީވީއެއް ގަނެދެއްވިއެވެ. ގޭގައި ޖުމްލަ 7 ފިލްމު އޮންނަ ކަމަށާއި، އޭރުން ފެށިގެން ހިންދީ ފިލްމު ބައްލަވާ އުޅުއްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ނަސީބު، ފިފްޓީފިފްޓީ، ކިސްމަތު، ގަރަމްގަރަމް، ޑޮން، ރޮކީ އަދި ލަވްސްޓޯރީ ފަދަ ފިލްމުތައް ވަރަށް ގިނަ ފަހަރު ބެއްލެވިއެވެ. އަދި ދިރިއުޅުއްވުން މާލެއަށް ބަދަލުކުރެއްވި ފަހުން އެމަނިކުފާނު އަބަދުވެސް ހުކުރު ދުވަހަށް އިންތިޒާރު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެއީ މެންދުރުފަހު ސްޓާރ ސިނަމާގައި އަޅުވާ ފިލްމުތައް ބެއްލެވުމަށެވެ.

ފިލްމުގެ އިތުރުން ފައިސަލްއަކީ ހިންދީ ލަވައަށް ވެސް ވަރަށް ޝައުގުހުންނަ ބޭފުޅެކެވެ. ބައެއް ލަވަތައް ކަންފަތުގައި ޖެހުމުން ލަވައިގެ ތެރެއަށް ގެއްލޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން އެސް. ޖާނާކީ އަދި ބައްޕީލެހިރީގެ އަޑުން ކިޔާފައިވާ ''ދިލް މޭ ހޯ ތުމް'' އަކީ ފައިސަލްއަށް އެންމެ ކަމުދާ އެއް ލަވައެވެ. ހިންދީ ފިލްމާއި، ހިންދީ ލަވަ ބައްލަވައި، އަޑުއެއްސެވުމަކީ އުފާވެރި އިހުސާސްތައް ކުރެއްވޭ ކަމެއްގެ ގޮތުގައި ފައިސަލް ފާހަގަކުރެއްވިއެވެ.

ފުވައްމުލަކުގައި ދިރިއުޅުއްވި ދުވަސްތަކުގެ ހަނދުމަފުޅު އައު ކުރައްވަމުން ފައިސަލް ވިދާޅުވީ ފާރުމައްޗަށް އެރުމާއި، ބުރުއެޅުމާއި އަދި ބައިސްކަލުގައި ފަހަތަށް ހުރެގެން ދުއްވުމާއި ހުސް ތެޔޮފީފާ މަތީގައި ހުންނަވައިގެން ފީފާ އަނބުރަމުން ފީފާ ދުއްވުންފަދަ ކަންކަން ކުރައްވާ ކަމަށާއި، އެއްފަހަރަކު ވަރަށް އުސްތަނަކުން އެކޮޅުކޮޅުން ވެއްޓި ވަޑައިގެން ކަމަށް ފައިސަލް ވިދާޅުވިއެވެ.

ތައުލީމު ހާސިލްކުރެއްވުމަށްޓަކައި 1985 ވަނަ އަހަރު ފައިސަލްގެ އުމުރުފުޅުން 12 އަހަރުގައި މާލެއަށް ދިރިއުޅުއްވުން ބަދަލުކުރެއްވިއެވެ. ބޭބެއާއެކު ކުއްޔަށް އެއް ކޮޓަރީގައި ދިރިއުޅުއްވިއެވެ. ކިޔެވުމަށް ސްކޫލަކަށް ވަންނަން ފުރަތަމަ ހުއްދައެއް ނުލިބުނެއެވެ. ނަމަވެސް ފަހުން ކުރި މަސައްކަތާއެކު އީޕީއެސްގެ ގްރޭޑް 3 އަކަށް ވަންނަން ހުއްދަ ލިބުނެއެވެ. ނަމަވެސް ސޯޓު ލާންޖެހޭތީ ގްރޭޑް 3 އަކަށް ނުވަދެ 4 އަކަށް ވަންނަން މަސައްކަތް ކުރެއްވިއެވެ.

އީޕީއެސްއަށް ވަންނަވައިގެން ފުރަތަމަ އުޅުއްވިރު މާލޭގައި ވާހަކަދައްކަވާ ބަހުރުވައިން ވާހަކަދައްކަވަން ވެސް ނޭނގޭ ކަމަށާއި، ވާހަކަ ދެއްކެވެނީ ފުވައްމުލަށް ބަހުރުވައިން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ކުޑައިރުއްސުރެ މިއަދާ ހަމައަށް ވެސް ކުޅިވަރަށް ލޯބިކުރައްވާ ފައިސަލްއަކީ އެކުވެރިން ވެސް ގިނަ ބޭފުޅެކެވެ. ސްކޫލު ދައުރުން ފެށިގެން ދިމާވި ބޭފުޅުންނާއި މިއަދު ވެސް ފައިސަލް ގުޅުން ބާއްވަވައެވެ. 18 ވަނަ ރައްޔިތުން މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު، ކުލާހުގައި އެއްކޮށް ކިޔެވި ބޭފުޅުންނާއި ދިމާވިކަން ފައިސަލް ފާހަގަކުރެއްވިއެވެ. އެގޮތުން އަލީ އާޒިމް، އިމްތިޔާޒު ފަހުމީ, އަލީ މައުރޫފް، އަލީ އާރިފް ފަދަ ބޭފުޅުންނަކީ އެކީގައި ކިޔެވި ބޭފުޅުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަމުން ފައިސަލް ވަނީ ޒަވާޖީހަޔާތްފުޅުގެ ވާހަކަތައް ހިއްސާކުރައްވާފައެވެ. އެގޮތުން ކައިވެނި ބައްލަވައިގަތީ އުމުރުފުޅުން 29 އަހަރުފުޅުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަނބިކަބަލުންނާއި ދިމާވީ މާލެއިންނެވެ. އަނބިކަބަލުންނަކީ ފުވައްމުލަކު ބޭފުޅެއް ނަމަވެސް ކުރިން އެއީ ކޮން ބޭފުޅެއްކަން ނޭނގޭ ކަމަށް ވެސް ވިދާޅުވިއެވެ. އުފާވެރި ދިރިއުޅުމެއް އާރާސްތު ކުރައްވަމުންގެންދަވާއިރު، މިހާރު ކައިވެންޏަށް ތިން ބޭފުޅުން ވަނީ ލިބިވަޑައިގެންފައެވެ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި އަނބިކަބަލުންނަކީ އެމަނިކުފާނުގެ ދިރުއުޅުއްވުމުގެ 60 އިންސައްތައެވެ.

ފައިސަލްއަކީ އަމިއްލަ ދިރިއުޅުއްވުމުގެ އިތުރުން ކުރައްވާ ހުރިހާ ކަމެއްގައި ވެސް ނަމޫނާ އަދި ކާމިޔާބު ބޭފުޅެއްކަން ދަނީ ސާބިތުކޮށް ދެއްވަމުންނެވެ. ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ދިގު މުއްދަތަކަށް ނައިބު ރައީސްކަން ކުރައްވާ ނައިބު ރައީސްގެ ރެކޯޑު މިހާރު ވެސް ވަނީ ފައިސަލް ނަސީމް ގާއިމްކުރައްވާފައެވެ. ސިންގަޅަބަހުން ވެސް ފަރިތަކަމާއެކު ވާހަކަދައްކަވަން ދެނެވަޑައިގަންނަވާ ފައިސަލް ނަސީމަކީ ހިތްހަމަޖެހުމަށް ކޮފީ ބައްލަވާ ބޭފުޅެކެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2018

މިއަހަރު ބޮލީވުޑްގައި އެންމެ ހިނގި ލޯބިވެރިން އިނގޭތަ؟

21 ޑިސެމްބަރު 2018
މިއަހަރު ބޮލީވުޑްގައި އެންމެ ހިނގި ލޯބިވެރިން އިނގޭތަ؟
10 ސެޕްޓެމްބަރު 2018

ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!

10 ސެޕްޓެމްބަރު 2018
ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!
26 އޯގަސްޓު 2018

އިބޫ އަށް ލިބިވަޑައިގެންނެވި އެންމެ ކަމުދާ އުފަން ދުވަހުގެ ހަދިޔާ އެނގޭތަ؟

26 އޯގަސްޓު 2018
އިބޫ އަށް ލިބިވަޑައިގެންނެވި އެންމެ ކަމުދާ އުފަން ދުވަހުގެ ހަދިޔާ އެނގޭތަ؟
19 އޯގަސްޓު 2018

އިބޫ އަށް އެންމެ ކަމުދާ ސެންޓް އިނގޭތަ؟

19 އޯގަސްޓު 2018
އިބޫ އަށް އެންމެ ކަމުދާ ސެންޓް އިނގޭތަ؟
29 އޯގަސްޓު 2017

ކާޖޮލްގެ ފިލްމީހަޔާތަށް 25 އަހަރު

29 އޯގަސްޓު 2017
ކާޖޮލްގެ ފިލްމީހަޔާތަށް 25 އަހަރު
23 އޯގަސްޓު 2017

އަމީތާބަށް 75 އަހަރު ފުރެނީ، ފިލްމީ ދާއިރާގައި 48 އަހަރު

23 އޯގަސްޓު 2017
އަމީތާބަށް 75 އަހަރު ފުރެނީ، ފިލްމީ ދާއިރާގައި 48 އަހަރު
15 ޖުލައި 2017

"ޖައްގާ ޖާސޫސް" މިއަހަރު ނިކުތް އެންމެ މޮޅު ބޮލީވުޑްގެ ފިލްމުބާ؟

15 ޖުލައި 2017
"ޖައްގާ ޖާސޫސް" މިއަހަރު ނިކުތް އެންމެ މޮޅު ބޮލީވުޑްގެ ފިލްމުބާ؟
02 ޖުލައި 2017

ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް

02 ޖުލައި 2017
ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް
28 ޖޫން 2017

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް