Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިދުރީސްގެ އަލުވި ދަނޑު

ގަދަ ހޫނުގެ ކޮޅިގަނޑުގައި އިދުރީސްގެ އަލުވި ދަނޑަށް ނައްސި ރިކޯޑެއް

އިންތިހާ ގަދަ ހޫނުގެ ސަބަބުން ގެއްލުން ވެފައިވާ އެކަކީ އިރާގުގެ އިދުރީސް ހުސައިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 ޖުލައި 2023 | ހޮނިހިރު 03:18
ާއިދުރީސް އޭނާގެ އަލުވި ދަނޑުގައި

ާއިދުރީސް އޭނާގެ އަލުވި ދަނޑުގައި

މޫސުމީ ނެދެވޭ ބަދަލުތަކުގައި އެކަމުގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ ވާހަކައަކީ ހަމައެކަނި ސިޔާސީ ޕޯޑިއަމްތަކުން އިވުނު އަންބާއެއްގެ ގޮތުގައި އޮތް ޒަމާން މާޒީވެ ހިނގައްޖެކަން ގަބޫލުކުރާ މީހުން މިއަދު މަދެއް ނުވާނެއެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށް ބަލާލިކަމުގައި ވީނަމަވެސް، މޫސުމީ ގޮތުން މިއަދު ތަޖުރިބާކުރަމުންދާ ބަދަލުތަކަކީ، ގިނަ ބަޔަކު މާ ހިތް ރުހޭނެ ބަދަލުތަކެއް ނޫނެވެ.

ބައެއް ސަރަހައްދުތަކަށް ގަދަ ވިއްސާރައިގެ ކޮޅިގަނޑުތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އަނެއް ބައި ސަރަހައްދުތައް ހަފުސްވަމުން ދަނީ ގަދަ ހޫނުގެ ހަނަފަސްކަމުގެ ތެރޭގައެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ކުރިމަތިލާން ޖެހިފައިވާ އާދަޔާ ޚިލާފު ގަދަ ހޫނުގެ ތަކުލީފުތައް އޭގެ އެންމެ އިންތިހާއަށް ތަހައްމަލުކުރަމުން ދާ އެއް ގައުމަކީ އިރާގެވެ. އިންތިހާ ގަދަ ހޫނުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން މަޖުބޫރުވެފައިވާ އެކަކީ އެގައުމުގެ ދަނޑުވެރިޔާ، ހުސައިން އިދުރީސްއެވެ. އިދުރީސް ބުނާގޮތުގައި، ގަދަ ހޫނުގެ ނޭދެވޭ އަސަރު، އޭނާގެ ދަނޑުބިންތަކުގެ 70 ޕަސެންޓަށް ވަނީ ފޯރާފައެވެ.

އިދުރީސް، ދަނޑުވެރިކަމުގެ މަސައްކަތް ކުރަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ މޫސަލްގައެވެ. މިހާރު ކުރިމަތިވެފައިވާ އިންތިހާ ގަދަ ހޫނުގެ ތެރޭގައި އެ ސިޓީގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އެރި ފަހަރުތައްވެސް ރެކޯޑްކޮށްފައި އެބަހުއްޓެވެ. ގަދަ ހޫނުގެ ސަބަބުން، އިދުރީސްގެ ދަނޑުބިންތަކަށް ފޯރާފައި ވަނީ ނައްސި އަސަރުތަކެއް ކަން އޭނާ ފާހަގަކުރެއެވެ.

އިދުރީސް ބުނިގޮތުގައި ދަނޑުގޮވާން ކޮށްގެން ލިބޭވަރުވީ އެންމެ 30 ޕަސެންޓްގެ އުފެއްދުމެވެ. އެވެސް ވިއްކާލަން މަޖުބޫރުވީ އިންތިހާ ނުއަގުގައި ކަމަށް އޭނާ ބުންޏެވެ.

ދަނޑުވެރިންނަށް ކުރިމަތިލާން ޖެހިފައި ވަނީ ކުޑަ ގެއްލުމަކާ ނޫންކަން އިދުރީސްގެ ވާހަކައިންވެސް ހާމަވެއެވެ. މިދިޔަ ހަފުތާއެއްހާ ދުވަހަކީ ދުނިޔޭގެ ފިނިހޫނުމިން، ރިކޯޑް މިންވަރަކަށް މައްޗަށް ދިޔަ ހަފުތާއެކެވެ. ތާރީޚު ކުރެވިފައި ނުވާ މިންވަރުގެ ރެކޯޑެކެވެ. ގަދަ ހޫނުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮޑެތި އަލިފާންގަނޑުތައް ރޯވަމުން ދާއިރު، ގަދަ ވިއްސާރައިގެ ސަބަބުން ފެނު އަޑީގައި އޮތް ސިޓީތަކެއްވެސް ހަމަ މިދަނޑިވަޅުގައި އެބައޮތެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2018

ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!

18 ޖޫން 2018
ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!
06 މެއި 2018

ރޯހިތު ބޭނުންވަނީ ރަންވީރުގެ ހަށިގަނޑު ވަރުގަދަ ކުރަން

06 މެއި 2018
ރޯހިތު ބޭނުންވަނީ ރަންވީރުގެ ހަށިގަނޑު ވަރުގަދަ ކުރަން
11 އެޕްރީލު 2018

ކޭޓް މިޑިލްޓަން ރައްކައުވާން ކައިރިވުމުން ހޮސްޕިޓަލްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

11 އެޕްރީލު 2018
ކޭޓް މިޑިލްޓަން ރައްކައުވާން ކައިރިވުމުން ހޮސްޕިޓަލްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި
05 އެޕްރީލު 2018

މިނިކާ ވަގަކަށް ވުރެ އިންޑިއާ އަންހެނަކު ގަދަވެއްޖެ

05 އެޕްރީލު 2018
މިނިކާ ވަގަކަށް ވުރެ އިންޑިއާ އަންހެނަކު ގަދަވެއްޖެ
28 ޖެނުއަރީ 2018

ސިހުރު ހަދައިގެން މީހަކު ބަކަރި އަކަށް ބަދަލު ކޮށްލި ކަމަށް ބުނެ ބަޔަކު ރުޅި ގަދަވެއްޖެ!

28 ޖެނުއަރީ 2018
ސިހުރު ހަދައިގެން މީހަކު ބަކަރި އަކަށް ބަދަލު ކޮށްލި ކަމަށް ބުނެ ބަޔަކު ރުޅި ގަދަވެއްޖެ!
19 ނޮވެމްބަރު 2017

އަހަރުގެ އެންމެ ގަދަ އަލްބަމަކަށް ރެޕިއުޓޭޝަން

19 ނޮވެމްބަރު 2017
އަހަރުގެ އެންމެ ގަދަ އަލްބަމަކަށް ރެޕިއުޓޭޝަން
18 މެއި 2017

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
06 ފެބުރުއަރީ 2017

އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ

06 ފެބުރުއަރީ 2017
އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ
07 ޖެނުއަރީ 2017

ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!

07 ޖެނުއަރީ 2017
ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް