Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢާޝޫރާ ދުވަހުގެ މާތްކަން

ޢާޝޫރާ ދުއާ ގެނަމުގައި ވަކި ދުއާއެއް ކުރުމާއި ވަކި އަޅުކަންތަކެއް ކުރުމަށް ދީނުގައި ނޯވޭ، އެއީ ބިދުއައެއް: ޚުތުބާ

މުސްލިމުންނަށް މާތްﷲ ޚާއްސަ ކުރައްވާފައިވާ ދުވަސްތަކުގެ މަތިން ހަނދުމަކުރުމަކީ ވާޖިބެއް

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖުލައި 2023 | ހުކުރު 08:04
ހުކުރު ނަމާދުކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދުކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ޢާޝޫރާ ވިލޭރޭގައި ޢާޝޫރާ ދުއާ ގެނަމުގައި ވަކި ދުއާއެއް ކުރުމާއި އެރެއާއި އެދުވަހު ވަކި އަޅުކަންތަކެއް ކުރުމަށް އިސްލާމް ދީނުގައި ނޯންނަ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ޢާޝޫރާ ދުވަހުގެ މާތްކަން'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ޢާޝޫރާ ވިލޭރޭގައި ޢާޝޫރާ ދުއާ ގެނަމުގައި ވަކި ދުއާއެއް ކުރުމާއި އެރެއާއި އެދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝައުރު ކުރައްވާފައިނުވާ ކަމަށާއި، އެއީ ދީނުގައި ނެތް ބިދުޢަތަކެއް ކަމަށެވެ. ނަމަވެސް ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާ އޭގެ ކުރީ ދުވަހު، (އެބަހީ: ނުވަވަނަ ދުވަހު) ނުވަތަ އެދުވަހާއި ޖެހިގެން އަން ދުވަހު (އެބަހީ: އެގާރަވަނަ ދުވަހު) ރޯދަ ހިފުމަކީ ސުންނަތްވެގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މުސްލިމުންނަށްޓަކައި މާތްﷲ ޚާއްސަ ކުރައްވާފައިވާ ދުވަސްތަކުގެ މަތިން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި، އެއިން އިބްރަތް ހާސިލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކްރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ތަފްސީރު ފޮތްތަކަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ މާތްﷲ އާދަމުގެފާނު ތައުބާ ގަބޫލުފުޅު ކުރެއްވީ ޢާޝޫދާ ދުވަހު ކަމަށާއި، ނޫޙުގެފާނާއި އެކަލާގެފާނަށް އިމާންވި މީހުން ތޫފާނުން ސަލާމަތްކުރެއްވީ ޢާޝޫރާ ދުވަހު ކަމަށެވެ. އިބްރާހީމުގެފާނު އަންދާލުމަށް ލައުނަތް ލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އިބްރާހީމްގެފާނު ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހު ކަމަށާއި، ޔޫސުފުގެފާނުގެ އަޚުންގެ ނުބައި ރޭވުންތަކުން ޔޫސުފުގެފާނު ސަލާމަތް ކުރެއްވުމަށްފަހު އެކަލޭގެފަނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނާ އަލުން ބައްދަލުވެވަޑައިގަތީ ޢާޝޫރާ ދުވަހު ކަމަށެވެ. ޔޫނުސުގެފާނު މަހުގެ ބަނޑު ތެރެއިން ސަލާމަތްވެ ވަޑައިގަތީ ޢާޝޫރާ ދުވަހު ކަމަށާއި، އައްޔޫބުގެފާނު އިމްތިހާނު ކުރެއްވުމުގެ ގޮތުން އެކަލާގެފާނަށް ޖެއްސެވި ދިގު މުއްދަތުގެ ބޮޑު އާލާސްކަންފުޅުން އެކަލޭގެފާނު ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހު ކަމަށެވެ. ޢާޝޫރާ ދުވަހަކީ ފިރްއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި ފިރްއައުނާއި އޭނާގެ ލަޝްކަރު ޢަރަޤުކުރެއްވި ދުވަސް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ފިރްއައުނު ޢަރަޤުކުރެއްވި ހާދިސާއަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ މިހާދިސާއިން އެނގެނީ މާތްﷲއަށް ކާފިރުވެ ދުނިޔެ ފަސާދަ ކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވައި ނެތިކުރައްވާ އެމީހުންނަށް އެކަމުގައި ކާމިޔާބު ނުލިބޭނެ ކަމެވެ. އަދި ފަސާދައާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށާއި، މާތްﷲއަށް އިމާންވާ މީހުންނަށް އާހިރުގަ އެކަލާނގެ ކާމިޔާބު ދެއްވައި އެމީހުންނަށް ދުނިޔޭގައި ވެސް އިއްޒަތާއި ޝަރަފާއި ގަދަރު ދެއްވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު