Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިބުރައީސް ފައިސަލް ނަސީމްގެ ހަޔާތްޕުޅު

ނާއިބުރައީސް ފައިސަލްގެ ތައުރީފު އަނބިކަނބަލުންނަށް - "އެއީ އަޅުގަނޑުގެ %60"

އަނބިކަނބަލުންނަކީ އެމަނިކުފާނު ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ހިއްވަރުދެއްވާ ބޭފުޅެއް ކަަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ޖުލައި 2023 | ހުކުރު 09:03
ނާއިބުރައީސް ފައިސަލް ނަސީމް

ނާއިބުރައީސް ފައިސަލް ނަސީމް

ހުރިހާ ކާމިޔާބީއެއްގެ ހިއްސާވެވަޑައިގަންނަވާ އެއް ބޭފުޅަކީ އަނބިކަނބަލުން ކަަމަށާއި އެއީ އެމަނިކުފާނުގެ 60 އިންސައްތަ ކަމަށް ނާއިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނާއިބުރައީސް ފައިސަލް ވިދާޅުވީ އެމަނިކުފާނު ކައިވެނިބައްލަވައިގަތް އުމުރު މާ ލަސް ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. އަނބިކަނބަލުންނަކީ އެމަނިކުފާނު ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާ ބޭފުޅެއް ކަަމަށް ނާއިބުރައީސް ވިދާޅުވިއެވެ. ކަންދިމާކުރި ގޮތުން އަނބިކަނބަލުންނާއި ދުރުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭ އިރު، ކުދިންގެ ކަންކަމުގައި އަނބިކަނބަލުން ދައްކަވާ ހިތްވަރު ފާހަގަކުރައްވާ ނާއިބުރައީސް ވަނީ އެކަމަނާ އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އެމަނިކުފާނުގެ ހަޔާތްޕުޅުގެ ހުރިހާ ކުރިއެރުމެއްގެ އެއްބަޔަކީ އަނބިކަނބަލުން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދިރިއުޅުމުގައި އެންމެ މުހިންމީ ދަރިން ކަމަށްވެސް ނާއިބުރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ގެންގުޅުއްވާ އާދަތަކައި އިސްކަން ދެއްވާ ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅު އަބަދުވެސް ނަސޭހަތް ދެއްވީ އަދަބު އަޚުލާގު ރަނގަޅު، މީހުންނަށް އިޚުތިރާމް ކުރާ މީހަކަށް ވުމަށް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ނަސޭހަތުގައި ހިފޭތޯ އަބަދުވެސް ބައްލަވާ ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތްތައް ދަސްކުރައްވަން އިސްކަން ދެއްވި ކަމަށް ވެސް ނާއިބުރައީސް ފައިސަލް ވިދާޅުވިއެވެ. މައިންބަފައިންގެ ނަސޭހަތާއި އެއްގޮތަށް އެއް މަސައްކަތަށް ވުރެ ގިނަ މަސައްކަތް އެނގޭ މީހަކަށް ވުމަށް މަސައްކަތް ކުރެއްވި ކަމަށް ނާއިބުރައީސް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ މައިންބަފައިން ވަނީ އެހެން މީހުންނަކީ މުހިންމު މީހުންގެ ގޮތުގައި ބެލުމަށް އިރުޝާދު ދެއްވާފައި ކަމަށް ނާއިބުރައީސް ފައިސަލް ވިދާޅުވިއެވެ. އެހެންމީހުންގެ ރައުޔު ހޯދައިގެން ކަންކަން ނިންމާ، މަޝްވަރާކުރައްވާ ކަމަށާއި އެއީވެސް އެމަނިކުފާނުގެ މައިންބަފަައިން ވަރަށް ބޮޑަށް ބާރުއެޅުއްވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ގޯސްކޮށް ހިނގާ ކަމެއް ވާނަމަ މަލާމާތްނުކޮށް، ކުރެވޭ ގޯސްކަމެއްގެ ވާހަކަ ބުނެދިނުމަކީ އަބަދުވެސް އެންމެ އުފާވެވަޑައިގަންނަވާ ގޮތްކަމުގައި ނާއިބުރައީސް ވިދާޅުވިއެވެ. އަދި އެންމެ ދެރަވެވަޑައިގަންނަވަނީ ހަޑިހުތުރުބަހުން މުޚާތަބުކުރުމުން ކަމަށާއި ކޯފާ އިސްނުކުރެއްވުމަށް ސަމާލުކަން ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނާއިބުރައީސް ފައިސަލް ވަނީ މަސައްކަތުގެ މައިދާނަށް ނުކުމެވަޑައިގެން ކުރެއްވި ބައެއް މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. ފުރަތަމަ ވަޒީފާ އަށް ނުކުމެވަޑައިގެން ކުރެއްވީ އޮފީހުގެ މަސައްކަތްތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭރު ބެއްލެވީ ވީހާވެސް ބޮޑަށް ގިނަ މީހުން ކައިރިން ކަންކަން ދަސްކުރެއްވޭތޯ ކަމަށާއި ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ ހިތްހަމެޖެހުން ލިބޭގޮތަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. ނާއިބުރައީސް ވިދާޅުވީ ޚާއްސަ މަޖިލީހާއި މަޖިލީހަށް ވަޑައިގަތީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގެ ޝައުގުވެރިކަން އޮތުމުން ކަމަށެވެ. ޤައުމަށްޓަކައި މަސައްކަތް ކުރުމަށް އަބަދުވެސް ލޯބިކުރައްވާ ކަަމަށް ވެސް ފަށާއިރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނާއިބްރައީސް ފައިސަލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު

19 މާރިޗު 2017
ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
04 މާރިޗު 2017

ނޫހުގެފާނުގެ ނައުކޮޅާ ގުޅޭ ގޮތުން ރައީސް ޔާމީން އިންޒާރުދެއްވީ އަނބިކަނބަލުންނަށް: މެމްބަރު ނާޒިމް

04 މާރިޗު 2017
ނޫހުގެފާނުގެ ނައުކޮޅާ ގުޅޭ ގޮތުން ރައީސް ޔާމީން އިންޒާރުދެއްވީ އަނބިކަނބަލުންނަށް: މެމްބަރު ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު