Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން

މި އަހަރަކީ ސްކޫލާއި ސްކޫލުގެ މާހައުލުން ބޭރުގައި ވެސް އުނގެނުމުގައި ކާމިޔާބު އަހަރަކަށްވާނެ ކަމަށް އުންމީދު ކުރަން: ރައީސް ސާލިހު

ހިތްވަރާއެކު ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ގޮވާލެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 7 އެޕްރީލު 2025 | ހޯމަ 08:15
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު

މިއަހަރަކީ ދަރިވަރުންނަށް ސްކޫލާއި ސްކޫލުގެ މާހައުލުން ބޭރުގައި ވެސް އުނގެނުމުގައި ކާމިޔާބު އަހަރަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން، ދަރިވަރުންނަށް ތަހުނިޔާ ފޮނުއްވައި ރައީސް ސާލިހު ހިއްސާ ކުރެއްވި މެސެެޖެއްގައި ވިދާޅުވީ، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށި، ރާއްޖޭގެ ހުރިހާ ދަރިވަރުން ސްކޫލަށް އަނބުރާ ދާއިރު، އުންމީދަކީ މި އަހަރަކީ ކާމިޔާބު އަހަރަކަށްވުން ކަމަށެވެ.

އެމަނިކުފާނު ވަނީ ސްކޫލު މާހައުލާއި، ސްކޫލުގެ މާހައުލުގެ ބޭރުން ވެސް ދަރިވަރުންގެ އުނގެނުމުގައި މި އަހަރަކީ ކާމިޔާބު އަހަރަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މި ސަރުކާރުގެ ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، ބެލެނިވެރިންނާއި، ދަރިވަރުންނަށް އަދި ޓީޗަރުންނަށް ތަހުނިޔާ ފޮނުއްވައި ވިދާޅުވީ ކާމިޔާބު ހޯދުމަށް ގަދައަޅަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިއަހަރަކީ ވެސް ދަރީންނަށް ހުރިހާ ގޮތަކުން ބާއްޖަވެރި އަދި ކާމިޔާބު އަހަރެއް ކަމުގައި ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ދިރާސީ އައު އަހަރާއި ގުޅިގެން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ތަހުނިޔާ ފޮނުއްވައި، ދިރާސީ އަހަރަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް ކާމިޔާބު އަހަރެއް ކަމުގައި ވާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އޭޕްރީލް މަހުގެ 7 ވަނަ ދުވަހު 90،000ށް ވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާއިރު، ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ޗުއްޓީއަށް ދާނެއެވެ. އެއަށްފަހު އައު ދިރާސީ އަހަރު ފަށާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ 27 ގައެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ

20 މެއި 2017
އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ
20 އެޕްރީލު 2017

ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

20 އެޕްރީލު 2017
 ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް
14 އެޕްރީލު 2017

މިދިޔަ އަހަރަކީ ރެކޯޑް މިންވަރަކަށް ކޯޓްތަކަށް މައްސަލަތައް ހުށަހެޅުނު އަހަރެއް: ޑީޖޭއޭ

14 އެޕްރީލު 2017
މިދިޔަ އަހަރަކީ ރެކޯޑް މިންވަރަކަށް ކޯޓްތަކަށް މައްސަލަތައް ހުށަހެޅުނު އަހަރެއް: ޑީޖޭއޭ
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު