Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިޔުނިކް

ކިމް މިން-ޖޭ ބަޔާންއަށް ސޮއިކޮށްފި

19 ޖުލައި 2023 | ބުދަ 03:59

ބަޔާން އާއެކު ކިމް ސޮއިކުރީ ފަސް އަހަރަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 19 ޖުލައި 2023 | ބުދަ 03:59
ކިމް މިން-ޖޭ

ކިމް މިން-ޖޭ

ނަޕޯލީއަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ސެންޓަ ބެކް، ކިމް މިން-ޖޭ ފަސް އަހަރުގެ އެއްބަސްވުމަކަށް ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ.

އުމުރުން 26 އަހަރުގެ ކިމް އަކީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގު ތަށި ހޯދުމަށް 33 އަހަރު ވަންދެން ކުރި އިންތިޒާރު ނިމުމަކަށް ގެނައި ނަޕޯލީގެ ސްކޮޑުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. ލީގުގައި 35 މެޗު ކުޅެ، އިޓާލިއަން ލީގުގެ އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑް ލިބުނީ ކިމް އަށެވެ. މިދިޔަ ސީޒަނަކީ އޭނާ ނަޕޯލީއަށް ކުޅުނު ފުރަތަމަ ސީޒަނެވެ.

ދެކުނު ކޮރެއާއަށް 49 މެޗު ކުޅެދިން ކިމް ބުނީ، ބަޔާންއަށް ކުޅުމަކީ ކޮންމެ ފުޓުބޯޅަ ކުޅުންތެރިއެއްވެސް ދެކޭނެ ހުވަފެނެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ، މިއީ އޭނާއަށް އައު ފެށުމެއް ކަމަށާއި، އޭނާގެ ކުރިއެރުމަށް މަސައްކަތް ކުރާނެކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން ބަޔާން އިންވަނީ ކިމްގެ ރިލީޒް ކްލޯޒް ކަމަށްވާ 50 މިލިއަން ޔޫރޯ ދައްކާފައެވެ.

ތޯމަސް ޓުޗެލްގެ ބަޔާން މިޔުނިކް މިދިޔަ ސީޒަނުގެ ޖަރުމަނު ލީގު ކާމިޔާބުކުރީ ފައިދާ ގޯލުގެ ތަފާތުންނެވެ. ދެވަނައިގައި ނިމުނީ ޑޯޓްމަންޑެވެ. ޑޯޓްމަންޑަށް ލީގު ގެއްލުނީ ސީޒަނުގެ ފަހު މެޗުގައެވެ.

ބަޔާން އިން ޓީމު ވަރުގަދަކުރުމަށް އިތުރަށް މަސައްކަތް ކުރާއިރު، ޓޮޓެންހަމްގެ ހެރީ ކޭން ގެނައުމަށްވެސް ވަނީ މަސައްކަތް ފަށާފައެވެ.

ދެކުނު ކޮރެއާގެ ފުޓްބޯޅައިގެ ތިން ވަނަ ދަރަޖައިން ކެރިއަރު ފަށައި، ފުރަތަމަ ޑިވިޑަނަށް އެރުމަށްފަހު ޔޫރަޕަށް ބަދަލުވުމުގެ ކުރިން ޗައިނީސް ސުޕަ ލީގުގައި ވެސް ކިމް ވަނީ ކުޅެފައެވެ.

ކިމް ނަޕޯލީއާ ގުޅުނީ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި ތުރުކީގެ ފެނަބާޗޭ އިންނެވެ.

ބަޔާން މިއުނިކް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް