Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކިއުބާ-އެމެރިކާގެ ގުޅުން

ކިއުބާއާއި އެމެރިކާގެ ގުޅުން ހީނަރުވަނީ ޓްރަމްޕުގެ ސަބަބުން ކަމަށް ކާސްޓްރޯ ތުހުމަތުކުރައްވައިފި

15 ޖުލައި 2017 | ހޮނިހިރު 04:24

ކާސްޓްރޯ ވިދާޅުވީ ކިއުބާއިން ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން އެމެރިކާއާ މަޝްވަރާ ކުރުމަށް ތައްޔާރުކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 ޖުލައި 2017 | ހޮނިހިރު 04:24
ކާސްޓްރޯ ވިދާޅުވީ ކިއުބާއިން ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން އެމެރިކާއާ މަޝްވަރާ ކުރުމަށް ތައްޔާރުކަމަށް

ކާސްޓްރޯ ވިދާޅުވީ ކިއުބާއިން ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން އެމެރިކާއާ މަޝްވަރާ ކުރުމަށް ތައްޔާރުކަމަށް

ކިއުބާއާއި އެމެރިކާއާ ދެމެދު 2015 ވަނަ އަހަރުން ފެށިގެން މަޑުމަޑުން ގުޅުން ރަނގަޅުވަމުން ދިއުމަށްފަހު ކިއުބާއާމެދު ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ގޮތްތަކުގެ ސަބަބުން އެ ގުޅުން އަނެއްކާވެސް ގޯސް ވާން ފަށާފައިވާކަމަށް ކިއުބާގެ ރައީސް ރައުލް ކާސްޓްރޯ ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕްގެ ކުރިން ވެރިކަމުގައި ހުންނެވި ބަރަކް އޮބާމާގެ ސަރުކާރުން ދެ ގައުމުގެ ގުޅުން ބަދަހިކުރައްވަން ފައްޓަވާފައިވަނިކޮށް ރައީސް ޓްރަމްޕްގެ ވެރިކަމުގައި އެ ކަން ފަހަތަށްދާކަމަށް ވިދާޅުވެ ކާސްޓްރޯ ފާޑު ވިދާޅުވެފައި މި ވަނީ ވޮޝިންގޓަންގައި ހަވާނާ އެމްބަސީ ހުޅުވިތާ ދެ އަހަރު ފުރެން ހަފްތާއެއްހާ ދުވަހަށް ވެފައި ވަނިކޮށެވެ.

ބައިގަރުނެއްހާ ދުވަހަށްފަހު ކިއުބާއާ އެމެރިކާއާއިން ސިޔާސީ ގުޅުން އިއާދަކޮށް އެމެރިކާގައި ކިއުބާގެ އެމްބަސީ ހުޅުވާފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.

"މިހާރުގެ ރައީސް އެ އިއުލާނުކުރެއްވި ކަންކަން ...އޭގެ މާނައަކީ ދެ ގައުމުގެ ގުޅުން ދަނީ ފަހަތަށޭ"ކިއުބާގެ ގާނޫނުހަދާ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމަވާލެއްވުމަށް ހުކުރު ދުވަހު ދެއްވި ތަގުރީރުގައި ކާސްޓްރޯ ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހު ރައީސް ޓްރަމްޕް ވަނީ މައާމީގެ ލިޓްލް ހަވާނާގައި ކާސްޓްރޯއާ ދެކޮޅު އެކްޓިވިސްޓުންނާ ބައްދަލުކުރައްވައި އެމެރިކާގެ ރައްޔިތުން ކިއުބާއަށް ދަތުރުކުރުމުގައި ހަރުކަށި އުސޫލުތަކެއް އެކުލަވާލައްވައި، އަސްކަރިއްޔާއިން ހިންގަމުން ގެންދިއަ ޓޫރިސްޓް ފާމް މަނާކޮށް މިހާރުވެސް އަޅާފާއިވާ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ކިއުބާގެ ރައީސް ވިދާޅުވީ 1962ން ފެށިގެން އެ ގައުމާ ދޭތެރޭ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތައް އިތުރަށް ވަރަގަދަ ކުރުމުން ހަނދާނަށް އަންނަނީ ފިނި ހަނގުރާމައިގެ ދުވަސްވަރު ގެންގުޅުނު ގަދީމީ އުސޫލު ކަމަށެވެ.

ކާސްޓްރޯ ވިދާޅުވީ ކިއުބާއިން ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން އެމެރިކާއާ މަޝްވަރާ ކުރުމަށް ތައްޔާރަށް ކަމަށެވެ.

އެމެރިކާގެ ރައީސަކު ކިއުބާއަށް ވަޑައިނުގަންނަވާތާ 88 އަހަރު ފަހުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ތާރީހީ ދަތުރުފުޅުގައި 2016 ވަނަ އަހަރުގެ މާޗް މަހު ކިއުބާއަށް ވަޑައިގެން ފައެވެ.

އޭގެ ކުރިން އެމެރިކާގެ ރައީސް އެއް އެންމެ ފަހުން ކިއުބާއަށް ވަޑައިގެންނެވީ 1928 ވަނަ އަހަރު އޭރުގެ ރައީސް ހެރީ ޓްރޫމަންއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް