Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

އެމްއެލްއެސް އަށް ވުރެ ސައޫދީ ޕްރޯ ލީގު ރަނގަޅު، ޔޫރަޕަކަށް ނުދާނަން: ރޮނާލްޑޯ

18 ޖުލައި 2023 | އަންގާރަ 04:46

ރޮނާލްޑޯ ބުނީ ސައުދީ ލީގަށް އޭނާ މަގު ހުޅުވާލަދިން ފަހުން ގިނަ ކުޅުންތެރިންތަކެއް އެ ލީގާ ގުޅެން ފަށައިފިކަމަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 18 ޖުލައި 2023 | އަންގާރަ 04:46
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

އެމްއެލްއެސް އަށް ވުރެ ސައުދީ ޕްރޯ ލީގު ރަނގަޅު ކަމަށާއި އެމެރިކާ ނުވަތަ ޔޫރަޕުގެ ޓީމަކަށް އެނބުރި ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ މިހެން ބުނީ އޭނާގެ އުފަން ޕޯޗުގަލްގައި ސްޕެނިޝް ލީގުގެ ސެލްޓަ ވީގޯ އަތުން 5-0 އިން އަލް ނަސްރު ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ރޮނާލްޑޯ ވަނީ މެޗުގެ ފުރަތަމަ ހާފުގައި ކުޅެފައެވެ.

މެސީ އެމްއެލްއެސްގެ އިންޓަ މިއާމީ އާ ގުޅުމުން، އެ ލީގަށް ބަދަލުވުމުގެ އެއްވެސް ވިސްނުމެއް ހުރިތޯ ސުވާލުކުރުމުން، ރޮނާލްޑޯ ބުނީ ސައުދީ ޕްރޯ ލީގު މާ ރަނގަޅު ކަމަށެވެ. ރޮނާލްޑޯ އިތުރަށް ބުނީ ސައުދީ ލީގަށް އޭނާ މަގު ހުޅުވާލަދިން ފަހުން ގިނަ ކުޅުންތެރިންތަކެއް އެ ލީގާ ގުޅެން ފަށައިފިކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑުގައި ދެވަނަ ފަހަރަށް ކުޅުމަށްފަހު މިދިޔަ ޖެނުއަރީ މަހު އަލް ނަސްރާ ގުޅުނު ފަހުން އުމުރުން 38 އަހަރުގެ ރޮނާލްޑޯ އަންނަނީ އެ ޓީމާއެކު ފުރަތަމަ ފުލް ސީޒަނަށް ނުކުންނަން ތައްޔާރުވަމުންނެވެ.

މި ހޫނުމޫސުމުގައި މިހާރުވެސް ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ ސައުދީ ޕްރޯ ލީގުގެ ކުލަބުތަކާ ގުޅިފައެވެ. އޭގެތެރޭގައި ކަރީމް ބެންޒީމާ، މާސެލޯ ބްރޮޒޮވިޗް، އެންގޯލޯ ކާންޓޭ، ރޮބާޓޯ ފިރްމީނޯ، ކަލިދޫ ކުލިބާލީ، އެޑުއާޑް މެންޑީ އަދި ރުބެން ނެވޭސް ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ. އިންޓަ މިލާންގެ ކުރީގެ ކުޅުންތެރިޔާ، ބްރޮޒޮވިޗް ވަނީ ހޯމަ ދުވަހު ރޮނާލްޑޯ އާއެކު ސެލްޓަ ވީގޯ އާ ދެކޮޅަށް ކުޅެފައެވެ.

ރޮނާލްޑޯ އިތުރަށް ބުނީ ޔޫރަޕްގައި ކުޅުމުގެ ދުވަސްތައް މިހާރު ނިމިފައިވާ ކަމަށާއި ފާއިތުވި އަހަރުތަކުގައި ޔޫރަޕުގެ ކުޅުމުގެ ފެންވަރު ދަށަށް ގޮސްފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މިވަގުތު ރަނގަޅު ފެންވަރެއްގައި އޮތީ ހަމައެކަނި ޕްރިމިއަރ ލީގު ކަމަށް އޭނާ ބުންޏެވެ.

ޕޯޗުގަލްގައި ކުރިޔަށްދާ ޕްރީ ސީޒަންގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު އަލް ނަސްރު ނިކުންނާނީ ޗެމްޕިއަން ބެންފީކާ އާ ދެކޮޅަށެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯސައުދީ ޕްރޯ ލީގުއައްނަސްރު

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
20 އޯގަސްޓު 2025

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް