Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ.އަތޮޅުގެ ތަރައްޤީ

ތިނަދޫއަކީ ބޮޑު އިކޮނޮމީއެއް އޮތްތަނެއް، ތަރައްގީ މި ރަށުން އެބަ ފެނޭ - ރައީސް

ތިނަދޫގައި އާބާދީގައި 221 މީހުން ތިއްބަސް ރަށުގައި ތިބީ75 މީހުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ޖުލައި 2023 | ހޯމަ 12:03
ރައީސް ތިނަދޫގައި ދެއްކެވި ވާހަކަފުޅު

ރައީސް ތިނަދޫގައި ދެއްކެވި ވާހަކަފުޅު

ތިނަދޫއަކީ ބޮޑު އިކޮނަމީއެއް އޮތްތަނެއް ކަމަށާއި ތަރައްގީ އެރަށުން ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅުގައި ހޯމަ ދުވަހު ވ.ތިނަދޫ އަށް ވަޑައިގެން އެރަށުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މ އަދި ވ އަތޮޅަކީ ކުރީ ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލާފައި އޮތް ދެ އަތޮޅު ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހުރީ ފޯރުކޮށްނުދެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެކަމުގެ ނަތީޖާއަކީ ރަށްރަށުގެ މީހުން ރަށް ދޫކޮށް އެހެންތަންތަނަށް ހިޖުރަކުރުން ކަމަށާއި ރަކީދޫ އާއި ތިނަދޫ އަކީ އެފަދަ ރަށްތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހިސާބުގެ ހުރިހާ ރަށަކީވެސް އެގޮތަށް ދިމާވެފައިވާ ރަށްތައް ކަމަށް ވީ ނަމަވެސް އެމްޑީޕީގެ މި ވެރިކަމުގައި އެކަން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ވެވަޑައިގެންނެވި ވައުދުތަކާ އެއްގޮތަށް ކަންކުރައްވަމުން ގެންދަވާކަން ރައްޔިތުން ހެޔޮ ހިތުން ގަބޫލުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތިނަދޫގެ އާބާދީގައި 221 މީހުން ތިއްބަސް ރަށުގައި ތިބީ75 މީހުން ކަމަށާއި ސަބަބަކީ އަސާސީ ހިދުމަތްތައް ރަށުގައި ލިބެން ނެތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެެ. އެ ރަށުގައި ހުރި ޚިދުމަތްތައް ކުރިއަށް ގެންދިއުމަށް ފެނާ ނަރުދަމާގެ ހިދުމަތް ބޭނުންވާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށުގެ ފެނާއި ނަރުދަމާ މިހާރު އެ އޮތީ އެކަން ނިމުމަކާ ހަމައަށް އައިސްފައި ކަމަށެވެ. އަދި ވޯޓުގެ ކުރިން އެ ހިދުމަތް ދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ތަނެއްގައި ސިއްހީ ހިދުމަތް ރަނގަޅަށް ލިބެންޖެހޭނެ ކަމަށާއި ބަލިވީމަ ބޭސްކޮށްލާ ޑޮކްޓަރަށް ދެއްކުމާއި، ބޭސް ލިބެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުގައި ވަރަށް އަވަހަށް ޑޮކްޓަރަށް ދައްކާ ދޭ ބޭސް ސިޓީއަށް ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރަށުގެ ބަނދަރު ކުޑަވެފައިވާ ކަމަށް ވެސް ރައިސް ވިދާޅުވިއެވެ. އެހެންކަމުން ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށްގިރުމުގެ މައްސަލަ ހައްލުކުރައްވާނެ ކަމަށާއި އެކަން ޕްލޭން ކުރެވި ޓެކްނިކަލީ އެކަން ކުރެވޭނެ ގޮތަކަށް އެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވ. އަތޮޅު ދަތުރުފުޅުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު