Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކިޝީޑާ މެދުއިރުމައްޗަށް

ޖަޕާންގެ ބޮޑުވަޒީރު މެދުއިރުމަތީގެ ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި

ކިޝީޑާގެ ސައޫދީ ދަތުރުފުޅަކީ ޖަޕާނުގެ ލީޑަރަކު 2020 ވަނަ އަހަރުގެ ފަހުން މެދުއިރުމަތީގެ ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 17 ޖުލައި 2023 | ހޯމަ 09:13
ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ އަދި ސައޫދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ އަދި ސައޫދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ މެދުއިރުމަތީގެ ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

މިއީ ޖަޕާނުގެ ލީޑަރަކު 2020 ވަނަ އަހަރުގެ ފަހުން މެދުއިރުމަތީގެ ގައުމަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އާދީއްތަ ދުވަހު ޖިއްދާއަށް ވަޑައިގެންނެވުމުން ސައޫދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވަނީ ކިޝީޑާގެ ޝަރަފްގައި ޚާއްސަ ރިސެޕްޝަނެއް ބާއްވަވާ އޭނާއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝަވަރާކުރެއްވި މުހިންމު ކަންކަމުގެ ތެރޭގައި ބައިލެޓަރަލް ގުޅުންތަކުގެ އިތުރުން އިކޮނޮމިކް، ޓްރޭޑް، އިންވެސްޓްމަންޓް، އަދި ސަގާފީ ދާއިރާއިން ދެގައުމު ދެމެދު ގުޅުންތައް ބަދަހި ކުރުން ހިމެނެއެވެ.

އޭގެ ކުރިން ކިޝީޑާ ވަނީ ސައޫދީގެ އިސް އެހެން ބައެއް އޮފިޝަލުންނާ ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވަވާފައެވެ. މިގޮތުން އެނަރޖީ މިނިސްޓަރުގެ އިތުރުން މިނިސްޓަރ އޮފް އިންވެސްޓްމަންޓްއާ ކިޝީޑާވަނީ ބައްދަލުކުރައްވާފައެވެ.  

މި ދަތުރުފުޅުގައި ސައޫއަރަބިއްޔާ އާއި ޖަޕާނާ ދެމެދު އެއްބާރުލުން އިތުރުކުރުމާބެހޭ 26 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާ ކަމަށް މިނިސްޓަރ އޮފް އިންވެސްޓްމަންޓް ޚާލިދު އަލް ފާލިހް ވިދާޅުވެފައި ވެއެވެ. ޖަޕާނަށް ބޭނުންވާ ތެލުގެ 40 އިންސައްތަ ފޯރުކޮށްދެނީ ސައޫދީން ކަމަށް ވާއިރު ޖަޕާނަށް ބޭނުންވާ ކްލީން އެނަރޖީ ފޯރުކޮށް ދިނުމުގައިވެސް އެހީތެރި ވާނެ ކަމަށް ސައޫދީން ބުނެފައި ވެއެވެ. އަނެއްކޮޅުން ކްލީން އެނަރޖީ އުފެއްދުމަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީގެ ގޮތުން ޖަޕާނުން ސައޫދީއަށް އެހީވާނެ ކަމަށް ކިޝީޑާ ވިދާޅުވެފައި ވެއެވެ.  

ޖަޕާން އަކީ ސައޫދީ އަރަބިއްޔާގެ ތިންވަނައަށް އެންމެ ބޮޑު ޓްރޭޑިންގ ޕާޓްނަރެވެ.

ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ކިޝީޑާ ހޯމަ ދުވަހު ޔޫއޭއީ އަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރަކީ ޖަޕާންއާއި ޔޫއޭއީގެ ގުޅުމަށް 50 އަހަރު ފުރޭ ގޯލްޑަން ޖުބިލީ އަހަރެވެ. މިދަތުރުފުޅަށްފަހު ކިޝީޑާ ޤަތަރަށްވެސް ވަޑައިގަންނަވާނެއެވެ.

ޖަޕާންފުމިއޯ ކިޝިޑާސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
20 ނޮވެމްބަރު 2025

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި
19 ނޮވެމްބަރު 2025

ނޫސްވެރިޔާ ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު ވިދާޅުވެއްޖެ

19 ނޮވެމްބަރު 2025
ނޫސްވެރިޔާ ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު ވިދާޅުވެއްޖެ
18 ނޮވެމްބަރު 2025

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
17 ނޮވެމްބަރު 2025

ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ

17 ނޮވެމްބަރު 2025
ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ
15 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އިން ބައިވަރު އެފް-35 ފައިޓަރ ޖެޓް ގަންނަން ބޭނުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

15 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އިން ބައިވަރު އެފް-35 ފައިޓަރ ޖެޓް ގަންނަން ބޭނުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
04 ނޮވެމްބަރު 2025

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ
30 އޮކްޓޯބަރު 2025

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު