Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ސައުދީ

ސައުދީގެ ވަލީ އަހުދާއި، އީރާންގެ ޚާރިޖީ ވަޒީރުގެ ބައްދަލުވުމެއް

އެ ބައްދަލުވުމާ ގުޅޭ ގޮތުން ރިޔާދުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަަކައި، ހަނގުރާމަ ހުއްޓުމަކަށް އައުމުގެ މުހިންމުކަން މުޙައްމަދު ބިން ސަލްމާން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖުލައި 2025 | ބުދަ 06:39
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އަދި އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީގެ ބައްދަލުވުމުގެ ތެރެއިން

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އަދި އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީގެ ބައްދަލުވުމުގެ ތެރެއިން

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ ބައްދަލު ކުރައްވައިފި އެވެ.

ސައުދީގެ ވެރި ރަށް ރިޔާދުގައި މުޙައްމަދު ބިން ސަލްމާން އާއި އަރާގްޗީ ބައްދަލު ކުރައްވާފައި ވަނީ އަންގާރަ ދުވަހު އެވެ. އެ ބައްދަލުވުމުގައި ވަނީ މެދު އިރުމަތީގެ ސަރަހައްދުގައި އުފެދިފައިވާ ޚިލާފުތައް ޙައްލު ކުރުމަށް ޑިޕްލޮމެޓިކް މަގުތައް ބޭނުން ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. 

އެ ބައްދަލުވުމާ ގުޅޭ ގޮތުން ރިޔާދުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަަކައި، ހަނގުރާމަ ހުއްޓުމަކަށް އައުމުގެ މުހިންމުކަން މުޙައްމަދު ބިން ސަލްމާން ފާހަގަ ކުރައްވާފައިވާ ކަމަށެވެ. 

އަދި ސަރަހައްދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ޙައްލު ކުރުމަށް ޑިޕްލޮމެޓިކް މަގުތައް ބޭނުން ކުރުމަކީ، ސައުދީ އަރަބިއްޔާ އިން އިސްކަން ދޭނެ ސިޔާސަތެއް ކަމަށް މުޙައްމަދު ބިން ސަލްމާން ފާހަގަ ކުރައްވާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

އިސްރާއީލް އިން އީރާންގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާއި، އީރާނަށް ދިން ހަމަލާތައް ސައުދީ އަރަބިއްޔާ އިން ކުށްވެރި ކޮށްފައިވާތީ، އަރާގްޗީ ވަނީ ސައުދީ ސަރުކާރު އަދި މުޙައްމަދު ބިން ސަލްމާން އަށް ވެސް ޝުކުރު އަދާ ކުރައްވައިފަ އެވެ. 

މީގެ އިތުރުން މެދު އިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި ސަރަަހައްދުގައި ސުލްހަވެރިކަން ޤާއިމު ކުރުމަށް ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އަރާގްޗީ ވަނީ ވިދާޅުވެފަ އެވެ. 

ސައުދީ އަރަބިއްޔާ އަށް އަރާގްޗީ ކުރައްވާ މި ދަތުރުފުޅުގައި ވަނީ ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒިރު ޕްރިންސް ފައިސަލް ބިން ފަރުހާން އަދި ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. 

ސައުދީގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އަރާގްޗީ އާއެކު ބޭއްވުނު ބައްދަލުވުމުގައި ދެ ޤައުމުގެ އެއްބާރުލުމާއި، ސަރަޙައްދީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާންއައްބާސް އަރަގްޗީމެދުއިރުމަތީ ސަރަހައްދުސައޫދީ އަރަބިއްޔާއީރާން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު