Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ މީމު ދަތުރުފުޅު

ދިއްގަރުން ރައީސަށް ހޫނު މަރުހަބާއެއް

މިއީ މ. އަތޮޅުގެ ފަހުރަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޖުލައި 2023 | އާދީއްތަ 14:08
ރައީސް ދިއްގަރަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ

ރައީސް ދިއްގަރަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ

އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް މ. އަތޮޅު ދިއްގަރުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މިހާރު ކުރިޔަށް ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ދިއްގަރަށް އެމަނިކުފާނު ވަޑައިގެންނެވީ އާދީއްތަ ދުވަހުގެ ހަވީރުއެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެފައިވާއިރު، ދިއްގަރުން ތަފާތުކަމެއްގެ ގޮތުގައި ފެނިގެން ދިޔައީ، ރައީސަށް މަރުހަބާ ދެންނެވުމުގެ ގޮތުން މާބޮނޑި އެރުވީ އުމުރުން ދުވަސްވީ މީހެކެވެ. އަދި އެމަނިކުފާނުގެ ކަރުފުޅުގައި މާފަތި އެޅުވީ ކުޑަ ކުއްޖެކެވެ.

Advertisement - newsAdvertisement

ރައީސް އަށް މަރުހަބާ ދެންނެވުމަށް ކައުންސިލް މެންބަރުންނާއި، ރަށުގެ ކުދި ބޮޑު ރައްޔިތުން ބަނދަރު ސަރަހައްދަށް ގޮސްފައިވެއެވެ. އަދި އެމަނިކުފާނު އެއްބުރުން ހޮވާނެކަމަށް ގޮވަމުން އަޑު އުފުލަމުން ޝުއޫރުތައް ފާޅުކުރަމުން ގެންދިޔައެވެ.

ރައީސް މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ދިއްގަރަށް ވަޑައިގަންނަވާފައިވާއިރު، އެ ރަށުގައި "އުފާވެރި އަމާންރާއްޖެ" ކެމްޕޭންގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޞާލިޙް މ އަތޮޅަށް ކުރައްވާ ދަތުރުފުޅުމ އަތޮޅުމ. ދިއްގަރު

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު 30 ދުވަސްތެރޭ ގެޒެޓުކުރަންޖެހޭ އުސޫލު، ގެޒެޓް ކުރެވުނީ 2 މަސްވާން ގާތްވަނިކޮށް!

07 އޮކްޓޯބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު 30 ދުވަސްތެރޭ ގެޒެޓުކުރަންޖެހޭ އުސޫލު، ގެޒެޓް ކުރެވުނީ 2 މަސްވާން ގާތްވަނިކޮށް!
23 ސެޕްޓެމްބަރު 2025

ރަސްމީކޮށް ހުޅުވައި ކުޅެމުން ދިޔަ ވޮލީ ކޯޓެއްގެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު އިތުރުފުޅު ހައްދަވައިފި

23 ސެޕްޓެމްބަރު 2025
ރަސްމީކޮށް ހުޅުވައި ކުޅެމުން ދިޔަ ވޮލީ ކޯޓެއްގެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު އިތުރުފުޅު ހައްދަވައިފި
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
05 ސެޕްޓެމްބަރު 2025

ނާލާފުށި ކައުންސިލުން "ދުރު ރާސްތާ 7" ދޯނި ކުއްޔަށް ދިނީ ބިޑް އިވެލުއޭޓް ނުކޮށް، ގެއްލުން 4 ލައްކަ ރުފިޔާއަށް އަރާ

05 ސެޕްޓެމްބަރު 2025
ނާލާފުށި ކައުންސިލުން "ދުރު ރާސްތާ 7" ދޯނި ކުއްޔަށް ދިނީ ބިޑް އިވެލުއޭޓް ނުކޮށް، ގެއްލުން 4 ލައްކަ ރުފިޔާއަށް އަރާ
16 ސެޕްޓެމްބަރު 2023

ދިއްގަރު ބިން ހިއްކައި ނިންމާލައިފި

16 ސެޕްޓެމްބަރު 2023
ދިއްގަރު ބިން ހިއްކައި ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު