Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ދުރު ރާސްތާ 7" ދޯނި

ނާލާފުށި ކައުންސިލުން "ދުރު ރާސްތާ 7" ދޯނި ކުއްޔަށް ދިނީ ބިޑް އިވެލުއޭޓް ނުކޮށް، ގެއްލުން 4 ލައްކަ ރުފިޔާއަށް އަރާ

2020 ވަނަ އަހަރު ދޯނި ކުއްޔަށް ދިނުމުގައި ބިޑް އިވެލުއޭޓް ކުރުމުގެ މިންގަނޑު ނެތުމުން 5 އަހަރަށް 405،000 ރުފިޔާ ގެއްލިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 05:54
ދުރު ރާސްތާ 7 ދޯނި

ދުރު ރާސްތާ 7 ދޯނި

މުލަކަތޮޅު ނާލާފުށީ ކައުންސިލުން ރައްޔިތުންގެ "ދުރު ރާސްތާ 7" މަސްދޯނި ކުއްޔަށް ދިނުމުގައި ބިޑް އިވެލުއޭޓް ކުރުމުގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް، ކައުންސިލަށް 4 ލައްކަ ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓަކުން ހާމަވެއްޖެއެވެ.

85 ފޫޓުގެ އިންޖީނު އެޅި މި ދޯންޏަކީ ކައުންސިލްގެ އިދާރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދާ އެސެޓް ކަމުގައިވީ ނަމަވެސް، ދޯނި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ލިބިފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ދޯނި ފުރަތަމަ ކުއްޔަށް ދީފައިވަނީ 2011 ވަނަ އަހަރު އޮކްޓޯބަރު 4 ގައި، މަހަކު 27,000 ރުފިޔާގެ ކުއްޔަށް، 5 އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ކުލި ނުދެއްކުމުގެ މައްސަލައިގައި 2019 ގައި ކޯޓުން ޙުކުމް ކުރިއިރު، 550,200 ރުފިޔާ ދެއްކުމަށް އަންގާފައިވާއިރު، ކައުންސިލުން ވަނީ ކުލި ދައްކަންޖެހޭ މިންވަރު މަހަކު 1,000 ރުފިޔާއަށް ކުޑަކޮށްދީފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2020 ވަނަ އަހަރު ދޯނި އަލުން ކުއްޔަށް ދިނުމަށް ކުރި އިޢުލާނާ ގުޅިގެން ބިޑް އިވެލުއޭޓް ކުރުމުގައި މާލީ އަދި ފަންނީ ޤާބިލްކަން ވަޒަންކުރާނެ މިންގަނޑުތައް ކަނޑައަޅާފައި ނުވެއެވެ. މީގެ ސަބަބުން އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ބިޑް ނުލިބި، ކައުންސިލަށް 5 އަހަރު ދުވަހުގެ ތެރޭގައި ލިބެންޖެހޭ 405,000 ރުފިޔާ ގެއްލިފައިވާކަމަށް އޮޑިޓަރުން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، އެއްބަސްވުމުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހު ދޯނީގެ އިންސްޕެކްޝަން ހަދަންޖެހޭއިރު، މިހާތަނަށް އެއްވެސް އިންސްޕެކްޝަނެއް ހަދާފައިނުވާކަންވެސް އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ މި މައްސަލައިގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށާއި، ކުރިއަށް އޮތްތަނުގައި ބިޑް އިވެލުއޭޝަން ކްރައިޓީރިއާ ރަނގަޅަށް ކަނޑައެޅުމަށާއި، އެއްބަސްވުމުގައިވާ ގޮތަށް އިންސްޕެކްޝަންތައް ބެލެހެއްޓުމަށް ލަފާދީފައެވެ.

އިސްލާހު ކުރުމަށް އަންގާފައިވަނީ ކޯޓުން މަދުވެގެން ވަކި އަދަދެއް ދެއްކުމަށް ކޮށްފައިވާ ޙުކުމަކީ އިންޞާފުވެރި އަދަދެއްކަމަށް ބަލަންޖެހޭއިރު، އެ ޙުކުމާ ޚިލާފަށް، ކައުންސިލްގުެއިދާރާއަށް ގެއްލުންވާގޮތަށް، އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތަކުން ފައިސާ ދެއްކުމަށް ހަމަޖެއްސުމާއި އަދި ބިޑް އިވޭލުއޭޝަންގައި ފަންނީ ޤާބިލުކަން ސާބިތުކޮށްދިނުމަށް އެއްވައްތަރެއްގެ ލިޔުން ދެފަރާތުން ހުށަހަޅާފައި ވީނަމަވެސް، ބިޑް ހުށައަޅާފައިވާ އެއްފަރާތަށް އެބަޔަށް ޕޮއިންޓު ދީފައިނުވުމުން ވަކި ފަރާތްތަކެއްގެ މަސްލަޙަތައް ބެލިފައިވާ ކަމަށާއ،ި މިފަދަ ކަންކަމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 17.01 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ ނޫން ޢަމަލުތަކެއް ކަމުގައިވާތީ، މިކަމުގައި ޒިންމާވާ ފަރާތްތަކާއި މެދު އެގަވާއިދު 17.03 ވަނަ މާއްދާއާ އެއްގޮތަށް އިދާރާގައި މައްސަލަ ބެލުމަށް މިނިސްޓަރު ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން މައްސަލަ ބެލުމަށްފަހު އެއްވެސް ފަރާތަކާއި މެދު ފިޔަވަޅު އަޅަންޖެހިއްޖެނަމަ ފިޔަވަޅު އެޅުމަށް ވަނީ ދަންނަވާފައެވެ.

އަލިފުށި ކައުންސިލްދުރުރާސްތާ 7އޮޑިޓަރ ޖެނެރަލްމ އަތޮޅުބިޑް އިވެލުއޭޝަންމާލީ ގެއްލުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

19 ނޮވެމްބަރު 2025
އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ

އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު