Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ކެމްޕޭން

މިހުރީ ފަނާކުރަނިވި ނިންމުންތަކާއި ފިތުނަވެރި މަހަލް އެއްގައެއް ނޫން، މިއީ އުފާވެރި އަމާންރާއްޖެއެއް ރައްޔިތުންނަަށް ގެނެސްދޭތަނެއް - ހިސާން

މިދިޔަ 5 އަހަރު ފެނިގެން ދިޔައީ މަސައްކަތް ކުރުމުގެ ރޫހު އޮތް މަސައްކަތް ފެށުމާއި ނިންމުމުގެ ރޫހު އޮތް ސަރުކާރެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޖުލައި 2023 | އާދީއްތަ 19:17
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން

މި ހުންނެވީ ރަނގަޅު ފަޅީގައި ކަމަށާއި، މިއީ ފަނާކުރަނިވި ނިންމުންތަކާއި ފިތުނަވެރި މަހަލްއެއް ނޫންކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި ދިއްގަރުގައި ވާހަކަ ދައްކަވަމުން މެންބަރު ހިސާން ވިދާޅުވީ އެތަނުގައި ހުއްޓި ހުންނަވާ އިރު، އިހުސާސްވާ ހިތްހަމަޖެހުން ޔަގީންކޮށްދެނީ ހުއްޓިހުންނެވީ ރަނގަޅު ފަޅީގައިކަމެވެ. އަދި މިއީ ފަނާކުރަނިވި ނިންމުންތަކާއި ފިތުނަވެރި މަހަލްއެއް ނޫންކަމާއި، ޔަގީން ކަށަވަރު ވަނީ ރައްޔިތުންގެ ހުވަފެނުގައި ކުލަޖައްސައިދޭނެކަން ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ މިއީ އުފާވެރި އަމާން ރާއްޖެއެއް ދިވެހިރައްޔިތުންނަށް ގެނެސްދޭނެތަން ކަމަށާއި، އުއްމީދަކީވެސް އަދި އެދުމަކީވެސް އެންމެހާ ރައްޔިތުން މި މަސައްކަތުގައި ބައިވެރިވާނެކަން ކަމަށެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ މީގެ 5 އަހަރު ކުރިއަށް ބަލާލާއިރު، އެދުވަހު ދިއްގަރު ރައްޔިތުންގެ އަރިހުން އެދުނީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވޯޓުދެއްވުމަށެވެ.

ހިސާން ވިދާޅުވީ ރައީސް ޞާލިހަކީ ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެނަމަ، އެކަމެއް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކެންޑިޑޭޓެއްކަމަށް އެމަނިކުފާނުގެ އަމަލުން މިދިޔަ 5 އަހަރު ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 5 އަހަރު ބޮޑެތި މަޝްރޫއުތައް ވެރިކަން ކުރާ ރަށަށް ހާއްސަނުކޮށް، މުޅި ރާއްޖެއަށް ތަރައްގީ ބަހާލުމުގެ ސިޔާސަތުގެ ބިންގާާއެޅި އޭގެ އަމަލީ މަސައްކަތް ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށެވެ.

ހިސާން ވިދާޅުވީ ސިޔާސީ މަސައްކަތަކީ ވަރަށް ޒާތެއްގެ މަސައްކަތެއް ކަމަށާއި، އިވޭހާއަޑަކަށް ރައްދު ދެއްވާނަމަ ކުރަން ހުރި މަސައްކަތެއް ނުނިމޭނެ ކަމަށެވެ. މިދިޔަ 5 އަހަރު ފެނިގެން ދިޔައީ މަސައްކަތް ކުރުމުގެ ރޫހު އޮތް މަސައްކަތް ފެށުމާއި ނިންމުމުގެ ރޫހު އޮތް ސަރުކާރެއް ކަމަށް ހިސާން ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމ އަތޮޅުރައީސް ޞާލިޙް މ އަތޮޅަށް ކުރައްވާ ދަތުރުފުޅުމ. ދިއްގަރުއުފާވެރި އަމާން ރާއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު